ޚަބަރު / ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ

ލޮބީކުރުމުގެ ނަތީޖާ ޖުޑިޝަރީގައި ރަނގަޅު: ސުއޫދު

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ނިންމަން ރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން (ވ) އާއި އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު.

އެކި ކަންކަމަށް ލޮބީ ކުރުމާއެކު، ރާއްޖޭގެ ހުރިހާ ފަނޑިޔާރުން އެކި ކަންކަންމުގައި އެކައްޗެއް ވިދާޅުވެ، އެއް ސްޓޭންޑެއްގައި ހިފަހައްޓައިފި ނަމަ އެއީ ބުރަދަން ހުންނާނެ ކަމަކަށް ވިދާޅުވެ، އެ ގޮތުގައި ފަނޑިޔާރުން ތިއްބެވުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ރޭ އެދިވަޑައިގެންފި އެވެ.

އިއްޔެ މެންދުރު ފެށި އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި ސުއޫދު ވިދާޅުވީ، ބައެއް ދުވަސްވަރު ބައެއް ފަނޑިޔާރުންނަށް އެއްވެސް ސަބަބެއް ނެތި ވަރަށް ދެރަ ގޮތްތައް ދިމާވެފައިވާ ކަމަށާއި އޭރު ފަނޑިޔާރުންގެ ޖަމިއްޔާ ހަރަކާތްތެރިވި ނަމަ އަސަރުތަކެއް ކުރީސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މުސްތަގުބަލްގައި ވެސް ހަމަ އެ ކަހަލަ ކަންތައްތަކެއް ދިމާވާނެ ކަމަށާއި އެއް އަޑަކުން ވާހަކަ ދައްކާ ކަމަށް ވާ ނަމަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ދިމާވާ އެކި މައްސަލަތަކުގެ ތެރެއިން ސުއޫދު ފާހަގަކުރެއްވި އެއް ކަމަކީ އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމެވެ. ބައެއް ބޭންކުތަކުން ފަނޑިޔާރުން ކެޓަގަރައިޒް ކޮށްފައި ވަނީ ސިޔާސީ ބައެއްގެ ގޮތުގައި ކަމަށާއި އެހެންވެ، ކޮންމެ ވަގުތެއްގައި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ބޭންކުތަކަށް އޮންނަ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ލޯނަށް އެދި ހުށަހެޅުމާއި އެކި ފަރާތްތަކަށް ގެރެންޓީ ދިނުމުގައި ދަތިތައް ދިމާވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ސަބަބަކީ ފަނޑިޔާރުކަމަކީ ދާއިމީ ވަޒީފާއެއް ކަމަށް ބޭންކުތަކުން ގަބޫލު ނުކުރުމެވެ.

"އެއީ ވަރަށް ދެރަކަމެއް. އެއީ ހަގީގަތުގައި މިނިވަންކަމާ ގުޅިފައި ހުރި ކަމެއް. އެހެންވީމާ އެ އަޑު ވެސް އަޅުގަނޑުމެން އުފުލަން އެބަޖެހޭ. އަޅުގަނޑުމެންގެ ވަޒީފާ އަށް އަސަރު ކުރަމުންދާ މިންވަރު. އަދި މިނިވަންކަމާއެކު ނިންމާ ނިންމުންތަކެއް ނިންމޭކަން ކަށަވަރު ކުރުމުގެ އިތުރުން ފަނޑިޔާރުންނާ ގުޅިފައި ހުރި ވަޒީފާއާ ގުޅޭ ކިތަންމެ ކަމެއް އެބަހުރި،" ސުއޫދު ވިދާޅުވި އެވެ.

"އެ ކަންތައްތައް ޝާމިލު ވެގެން އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި އަޅުގަނޑުމެންގެ އަޑު އުފުލައި އެ ކަން ކުރުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނުގައި އެންމެ ބޮޑަށް ބާރު އަޅަނީ."

ސުއޫދު ވިދާޅުވިގޮތުގައި، ފަނޑިޔާރުންގެ މިނިވަންކަމަށްޓަކައި ފަނޑިޔާރުންގެ ގާނޫނުގެ ބޭނުން ހިފަންޖެހެ އެވެ. އެކަމަކު، އެ ކަން ކުރަން ވާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ވިދާޅުވި އެވެ.

މިސާލަކަށް އިސްތިއުނާފު ކުރެވޭނެ މައްސަލައެއްގައި އިސްތިއުނާފު ނުކޮށް ޖޭއެސްސީ އަށް ދިއުން. މިކަން ވެގެން ނުވާނެ. ޝަރުއީ މައްސަލައެއް، ޝަރުއީ ނިންމުމަކާ ގުޅިގެން ޖޭއެސްސީ އަށް ބަލައިގެން ނުވާނެ. އެ ގޮތަށް މިންތަކެއް ކަނޑައެޅިފައި އޮންނަން އެބަޖެހޭ،"--- ސުއޫދު

"ނޫސްބަޔާން ނެރެގެން އެ ކަންކަން ކުރަން ދިމާކޮށްފިއްޔާ އެ އަކުން މާ ބޮޑު ނަތީޖާއެއް ނުނިކުންނާނެ. އޭގެ ބަދަލުގައި ތަންކޮޅެއް ޒަމާނީ ގޮތަކަށް، ލޮބީ ކޮށްގެން އެ ކަންކަން ކުރެވޭތޯ ބެލުން އެއީ އަޅުގަނޑުމެން ވިސްނަންވީ ކަމަކީ،" ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި މިވީ ދުވަސްތަކުގެ ތަޖުރިބާއާއެކު ވިދާޅުވީ، ލޮބީ ކޮށްގެން ކަންކަން ކުރުން މާ ރަނގަޅު ކަމަށެވެ. އެކަމަކު ވެސް ނޫސްބަޔާން ނެރެގެން ނުވަތަ އެހެން ގޮތަކުން މަސައްކަތް ކޮށްފި ނަމަ ބަޔަކު ވިސްނާނެ ކަންކަން ވެސް ހުންނާނެކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ލޮބީކޮށްގެން ލިބުނު އެއް ކާމިޔާބީއެއްގެ ގޮތުގައި ސުއޫދު ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމާއެކު އެ ފަނޑިޔާރެއްގެ ނަން އެ ކޮމިޝަނުން އާންމުކުރާ މައްސަލަ އެވެ. ވިދާޅުވީ، އެ މައްސަލާގައި ލޮބީ ކުރީ "ވަރަށް ހިކުމަތްތެރިކަމާއެކު" ކަމަށެވެ. ފަނޑިޔާރުންގެ ޖަމިއްޔާ އާއި އެހެން ބައެއް ފަނޑިޔާރުންނާއި ޖޭއެސްސީގައި ތިއްބަވާ ބޭފުޅުން ހިކުމަތުގެ ބޭނުން ހިފުމުގެ ނަތީޖާއަކީ މައްސަލައެއް އެ ކޮމިޝަނަށް ވައްދާއިރަށް މިހާރު އެ ފަނޑިޔާރެއްގެ ނަން އާންމުކުރުން ހުއްޓާލުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގެ އިއްޔެގެ ސެޝަންގައި އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު އަހުމަދު ރަޝީދު

"އެެހެން ނަމަވެސް އެ ބޭފުޅުން އަދިވެސް މުޅިން ދޮރެއް މުޅިން ނުއެއް ލައްޕާ. ކުޑަކުޑަ އަދިވެސް ޖާގައެއް އެބަ އިނދޭ ބައެއް ހާލަތުތަކުގައި ނޫހަށް ދީފާނެ. މައްސަލަ ބަލާ ނިމިގެން ފިޔަވަޅު އަޅައިފިއްޔާ މައްސަލައެއް ނެތް. ދެން އެ ހިސާބުން އެ އަޅާ ފިޔަވަޅެއް އެޅި ވާހަކަ ނޫސްތަކާ ހަމައަށް އައުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ޖޭއެސްސީ އަށް ފަނޑިޔާރެއްގެ މައްސަލަ ހުށަހަޅާ ތަނުން އެ ފަނޑިޔާރެއްގެ ނަން އާންމުކުރުމުން މިނިވަންކަމަށް އަސަރުކުރާ ކަމަށެވެ. އާންމުން ދެކޭ ގޮތް ވެސް ބަދަލުވެ އެވެ.

ލޮބީކޮށްގެން ދެން ލިބުނު އަނެއް ކާމިޔާބީއަކީ ސުއޫދު ވިދާޅުވިގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގައި ޖޭއެސްސީން ގެންގުޅޭ އިޖުރާއަތްތަކަށް ގެނައި ބަދަލެވެ. ސުލޫކީ މައްސަލަ ބެލުމުގައި ކުރިން ޖޭއެސްސީން ގެންގުޅޭ ފުޅާދާއިރާ މިހާރު ހަނިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިސާލަކަށް ފަނޑިޔާރުން ކެއިއިރުގައި ކަލޭމެންނަށް ބާކީ ވި އެތިކޮޅެއް ނުދޭހެއްޔޭ. މިހެން ނޭނހޭނެ. ސުލޫކީ މައްސަލައެއް ބަލަން ބަޔަކު ގެންގޮސްފައި، އެ ފަނޑިޔާރުންގެ މުވައްޒަފު ކައިރީގައި ބުނީ ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީ ހެއްޔޭ ކާލީ. އެ ދުވަހު ކީއްވެ ހެއްޔޭ ކުކުޅު ނުގެނައީ؟ ކީއްވެ ހެެއްޔޭ ބީފް ނުގެނައީ،"--- ސުއޫދު

"އެހެންވީމާ އެކި ގޮތްގޮތުން ކުރިއަށް ފިޔަވަޅު އަޅަމުން މިދަނީ. އެއްވެސް އުސޫލެއް ނެތި ފިޔަވަޅު އެޅޭ ކަމަށް ވެއްޖިއްޔާ އަޅުގަނޑު ދެކޭގޮތުގައި އަނެއްކާވެސް ލޮބީ ކުރަންޖެހޭނެ. މިސާލަކަށް އިސްތިއުނާފު ކުރެވޭނެ މައްސަލައެއްގައި އިސްތިއުނާފު ނުކޮށް ޖޭއެސްސީ އަށް ދިއުން. މިކަން ވެގެން ނުވާނެ. ޝަރުއީ މައްސަލައެއް، ޝަރުއީ ނިންމުމަކާ ގުޅިގެން ޖޭއެސްސީ އަށް ބަލައިގެން ނުވާނެ. އެ ގޮތަށް މިންތަކެއް ކަނޑައެޅިފައި އޮންނަން އެބަޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ޖަލްސާގައި ސުއޫދު ވިދާޅުވިގޮތުގައި ޖޭއެސްސީގައި ފަނޑިޔާރުންނާ ސުވާލު ކުރައްވާ ބޭފުޅުން ގެންގުޅުއްވާނެ ސުލޫކީ މިންގަނޑެއް ވެސް އޮންނަން ޖެހެ އެވެ. ސުލޫކީ ކަންކަމާ ގުޅޭ ސުވާލުތައް ބައެއް ފަހަރު ޖޭއެސްސީ އަށް ހާޒިރުކުރާ ޖުޑިޝަރީގެ މުވައްޒަފުންނަށް އަމާޒު ކުރެއްވުމަށް ފަހު، އެންމެ އާދައިގެ ސުވާލުތައް ވެސް އެ މީހުންނާ ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގެ އިއްޔެގެ ސެޝަންގައި ބައެއް ފަނޑިޔާރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިސާލަކަށް ފަނޑިޔާރުން ކެއިއިރުގައި ކަލޭމެންނަށް ބާކީ ވި އެތިކޮޅެއް ނުދޭހެއްޔޭ. މިހެން ނޭނހޭނެ. ސުލޫކީ މައްސަލައެއް ބަލަން ބަޔަކު ގެންގޮސްފައި، އެ ފަނޑިޔާރުންގެ މުވައްޒަފު ކައިރީގައި ބުނީ ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީ ހެއްޔޭ ކާލީ. އެ ދުވަހު ކީއްވެ ހެއްޔޭ ކުކުޅު ނުގެނައީ؟ ކީއްވެ ހެެއްޔޭ ބީފް ނުގެނައީ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ މައްސަލަ އަށް އިޝާރާތް ކުރައްވަމުން ސުއޫދު ވިދާޅުވި އެވެ.

"މިއީ ޖެއްސުމަށް ސުވާލު ކުރުން. އެހެންވީމާ އަޅުގަނޑުމެންނަށް މަލާމާތް ކުރާ ގޮތަކަށް ޖެއްސުން ކުރާ ގޮތަކަށް ފުރައްސާރަ ކުރާ ގޮތަކަށް ސުވާލު ކުރެވިގެން ނުވާނެ."

ސުއޫދު ވިދާޅުވީ، އެފަދަ ކަންކަން ލޮބީ ކޮށްގެން ވެސް ރަނގަޅު ނުކުރެވޭ ނަމަ އިތުރަށް މަސައްކަތް ކޮށް، ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވާނެ ކަމަށެވެ. ސަބަބަކީ ސުއޫދު ވިދާޅުވިގޮތުގައި، އެފަދަ ކަންކަމުގެ ސަބަބުން ފަނޑިޔާރުންގެ މިނިވަންކަމަށް އަސަރު ކުރާތީ އެވެ. އެ ހާލަތުގައި އެ ކަންކަން އިސްލާހު ކުރުމަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ މަސްއޫލިއްޔަތަކަށް ވާތީ އެ ކަމުގައި އަޑުއުފުލާނެ ކަމަށް ވިދާޅުވި އެވެ.

8 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20000

12 February 2023

ތިފަދަ ޖެއްސުމުގެ ސުވާލު ކުރަނީ ޖޭ އެސްސީ އަކީ ސިޔާސީ ތަނެއް. ރައްޔިތުން މަޖިލީހުގެ ތަޅުމެކޭ ޖޭއެސް ސީ އެކޭ އެއްގޮތް. ޖޭ އެސް ސީ ސިޔާސީ މީހުން ދުރަން ނުލާހާ ހިނދަކު ފަޑިޔާރުގެ ނިންމާ ނިންމުން މިނިވަނެއް ނުވާނެ. ވެރިކަމަށް ނާންނަ އިރު ފެންނާނެ އިސްލާހް ކުރަންވާ ކަންތައް . އާދެވުނީމާ ފެންނަނީ ތިޖޫރި

The name is already taken The name is available. Register?

ރިޔާޒު ރަށީދު

12 February 2023

ތީގެ ނަތީޖާ ރަނގަޅީ މަމޮޅު ހެދިގެން އުޅޭ ފަނޑިޔާރުންނަށް ކަމަށް ވެދާނެ. ރައްޔިތުންނަށް ތި ލޮބީން އެތީ ގެއްލުން. ފަނޑިޔާރުން ޖަވާބުދާރީ ކުރެވެން ހުރި ހުރިހައި ދޮރެއް ބަންދުކުރުމަކީ ވެދާނެ ވަޒީފާގެ ޔަގީންކަމާއި ރިޝްވަތުގެ ފައިދާ އާއި އެއިން މުއްސަނދިކަން ހޯދަން އުޅެ ބަޔަކަށް ހެވަކަށް.

The name is already taken The name is available. Register?

ބޮޑުމީހާ

11 February 2023

ލޮބީ ކުރީމާ ނިމުނީތޯ. ކޯޓްތަކުގައި ކިތައް މައްސަލަ ނުނިމި އެބައޮތް. ކުދި ކުށްތަކުގައި މީހުންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާ ތި ކޯޓްތަކަށް ދަމާދަމާ. މައްަސަލައެއް ނިންމަން 10-15 ނެގީމަ ކަޑަ

The name is already taken The name is available. Register?

ޙެހެ.

11 February 2023

ލޮބީންގް އިޒް ރިޝްވަތު.

The name is already taken The name is available. Register?

ހުސެން234234

11 February 2023

ހުސްނު ސޫދައް ދަންނަވާލަން އޮތީ މަނިކުފާނު ރައީސް ޔާމީން އިރު ހުރީ ވަކީލުކަމުންވެސް ސަސްޕެންޑް ކުރެވިފައޭ .. މިހާރު ސްޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް އައިސް ތިކަހަލަ އެއްޗެހި ބުނެވޭ ލެވެލް އަށް ދިޔައީމަވެސް އެއީކަންކަން ރަގަޅު ވަމުންދާ ކަމުގެ ހެކި .. ހުރިހާ ކަމެއް ފުރިހަމައެއް ނޫން އަދިވެސް، ނަމަވެސް ކުރިއަށް ވުރެ އެތައް ހާސް ގުނަ ރަގަޅު .. ގާޒީންވެސް އުޅޭ ގޮތުން ޖޭއެސްއީންވެސް އެހެން ސުވާލު ކުރީ އެދުވަހު ކުކުޅު ކެއި ހަމަ ސެލަބްރޭޓް ކުރަން !

The name is already taken The name is available. Register?

ލޮބީ

11 February 2023

ރައްޔިތުންވެސް އެބަޖެހޭ ފަނޑީޔާރުންނަށް ލޮބީ ކުރެވޭނެގޮތެއް ހޯދަން. މައްސަލަތައް ކޯޓުތަކުގައި ތާށިވެ، ނުނިމިފާ ހުންނާތީ. އިންސާފު ނުލިބޭތީ. ދަށު ކޯޓުތަކުގައިވެސް، 3، 4 އަހަރުވަންދެން މައްސަލަތައް ނުނިމި ދިގުލާއިރު، ޝެޑިއުލް ކުރެވުނަސް، ޝަރީއަތް އޮންނަ ދުވަހު ޤާޟީ ސަލާމުގައި ނޫނީ ޗުއްޓީގައި ހުރެގެން ކެންސަލް. މީ ވަރަށް ގިނައިން ހިނގާކަމެއް. ދެން އަނެއްކާ ޝެޑިއުލް ކުރެވޭނީ މަސް 2 މަސް ފަހުން. އަނެއްކާވެސް ހަމަ ޤާޟީ ސަލާމުގައި ނޫނީ ޗުއްޓީގައި.

The name is already taken The name is available. Register?

ބިތްޖެހި

11 February 2023

ތިބޭފުޅާ ހާދަ ގިނައިން ކޯޓައް ތި ދަމަނީ. ކޮއްމެސް ކަމެއް ވީމަތާ.މަ ހުވާ ގިނަ ދިވެހިން ނަކަށް ކޯޓު ހުއްނަ ގޮތެއްވެސް ހުއްނަ ތަނެއް ވެސް މުޅި އުމުރު ލޮލުން ނުދެކޭ.

The name is already taken The name is available. Register?

ޜައްދު

11 February 2023

ބިތްޖެހިމެން އަދި އެހާ ފެންވަރު ނެތީމަ އެއީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454