ބަންޑާރަ ނައިބު ރިފްއަތު: ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ހުރިހާ ކަމެއްގެ ސިއްރު ހިފަހައްޓަން ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކަމަށް އޭޖީ އޮފީހުން ބުނޭ.
27 ފެބުރުއަރީ 2023 - 15:30
ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެންޓިލޭޓަރުތައް ގެނެސްދިނުމަށް ފެބްރުއަރީ 2، 2020 ގައި ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިތީ އެ މައްސަލަ މި މަހުގެ 16 ގައި ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހި ދައުލަތުން އެދުނީ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ ދެ މިލިއަން ޑޮލަރެވެ.
އޭގެ އިތުރުން އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވެސް އެދުނު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
"އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.
ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ.
ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.
ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ކަންތައްތަކާ ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
28 February 2023
ސިއްރުކުރުން ލާޒިމޭ؟ ދިވެހި ރައްޔިތުންގެ އެތައް މިލިޔަން ޑޮލަރަކާ ގުޅިފައޮތް މައްސަލައެއް ސިއްރުކުރަންޖެހެނީ ކޮން ސަބަބަކާހުރެ؟ ސަރުކާރުގެތެރެއިން ބައިއެޅި މީހުންގެ ނަންތައް ހާމަވެދާނެތީތަ؟
ގުނބޯހައްދާސަރުކާރު
28 February 2023
ދިވެހިން ގަމާރުހައްދަން އިންޓަނޭޝަނަލް ކިޔަނީ. "މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރ" ލޮލް. ކަމެއްކުރަންޏާ ތިކަންބަލަން ޔޫއޭއީ ސަރުކާރުގަ އެދިބަލަ. އެއީ ޑިމޮކްރަސީއޮންނަތަނެއްނޫން، ދިވެހިންނަށް ހެޔޮއެދެންޏާ އެކުންފުނި އުލުބައިންދާފަވެސް އެތާސަރުކާރުން ތިލާރި ހޯދަދޭނެ
ބޮޑުމީހާ
27 February 2023
ވައްކަންކުރަނީ ވެންޓިލޭޓަރުން އެކަންޏެއް ނޫން. އެމްބަސީތަކުގެ ސިޔާސީ ބޮޑުންގެ ދަރިންނަށް ލައްކައިން މުސާރަ ދިނުމަކީވެސް ވައްކަން. ކޮންސަލްޓަންޓުން ނަމުގަ ދައުލަތުގެ ކުންފުނިތަކަށް ގާތް މީހުން ވައްދައިގެން ދައުލަތާއި ނުބައްދަލު ބޮޑެތި މުސާރަ ދިނުމަކީވެސް ވައްކަމާއި ކޮރަޕްޝަން. އެމްއެމްޕީއާރުސީގެ މައްސަލަ 5 އަހަރުން ނުބެލުނީމާ ދެން އިތުރަށް ކިޔާނެ އެއްޗެއް ނެތް، އެވެސް ޒީރޯ ޓޯލަރެންސް ޓު ކޮރަޕްޝަން ސަރުކާރުން،
ކަތްދައްތަ
27 February 2023
ސަރުކާރު އޮތީ ވެންޓިލޭޓަރުގަ. ދެން ކޮންޑްރާމާއެއް ކުޅޭކަށް. ރައްޔިތުންގެ ބައިތުލްމާލުން 32 މިލިޔަން ޕަކަޅާކޮށްލާފަ މިބުނަނީ ސިއްރު ހިފަހައްޓަންޖެހެއޭ. ޢަޖާއިބުން އަޖާއިބު. މިއީ ދެމަފިރިންގެ ގެވަތު މުދަލާބެހޭ ކަމެއްނޫނޭ ބަލަ މޮޔަފުޅުވީތޯ؟
އެ ކަނބާ
27 February 2023
ޒީރޯ ޓޮލެރަންސް.. ރީތިނަމެއް ބޭނުންކޮށްގެން ބޮޑެތި ވައްކަން ރޯމާދުވާލު މިކުރަނީ ލަދެއް ހަޔާތެއް ބިރެއްވެސްނެތި.. ރައްޔިތުންވެސް ހާދައަވަހަށޭ ހަދާންނެތެނީ.. މިމީހުންނަށް މަގާމްތަކާއި ބާރުު ހޯދާދިނުމަށް ނިިކުންނާނެ ގޯހީ ރައްޔިތުން.. ވައްކަންކުރާވަރު މަދީ .. މާމަދީ .. ފިސާރި މުސްލިމް ގައުމެއްމީ..
މޮހޮނު
27 February 2023
ދުބާއީގެ އިބުނު ބަތޫތާ މޯލްގަ އިން ކުޑަކަޑަ ކުލިނިކު ގަޑެއް , ކޮން ޢާބިތުރޭސަންއެއް ތިތަން ބަންދުކޮށް އެމީހުންވެސް ޔޫއޭއީދޫކޮށް ފިލާ ލާރި ކައިހުސކޮށްފާނެ މިހާރު. ޢޭރު ދުބާއި ފުލުހުންނަށް ހުށަހެޅިނަމަ ކޮންމެސް ވަރެއްވީސް މިހާރު ކޯއްޗެއް ކާކުއަތުން ހޯދަނ
ޕޮލިޓިކަލް ސްކޭމް
27 February 2023
މައްސަލައިގެ ފެށުން . ގާނޫނާ ހިލާފަށް މާލީ ވުޒާރާއިން ފައިސާ ދޫކުރީ މާލީވަޒީރު . ވަޒީރުގެ މައްޗަށް ދައުވާނުކޮށް އިންތިހާބާ ދިމާކޮށް މައްސަލައިގެ އަސްލު ގެއްލުވާލަން ބަދަލުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހޯދަންކަމަށް ބުނެ ރައްޔިތުންނަށް ފައިސާގެ ބޮޑު އަދަދެއް ބުއްދިއަށް ވައްދައިގެން އޮޅުވާލުކީ ސަރުކާރުން ރައްޔިތުންގެ ބޮލަށް ޖަހާ ޗިޕެއް ޕޮލިޓިކަލް ސްކޭމެއެ
ޖާބެ.
27 February 2023
ކަލޯ ރިއްފަތުގެ ސަލާމަތް ހޯދީދޯ އިބޫ މިހާރު ތައްމަތިބަދެގެން ގެޔައްދާން ރެޑީވޭ
ކޮލަމާފުށިެަލި
27 February 2023
ޕީޖީގެ ސުލޯކަން
ހަސަންދީ
28 February 2023
ޕީޖީތަ އޭޖީތަ؟
އޮޅާލަ
27 February 2023
2023 އޮޅާލަން ޖެހޭނީ ވޯޓުން ހޯދަންޏާ،ރައްޔިތުން ތި ކުރާކަން ކަން ވ ގާތުން ބަލަމުން ދަނީ،މުޅިން މަކަރާހީލަތުން 2023 ނަގަން ތިކުރަނީ ބޭކާރު މަސައްކަތެއް،5 ޕަސެންޓް ވެސް ލިބުމަކީ ނާދިރު ކަމެއް،