ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
26 ފެބުރުއަރީ 2023 - 15:04
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށް، ފައިސާ ދޫކުރުމުން ވެސް އެ ތަކެތި ނުލިބުނު މައްސަލާގައި އެކި ސަބަބުތަކާ ހެދި ދައުވާ ނުކުރެވި އޮތީ ލަސްވެފަ އެވެ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ޕީޖީ އޮފީހަށް ފޮނުވިޔަސް، އެ އޮފީހުން އޭރު ނިންމީ ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ.
އެކަމަކު ޕީޖީން ފާހަގަކުރި ކަންކަން އިސްލާހު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭސީސީން އަނެއްކާވެސް ވަނީ އެ މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ. މި ފަހަރު ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށެވެ. އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ލަސްވެފައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު ދައުވާ ކުރުމާ މެދު މި ހަފުތާގައި އެ އޮފީހުން ކޮންމެވެސް އެއް ގޮތެއް ނިންމާނެ ކަމަށެވެ.
"ލަސްވެފައި އޮތީ. މި ހަފުތާގައި އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން،" ޝަމީމް ވިިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ކުރިން ނެރުއްވި ރިޕޯޓުގައިވާ ގޮތުން ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ އެ ކުންފުނީގެ ގާބިލް ކަމަށް ބެލުމެއް ނެތި މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެ މައްސަލާގައި ހެލްތް މިނިސްޓްރީގެ ސިޔާސީ ބޭފުޅުންތަކެއް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
26 February 2023
ޖޭޕީ އަށް ބިރުދައްކަނީ ދޯ ވެންޓިލޭޓަރޭ ކިޔައިން. މިއޮއް ހާދުވަހު ހިނދިފަ އޮތް ކަމެއް އަނެއްކާ ގާސިމު ނިންމާ ނިންމުމަކުން އަނބުރާ އަންނަ ވާހަކަ ޕީޖީ ބުނީމަ ޕީޖީގެ ފެންވަރު އިނގިއްޖެ
ޖާބިރު
26 February 2023
މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މަޖިލީސް މެމްބަރުގެ ދަރި ބަންދުން ދޫކޮށްލުމަށް ރިޝްވަތު ނަންގަވާ ރައްޔިތުންގެ މިސްރާބު ވެންޓިލޭޓަރ ތަކާއި ދިމާއަށް އަނބުރާލެއްވުމަށް ކުޅުއްވާ ކުޅިވަރެއްތީ! ދައުރެއް ނިމިގެން ދިޔައިރު ވީ ކޮންކަމެއްތޯ؟
އާބަކުރު
26 February 2023
ވެންޓިލޭޓަރު އޮޅާލާ. ވެންޓިލޭޓަރުގެ ކަންކަން ހިންގާލައިފިއްޔާ ޖޭޕީގެ ރައީސް ކޯފާވާނެ. އޭނާ ކޯފާވެއްޖިއްޔާ ވަރަށް ގޯސްވާނެ.
އަފްރާސިޔާބު
26 February 2023
ކޮބައިތޯ ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރިމީހުންގެ މައްސަލަ. ކޮބައިތޯ ރައީސް އޮފީހުން ހެލްތުގެ މުވައްޒަފުންނަށް ފައިސާދޫކުރަން ކުރި ޕްރެޝަރުގެ މައްސަލަ. އެންގިގޮތަށް މަސައްކަތް ކުރިމީހުން މި ކުށްވެރިވަނީ.
ޓްރޫ
26 February 2023
އެންގިގޮތަށް ކަންކުރި މުވައްޒަފުން ކަނބަޅިބަކަރިތަކަކަށްހަދާފަ ކަތިލަނީ ތި، އަމީނުވެސް އޮޑެގައްލާގަ ސިޔާސީ މީޓިންބޭއްވުމުގަ… ލާރިގސނޑު ކައިނިންމާފި.
ކުޅަދާން
26 February 2023
ކަލެއަށް ތިކަމާ ގޮތެއް ނުނިންމުނެއްނު
ވެންތިލޭޓަރު
26 February 2023
ވެންތިލޭޓަރު މައްސަލަގައި ގޮތެއް ނިންމުމަކީ މައްސަލަ ހިންދާލުންތޯ . ގާނޫނުގައި އޮންނަ ގޮތަކަށް ދައުވާއުފުލާ. ވެންތިލޭޓަރު މައްސަލަ ފެށުނީ މާލީ ވަޒީރު ގާނޫނާހިލާފުވި ހިސާބުން ގާނޫނާ ހިލާފަށް ފައިސާ ދޫކުރި ހިސާބުން .ފުރަތަމަ ޖަމާކުރަން އުޅުނީ ފަރުދެއްގެ އެކައުންޓަށް އެކަން ނުވީ
އާބަކުރު
26 February 2023
އާދެ. ކުޑަކުޑާއިކޮށް ސުލޯކޮށް.
ވަރިހަމައިގޭތޯ
26 February 2023
ދައުވާ ކުރިޔަސް ނުކުރިޔަސް ޔަގީންވާކަމަކީ ވެންޓިލޭޓަރުތަށް ނުލިބޭކަން. އެެ ގަންނަން ފައިސާވެސް ދޫކޮށްފައިވާކަން. ދައުވާނުކޮށްފިއްޔާ ދެވޭމެސެޖް ވަރަށްވެސް ސާފު. ދައުވާކުރިޔަސް ބުނެލަން އޮތީ އަދި ތަންކޮޅެެއް އަވަހޭ ތިކަންކުރަން. ދެންއިވޭނެ އަޑަކީ "ވަރަށްގިނަ ދަތިތަށް" ހުރިވާހަކަ. މައްސަލައަކީ އެހާގިނަ ދަތިހުރިއިރުވެސް ވައްކަމާ ޚިޔާނާތް ކުރާމީހުން ޖެހޭނެ 'ދައްޗެއް' މިގައުމަށް ނުލިބޭތީ. ފަހަރުގައި ވެދާނެ އެފަދަ "ދައްޗެއް" އުފެދިފައިވެސް ނެތީކަމަށް.
އަފުން
26 February 2023
ނިއްމަނީ، ނިއްމާނެ މިނޫން އެއްޗެއް ނުކިޔާ. ނިއްމާތަނެއް ދައުލަތުގެ އެއްވެސް ދިމާލަކުން ނުފެނޭ.
ސަސ
26 February 2023
މަ ހީކުރީ އެކަމުގަ ބައިވެރިވި އެންމެންނަށް ހުކުމް ކޮށް ގެއްލުނު ފައިސާވެސް އަނބުރާ ހޯދައިފިކަމަށް. ކުޑަކޮށް ސުލޯކޮށްދޯ މި އުޅެނީ.
އެނީ
26 February 2023
ވަރަށް ބޮޑަށް އިންތިހާބު ކައިރިވެއްޖެ. އަދިވެސް އޮތީ އަންނަށް ، އަންނަނީ !