ޔޫޓިއުބްގެ އާ ސީއީއޯ ނީލް މޯހަން
18 ފެބުރުއަރީ 2023 - 06:28
ވީޑިއޯ ޕްލެޓްފޯމްް ޔޫޓިއުބްގެ އާ ސީއީއޯއަކަށް އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެއްކަމަށްވާ ނީލް މޯހަން އައްޔަން ކުރަން ނިންމައިފި އެވެ.
ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރުގެ މަގާމުގައި ހުރި ނީލް، ސީއީއޯގެ މަގާމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރުގެ ސީއީއޯ ސޫޒަން ވުޗިޓްސްކީ، އެ މަގާމުން އިސްތިއުފާ ދެއްވާތީ އެވެ. ސޫޒަން އެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ.
ޔޫޓިއުބްގެ އެންމެ ފަހުގެ ސީއީއޯ ސޫޒަން (ވ) އަދި އަލަށް އައްޔަން ކުރި ސީއީއޯ ނީލް މޯހަން (ކ)
ސޫޒަން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 25 އަހަރަށް ވުރެ ގިނަ ދުވަހު، ޔޫޓިއުބްގެ ޕޭރެންޓު ކުންފުނި ގޫގުލްގައި މަސައްކަތް ކުރުމަށް ފަހު، އާ ބާބެއް ފެށުމަށް ފަހަތަށް ޖެހިލަން ނިންމެވީ ކަމަށެވެ.
ސޫޒަންގެ ޓްވީޓަށް ޖަވާބުދީ ނީލް ވަނީ ސޫޒަންއާ އެކު މަސައްކަތްކުރަން ލިބުމަކީ ފަހުރެއް ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.
Thank you, @SusanWojcicki. It's been amazing to work with you over the years. You've built YouTube into an extraordinary home for creators and viewers. I'm excited to continue this awesome and important mission. Looking forward to what lies ahead... https://t.co/Rg5jXv1NGb
— Neal Mohan (@nealmohan) February 16, 2023
"...ސޫޒަން ޔޫޓިއުބް ބިނާކޮށްފައިވަނީ އުފެއްދުންތެރިންނާއި ބެލުންތެރިންނަށް އާދަޔާ ހިލާފު ތަނެއްގެ ގޮތުގައި. އަހަރެން މި ހުރީ މި ބިރުވެރި، އެހެނަސް މުހިންމު މިޝަން ކުރިއަށް ގެންދަން ވަރަށް އުފަލުން،" ނީލް ބުނެފައިވެ އެވެ.
ސޫޒަން ވަނީ، ނީލް އަކީ ޔޫޓިއުބްގެ ސީއީއޯގެ މަގާމަށް އެންމެ ގާބިލު މީހަކީ އެއީ ކަމަށް ވެސް ބުނެފަ އެވެ.
ނީލް އެންމެ ފުރަތަމަ ގޫގުލްއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އޭރު އޭނާ އަކީ ޑިސްޕްލޭ އަދި ވިޑިއޯ އިޝްތިހާރުތަކުގެ ސީނިއާ ނައިބް ރައީސެވެ. އޭގެ ފަހުން، ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓު އޮފިސަރުގެ މަގާމާ އޭނާ ހަވާލުވީ 2015 އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިޓިއުބު
19 February 2023
ސަމަދު ފޮނުވާނަން ޔޫޓިއުބު ހިފަން!
އާވަސް
18 February 2023
ދެން ޕޕމ ކުދިން ޔޫޓިއުބު ބޭނުމެއް ނުކުރާނެ. ވަރަށް ދެރަކޮށް ތިވީ
ބާވަސް
19 February 2023
ޔާމީނަށް އެއްޗެހި ގޮވަގޮވާފަ ބްރިޖްމަތިން ކޮންމެ ދުވަހަކު ދުއްވާ މީހުންނާ، ހިޔާފްލެޓް ލިބުނީމަ އޭގަ ހިފި މީހުންނާ، ދަރުމަވަންތަ ހޮސްޕިޓަލަށް ފަރުވާއަށް ދާ މީހުންނަކީ ހަމަ ތިޔަ ބުނާ ޒާތުގެ ގްރޫޕަކަށް ފެތޭ މީހުން.
ށަވިޔަނި
18 February 2023
އިންޑިއާއައުޓް ޔޫޓިއުބުގައި ފަށަން ވީނުން.