10 ފެބުރުއަރީ 2023 - 11:09
ބިން ހެލުމުގައި ތުރުކީގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް، ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރާވަޑައިގެންފި އެވެ.
ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އެރި ބާރުގަދަ ބިން ހެލުމުގައި އެ ދެ ގައުމުން 20،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ތުރުކީން އެކަނި ވެސް 50،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އިމާރާތްތަކުގައި ދަށުވުމުން އެކި ޒަހަމްތައް ލިބިފަ އެވެ.
އަނިޔާވި މީހުންނަށާއި ހާލުގައި ޖެހުނު މީހުންނަށް ދުނިޔޭޔެ އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ދެމުންނެވެ.
ޑރ. މުހައްމަދު އަލީ ތުރުކީއަށް ވަޑައިގެންނެވީ، ބޭރުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެންނެވެ. ނަމަވެސް، އެ ތަނުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާނެ މުއްދަތެއް އަދި ނޭނގެ އެވެ.
ފުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމަކަށް ވިޔަސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަމަށެވެ
އަމިއްލަ ވަޒަނެއް ނެތް ރޮހިންޖާ މުސްލިމުން އުޅޭ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ވެސް ޑރ. މުހައްމަދު އަލީ ވަނީ އައިއޭސީއާއެކު މިދިޔަ އޮކްޓޯބަރު މަހު މެޑިކަލް ކޭމްޕެއް ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުބަސް11
12 February 2023
ރަނގަޅުތާ ދޯ. ރާއްޖޭގަ ކިއު 300 ގަ ވެއިޓިންގަ މީހުން ތިއްބަސް.
ހަޤީޤަތަކީ މީ 2023
13 February 2023
ކިތަންމެ ހިންހަމަ ނުޖެހުނަސް ރަނގަޅަށް އެބުނަނީ. ސަރުކާރުގެ ބޮޑު ހޮސްޕިޓަލްގަ ވެއިޓިން ބަލާލިމަ އެނގޭނީ މީހުން ޑޮކްޓަރަށް ދައްކަން އުޅެންޖެހޭ ހާލު. ހިތުގެ ، ނާރުގެ ، އެތެރެހަށީގެ ބަލިތައް ނަފްސާނީ ބަލިތަށް މިހެން ލިސްޓް ވަރަށް ދިގުކުރެވިދާނެ. މީ އެންމެ ރަނގަޅު ވަގުތުތޯ މި ބޭފުޅުން ގޮސް ސޯޝަލް މީޑިއާގަ މަޝްހޫރުވާން...ޑޮކްޓަރު ކަން ކިޔަވާފަ ދިވެހިންނަށް އޭގެ ޙިދުމަތް އެންމެ އެކަޝޭނެ ގޮތުގަ ނުލިބޭ މި މީހުންފަރާތުން.......
ދާންވީ
11 February 2023
ފާޑުނުކިޔާ ދެވެން ހުރި ކޮންމެ މީހަކުވެސް ދާންވީ ވެވެން އޮތް އެހީއެއްވާން. ތުރުކީއަށް ހޮލިޑޭ ހަދަން ދާ ދިވެހިން ވަކި މަދުނޫންކަމަށްވަނީ.
މުހައްމަދު 22
11 February 2023
މީ އަސްލު ވަރަށް ބަރާބަރު ޑޮކްޓަރެއް، އަހަރެން ދެތިން ފަހަރަކު ވާހަކަ ދައްކާލިން، ހިތްހެޔޮ، އެހާމެ އޯގާތެރި، ޕްރޮފެޝަނަލް، އެކަމަކު މި ޓިކްޓޮކް ޕަބްލިސިޓީ ވީޑިޔޯ ތައް އެބަ ޖެހޭ މަދު ކުރަން، ކުޅުދުއްފުށީގެ ފަހުރުވެރި ދަރިއެއް
ޢަލްއުސްތާޒް
11 February 2023
މިއީ ރާެއްޖެ ސެލެބްރެޓީ ޑޮކުޓަރ.
ކޮކަޓެއިލް
11 February 2023
ކޮމެންޓް ކިޔާލީމާ ދިވެހިންގެ ފެންވަރު އެބަ އިނގޭ.ހައްގާއި ބާތިލް އޮޅި މަގުފުރެދިފައި ތިބި ޖާހިލު ވިސްނުން މުޖުތަމައުގައި ފެތުރިފައި އޮތީ. ޒުވާން ޖީލު ހަލާކު ވާތި އެއްޗެއް ބުނެފިތަ އެމީހަކު ވަނީ ހުދުމުހުތާރު މީހަކަށް. ޓިޗަރަކު ކުއްޖަކު ބަސްނާހައިގެން އެއްޗެއް ބުނެފިތަ ޓީޗަރުގެ ނާގާބިލު ކަމުން ކުއްޖާ ބަސްނާހަނީޔޯލަ. ބަސްނާހަ ޒުވާނަކު ހައްޔަރުކޮށްފިތަ ފުލުހުން ގޯސްވީ ޒުވާނާގެ އިންސާނީ ހައްގު ގެއްލުނީ. މުދިމަކު ރީއްޗައް ގުރުއާން ކިޔަވާފިތަ ހަރުކަށިވީ
ވާންޗޯސް
11 February 2023
އޮޅުވާލަން ނޫޅޭ. ހަރުކައްޓޭ ބުނަނީ މިހުންގެ ލޭހުއްދަކޮށް ގޮއްވުންތަކަށް ގޮވާތީވެ.
އެންމެ ގިނަ ލައިކް
10 February 2023
އެބުރި އައިސް ވާނެ އެންމެ ގިނަ ލައިކް ދިން ރަށަކަށް ޒިޔާރަތް ކުރަން. އެކަމަކު ދަންވާނީ ޓިކެޓް ދޭމަތިން.
ކަމާލް
10 February 2023
މިފަދަ ކާރިސާ ހާލަތްތަކުގަ މަސައްކަތްކޮށް ހޯދާ ތަޖުރިބާ، އަހަރަމެންނަށާ މިގައުމަށްވެސް ވަރަށް މުހިންމުވާ ދުވަހެއް އަތުވެދާނެ. ތި މސައްކުތުގާ ބަރަކާތް ލައްވާށި.
އެލާ
10 February 2023
ތިޔަކަހަލަ ދަރިން މިގައުމައް ބޭނުންވަނީ ވެރިކަމާހެދި ގައުމުދަރުވާމީހުންނެއްނޫން
ޤައްދާރުން111
13 February 2023
މަޝްހޫރު ވާން އުޅޭ މީހުން. ކޮބާ ތަ ރާއްޖޭގަ މި މީހުންނަށް ނުދެއްކިފަ ތިބި މީހުން....
ޢަމީރު
10 February 2023
ދިވެހިންނައް ރަގަޅުވާނީ ސިޔާސީ މީހުން ނާވަގުން..ކޮމެއްޓު ކިޔާލީމަ ދިވެހިންނަކީ އަމިއްލައެދުމުން ފޯވެގެން ވާބައުއްކަން ވަރައްސާފު.
ނަރުސް މަރީ
10 February 2023
ދެން ދިޔައީމާ ވަރަށް މިސްވާނެދޯ!