އެޗްޑީސީން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ސްމާޓް ޕާކިން ޒޯނު--
10 ފެބުރުއަރީ 2023 - 20:03
ޕާކިންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފްކޮށް، އެ ހިދުމަތް ލުއި ފަސޭހަ ގޮތެއްގައި ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އާބާދީ އިތުރުވެ ޕާކިންގެ އުނދަގޫ ބޮޑުވެފައިވާތީ އެޗްޑީސީން އަންނަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. މިފަހުން ވެސް ވަނީ ކާރާއި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކުކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދޫކޮށްފަ އެވެ.
ޕާކިންގެ މައްސަލައަށް "ސްމާޓް ސޮލިއުޝަނެއް" ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން މިވަގުތު އަންނަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަށް ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި މުޅިން އަލަށް ޓެސްޓް ކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ތަރައްގީކުރަމުން އަންނަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގަ އެވެ.
އެޗްޑީސީން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ސްމާޓް ޕާކިން ޒޯނު: މިއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ހިދުމަތެއް.
އެޗްޑީސީން ބުނީ ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވްކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްކޮށް، އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯނުގައި ހަރުކޮށްފައިވާނެ ކަމަށެވެ. އެތަނުގައި ޕާކުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކެމެރާ ވެސް ހަރުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕާކިން ޒޯނު ތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ޑިޖިޓަލް ބޯޑެއް ވެސް ބޭރުގައި ހަރުކޮށްފައިވެ އެވެ.
މިވަގުތު ހަމައެކަނި ކާރު ޕާކިންނަށް ކަނޑައަޅާފައިވާ މި ސްމާޓް ޕާކިން ޒޯނުގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އެތަނުގައި ޖާގަތަކެއް ހާއްސަކޮށްފައި ހުންނާނެ އެވެ.
އެޗްޑީސީން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ސްމާޓް ޕާކިން ޒޯނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހާއްސަ ޖާގަ ހުންނާނެ.
ޕާކިން މައްސަލައަށް މުޅިން ތަފާތު ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތްކުރަމުން އަންނައިރު އެކަން ލުއި ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕާކިން އެޕްލިކޭޝަނެއް ވެސް ތައާރަފްކުރާނެ އެވެ.
މިއީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާ އެޕްލިކޭޝަނެކެވެ. އެ އެޕް މެދުވެރިކޮށް ޕާކިން ޒޯނުގައި ހުންނަ ހުސް ޖާގަތަކާއި ޕާކު ކުރެވޭނެ އަގުތަކުގެ އިތުރުން ޖާގަ ރިޒާވްކޮށް، ފައިސާ ވެސް ދެއްކޭނެ އެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާއި ޕާކިން ޖާގައާ ހަމައަށް ނެވިގޭޓްކޮށްދިނުމާއި ބޭނުންކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެޕުން ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
12 February 2023
ސުމާޓް ކުރަން ވީ ރަށްޔިތުން ތިގޮތައް ފައިސާނެގުމުން މީހުން ސުމާޓެއް ނުވާަނެ ސުމާޓވާނީި ރަށްޔިތު މީހާގެ ޖީބައް ފައިސާވަނީމާ. ވަރަށް ސަލާމް.
ގުދުގުދާބެއްޔާ
11 February 2023
ފައިސާގިނަވެގެން އުޅޭ މީހުން ތިޔަތާގައި ޕާކް ކޮއްފާނެ! އަޅެފަހެ މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން!
މަސޮރު
11 February 2023
ވިސްނޭ ހަރުދަނާ ބަޔަކަށްވުރެ ގަމާރު އަމިއްލަ އެދުން ބޮޑު ކަންދެއްކުމާ މޮޅުކަން ދެއްކެން އުޅޭ ބަޔަކު އުޅޭ މުޖުތަމައުއެއްގަ އެއްވެސް ކުރިމަގެއް ނޯންނާނެ... ތިކަހަލަ ޕްރޮޖެކްޓްތަކުގެ އެންމެ އެދެވޭ ނަތީޖާވެސް ނުފެންނާނެ... (ކުރިންވެސް މިހެން ހަމަ ބުނެވުނީ މިަކަހަލަ ކަމަކަ ގުޅިގެން)
އަސްލަމްޝާކިރު
11 February 2023
ކިތަންމެ ވަރަކަށް ޕާކިން ހަދައިދިނަސް ދިވެހިން ފާހާނާއަށްވެސް ދާނީ ސައިކަލު ޕާކު ކުރާނީވެސް ފާހާނާ ދޮރުމަތީގައި
ފެމުނު
11 February 2023
މިކަމުން ކޮން ހައެއްލެއްތޭ ލިބޭނީ.. މިހާރު ހުރި ޕާކިންތައް ތިޔަ ބަދަލުކުރަނީ އޮޓީ އަށް ޕާކިން އިތުރެއް ނުވޭ
ބޮޑުމީހާ
11 February 2023
މި މާލެ ސަރަހައްދުގައި ދުއްވާ 4000-5000 ކާރު ދެތިން ޕާކިންގ ބިލްޑިންގ އިން ހަމަޖެހޭނެ. މި ގައުމުގަ ހުރި މައްސަލަތަކަކީ ހައްލުނުވާނެ ކަންކަމެއް ނޫން. ބޭނުންވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުރާނޭ ވެރިންތަކެއް. މިވެރިކަން ނިމި މިދަނީ ބޮޑު ސަކަރާތްގަނޑެއް ޖަހައި އެއްކަމެއްވެސް ނުވެ، މިވަރުންވެސް ރައްޔިތުން ވޯޓް އެބަދޭ ބަރާބަރަށް.
ދިވެހި އަބްދުލް
11 February 2023
ކަންކަމާ ޙިޔާލު އެއްގޮތް ހައްލު ގެންނަން ބޭނުން ރައްޔިތުން ކޮޅެއް އެއްކޮށްލެވޭނެ ޕްލެޓްފޯމެއް އަދި ނެތީ. މީހުން އެބަތިބި. ޙިޔާލުވެސް އެބަހުރި.
އައްމަޓީ
11 February 2023
ކިހާވަރަކުން ދާނެކަމެއްބާ؟ ތިޔަތަނުގައި އާއްމު މީހެއްގެ ކާރުބާއްވާލާނެ ފުރުސަތެއް ހިޔެއްނުވާ ލިބޭނެހެނެއް. މިހާރުވެސް ފްލެޓް 45 ކައިރި އޮންނަ ކާރު ޕާރކިންގ ގައިވެސް ގިނައިން އޮތީ ހަލާކުވެފަ ހުރި ކާރުތައް، ރޭގަނޑުވެއްޖެއްޔާ އެތާ އޮންނަނީ ކާރުހެދުމުގެ މަސައްކަތް، ނުވިތާކަށް ސްޕެއަރ ސްޓޯރޭޖް ޕިކަޕެއްވެސް އެތާ އޮންނަތާ 4 މަސްވަނީ، ފެންނަ އެކަކުވެސް ނެތް
ހާމިދު ޝާހިދު
11 February 2023
މިއީ ވަރަށް ރަނގަޅުކަމެއް ރަނގަޅަށް ކުރަން އިނގެންޏާ!. ކޮންމެ ގޭބީސީއަކަށް 1 ސައިކަލު ނޫނީ ރަޖިސްޓްރީ ނުކުރުން އެދެން. އަދި އާމްދަނީ ވަކި މިންވަރަކުން މަތި ނުވާހާ ހިނދަކު ކާރު އެތެރެކޮށް ރަޖިސްޓްރީ ނުކުރެވޭގޮތް ހަދަންޖެހޭ. ކާރު ޕާކުކުރާ ގަރާޖުތަކުގައި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައި ހުރި ހުރިހާ ކާރެއް މާލޭން ބޭރުކޮށް، ޓޯކުރަންޖެހޭ! ކޮންމެ ގެއެއްގައިވެސް ކާރު ޕާކިންގ އަށް ޖާގަ ބާއްވާފައި ނޫނީ ފިހާރައާއި ގުދަން ނުހިންގޭގޮތށް ހަދަންވީ!
ޕަރކަރު
10 February 2023
ގަރާޖުސިޓީ ދޭނަންތަ؟