ހުކުރު މިސްކިތުގެ މަހާނަ ގާ ތަކަކަށް ގެއްލުން ލިބިފައި.-- ފޮޓޯ: ހެރިޓޭޖް ސެންޓަރު
28 ފެބުރުއަރީ 2023 - 21:15
މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތަކުން މަހާނަ ގާ ތަކަށް ގެއްލުން ލިބޭތީ، އެ ގަސްތައް ހުޅުމާލެ 2 އަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖުން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ގަބުރުސްތާނުގެ މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބޭ ކަމަށެވެ.
އެހެންވެ، އެޗްޑީސީއާ ގުޅިގެން އެ ގަސްތައް ހިޔާ ޓަވަރު ކައިރީގައި ހަދާ ޕާކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
މި ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ގެ ހިޔާ ޓަވަރ ޕާރކް އަށެވެ. (2/2) pic.twitter.com/SUPf5ev8Wf
— National Centre for Cultural Heritage (@HeritageMv) February 28, 2023
ތަރިކަ ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އުފައްދާފައިވާ ސެންޓަރުން ބުނީ ހިޔާ ޕާކަށް ބަދަލުކުރަނީ އެ ގަސްތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބޭ ތިން ގަސް ކަމަށެވެ. އެ ތިން ގަހުގެ މޫތައް ހުރީ ވަރަށް ބޮޑަށް ހެދިފަ އެވެ.
އެ ތިން ގަހުގެ ތެރެއިން ދެ ގަހަކީ ދަރުގަސް ނަމަކަށް ކިޔާ ގަހެކެވެ.
މަހާނަ ގާ ތަކަށް ގެއްލުން ލިބޭތީ މީގެ ކުރިން ދެ ގަހެއް ސެންޓްރަލް ޕާކަށް ބަދަލުކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
02 March 2023
ގަސްތައް ކާރީ ހުރި މަހާނަ ގާތައް ނަގާފަ، ދާރުލް އާސާރައް ނޫނީ އެހެން ތަނެއްގައި ބަހައްޓަބަލަ. ދިރިހުރި ފައިދާވާ ގަސް ތަކެއް ކަންޑާކައް ނުޖެހޭ
ވަހީދުޖީ
01 March 2023
މަހާނަތަކުގައި މިހާރު ތިބީ އެތާނގައި ވަޅުލި މީހުންކަން މިހާރު ޔަގީނެއްނުވާނެ. ވަރަށް ދުވަސް ވެއްޖެ ބިދޭސީންތަކެއް އެތަނުގައި ވެލިބަސްތާތައް ޖަހައިގެން ކޮންނަމުންދާތާ. ބަލާނެ މީހެއް އަޅާލާނެ މީހެއް ނެތް.
ޔާނުނު
01 March 2023
މި މަގުގަ ހުރި ފިނިކޮށްދޭ މަދު ގަސްތަކެއް ތި ކަނޑާލަނީ، މަހާނަގަލޭ ކިޔާފަ.
އީކޯ ފްރެންޑްލީ
01 March 2023
ތިޔަށްވުރެ މާރަނގަޅު ނޫންތޯ މަހާނަ ގާތައް ނެގުމަށް ފަހު ދާރުލް އާޥާރަށް ލުން. ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުން ގަސް ދިރުމުގެ ފުރުސަތުވެސް ކުޑަވާނެ. މިސަރުކާރުގެ އަމާޒަކީތޯ ހުކުރު މިސްކިތުގަ ހުރި ހުރިހާ ގަހެއް ކަނޑާލުން. ކޮބާތޯ އީޕީއޭ؟
ޒައިކް23
01 March 2023
ނަޝީދު ދަޢުވާ ނުކުރާނެބާ؟؟
ޒިބާން
28 February 2023
ގަސްތައް ނުނަގާ ހަމަޖެއްސޭނެ ގޮތެއް ނެތީތަ؟؟ހާދަ ދުވަސްވީ ގަސްތަކެކޭ ހިޔާލިބޭ..