މާލޭގެ ސަރަހައްދެއްގައި ބޭއްވި ނައިޓް މާކެޓު. މިއަހަރުގެ ނައިޓު މާކެޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައި--ފޮޓޯ: މިހާރު
10 ފެބުރުއަރީ 2023 - 10:46
ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތަށް ފެއާ އާއި ނައިޓް މާކެޓް ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ފޯމު ހުށަހެޅުމަށް އެދިފައިވެ އެވެ.
މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ އާ އަހަރު ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަސް، މިނިވަން ދުވަހާ ގުޅިގެން އަދި ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާ ގުޅިގެންނާއި އަލްހާ އީދާ ގުޅިގެން އަންނަ ބަންދުދުވަސްތަކުގަ އެވެ.
މިކަމުގެ ހުއްދައަށް އެދި އެ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއެއްގެ ރަޖިސްޓްރީގެ މައުލޫމާތާއި، ނައިޓު މާކެޓު ބާއްވަން ބޭނުންވާ މުއްދަތާއި މާކެޓު ބާއްވަން ބޭނުންވާ ތަނުގެ މައުލޫމާތު ވެސް ސިޓީ ކައުންސިލާ ހިއްސާ ކުރަން ޖެހޭނެ އެވެ.
މިކަމަށް އެދި އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ފޯމު ބަލައިގަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާފުލެޓުްެޅުމުގެ
10 February 2023
ހިޔާފުލެޓުއެޅުމުގެ ބޭނުމަކީ ތިޔައީ.
ތުމަސްތަތޯ
10 February 2023
މިކުދިންކޮޅު އަބަދުވެސް އުޅެނީ ކޮންމެވެސް ފައިސާކޮޅެއް ލިބޭނެގޮތެއްވޭތޯ ބެލުމުގަ
ދެއްކިވާހަކަކޮބާ
10 February 2023
މިމީހުން މަގާމުތަކައް ހޮވެންވެގެން އެންމެގަދަޔަށް ދެއްކީ މާލޭގެ މަގުތައް އަމާންތަނަކަށް ހަދާނެ ވާހަކަ. އެކަމަކު ހޮވުނީމާ މަގުތައް ވިއްކާލައިފި. މަގުތަކައް ކުނިއަޅައި ގޮނޑުކޮށްލައިފި. މިމީހުންގެ މިހާރުގެ ޓާގެޓަކީ ޖެހުނުތަނަކުން ލިބުނުއެއްޗެއް ހޯދުން. ރައްޔިތުން ހިތްހަމަޖައްސާލަން ހަދައިފައޮތް ޕާކުވެސް ގޮޅިގޮޅިއަށް ބަހައިލައިގެން ކުއްޔަށް ދޫކުރަނީ. މިހާރު އެބަލަނީ ހުޅުމާލެއިންވެސް ފައިސާހޯދިދާނެ އިންޗިއެއް ނަމަވެސް އަތުޖެހޭތޯ.
މަގުތައްވިއްކާލި
10 February 2023
މަގުތައް ވިއްކާލި "ގޮނޑު" ވިއްކައިގެން ނަމަވެސް ފައިސާ ހޯދަން ބޭނުންވާ ކައުންސިލަރާއި މޭޔަރު އެއުޅެނީ އަނެއް ޗަރުކޭހެއް ކުޅެންވެގެން. ހުޅުމާލެއަކީ ވަކި ކުންފުންޏަކުން ބަލަހައްޓަމުންދާ ތަނެއް. ތިގޮތަށް ކަންތައް ކުރެވެންޏާ ކުރުނބާގައިވެސް ބާއްވަންވީނު. ތިމަންނަމެން ސަރުކާރުގައި ތިބިއިރު ކަންތައްކުރިގޮތަށް އެހެންމީހުން ލައްވައިވެސް އެގޮތަށް ކަންތައްކުރުމަށް މަޖުބޫރުކުރުވަނީ.
ށަވިޔަނި
10 February 2023
މިވަރުގެ ނުލަފާ މީހަކު މަ ނުދެކެން.
ޭީސަމީއު
10 February 2023
ތީ ބޮޑުއުވާލުމެއް. ޙުއްދަދެވޭނީ އެޗްޑީސީ އަށް. ސިޓީކައުންސިލަކަށް ނޫން.
މާލޭ
10 February 2023
މުޅި މާލެ ގޮނޑުކޮށްފި
ހޮޅިމުއިއްޒު
10 February 2023
ތި ހުއްދައެއް ނުދެވޭނެ ސިޓީ ކައުންސިލަށް. އަނެއްކާ ހުޅުމާލެގަ ބޮޑެތި އިވެންޓް ސްޕޭސްތައް އެބަހުރި. އެތަންތަނުގަ ތި ކަމެއް ބާއްވާ. މީހުންނަށް އުނދަގޫ ކުރަން މަގު ބަންދުކުރާނެ ކަމެއް ނެތް.
އެމްސް
10 February 2023
ބިދޭސީންގެ ވަގުވިޔާފާރިތަކަަށް ފުރުސަތުނުދީ ވެދާނެބާ؟
އޮނަރަބްލް އަފީފު ދީދީ
10 February 2023
އާއަހަރު ފެށޭ އަދި ނިމޭ ދުވަހާއި ރޯދަމަސް ފެށޭ ދުވަހުގެ ބަދަލުގައި މިދުވަސްތައް ފެށޭ ދުވަހު ބާޒާރު ބަންދުކުރާގޮތަށް އޭގެ 1 ފަހުތާ ކުރިއަށް މާކެޓް ބާއްވަން ހުއްދަދިނުން ރަނގަޅު. # މިދެންނެވި ދުވަސްތައް ފެށޭ ދުވަހު ބާޒާރު ބޭއްވުމުން ވިޔަފާރި ދަށްވުމުގެ އިތުރަށް މިފަދަ ބާޒާރުތަކުން މުދާ ގަންނަން ބޭނުންވާ ފަރާތް ތަކަށް އެދުވަސްތަކަށް މަޑުކޮށްގެން ތިބެން އުދަގޫވެ ބޭނުންވާ ތަކެތި ދުރާލާ ގަންނާން މަޖުބޫރު ވާނެ. ދުވަސް ތައް ބަދަލު ކުރުން މުހިންމު.