އަމީނީ މަގުގައި ހެދި އާ ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މާޗް 2023 - 14:16
ވިލީ ޕޮލިސްގެ ހިދުމަތްތައް ރަނގަޅުކުރުމަށް އަމީނީމަގުގައި ފުލުހުންގެ އާ ސްޓޭޝަނެއް ހުޅުވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގަލޮޅާއި މައްޗަންގޮޅިއަށް ހާއްސަކޮށް، ސިނަމާލޭ ފްލެޓުގައި ވިލީ ޕޮލިސް ހިންގީ ސާފުތާހިރުކަމުގެ ގޮތުން ބަލާއިރު އުޅެން އެކަށީގެންވާ ތަނެއްގައި ނޫން ކަމަށެވެ. އެ ތަނުގެ ފެނުގެ މައްސަލަ ބޮޑު ކަމަށާއި އިމާރާތް ވެސް ވަރަށް ބޮޑަށް ބާ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އާ ޕޮލިސް ސްޓޭޝަން ހަދާފައިވަނީ އަމީނީ މަގުގައި ކުރިން އެންސްޕާ ހިންގި އިމާރާތުގަ އެވެ. އެ ތަނުގައި މަސައްކަތް ކުރަން ފެށިއަސް އަދި ރަސްމީކޮށް ނުއެއް ނުހުޅުވަ އެވެ.
ސީޕީ ވިދާޅުވީ އާ ޕޮލިސް ސްޓޭޝަނެއް އަޅާނެ ބިމެއް ނެތުމުން އާ ތަނެއް ހޯދުމުގެ މަސައްކަތް ކުރާތާ ތިން އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް، އެ ތަން ބޭނުންކުރަން ފެށިއަސް ކުރީގެ ތަން ދޫކޮށް ނުލާނެ އެވެ.
އަމީނީ މަގުގައި ހެދި ޕޮލިސް ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައްޔިތުން މައްސަލަ ހުށަހަޅަން، ޕަބްލިކް އެކްސެސް ވެވޭ ގޮތަށް ފުލް ފްލެޖް ޕޮލިސް ސްޓޭޝަނެއްގެ ގޮތުގައި އެ ތަން ފަންކްޝަން ކުރާނީ. އެކަމަކު، ސިނަމާލޭގައި ހުރި ތަނުގައި ވެސް ސެޓަޕެއް އޮންނާނެ." އޭނާ ވިދާޅުވި އެވެ.
ސިނަމާލެ އިމާރާތް ބޭނުންކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި އެކަމަކު ހިދުމަތްތަކަށް ޒިންމާވާނެ ބަޔަކު އެ ތަނުގައި ތިބޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
"އެ އިމާރާތުގައި އަވަށްޓެރި ފުލުހުންގެ ތަނެއްތޯ ނުވަތަ ކްރިޓިކަލް އިންފްރަސްޓްރަކްޗާ ސެކިއުރިޓީ ޑިޕާޓްމަންޓްތޯ ނޫނީ ސްޕެޝަލް ކޮންސްޓަބްލް ވެސް އެބަ ގެންގުޅޭ. ކޮންމެ ވެސް ބަޔަކު އެ ތަނުގައި ތިބެގެން ހިދުމަތް ދޭނެ." އޭނާ ވިދާޅުވި އެވެ.
ފުލުހުން އަންނަނީ ހެންވޭރުގައި ވެސް އާ ޕޮލިސް ސްޓޭޝަނެއް ހުޅުވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާން
04 March 2023
މި ކުޑަކުޑަ މާލޭގައި ކޮންމެ ދިހަފޫޓަކުން ފުލުހުންގެ ސްޓޭޝަނެއް. މީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއްތަ؟ މާލޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް އިތުރު ފަހިކަމެއް ނުލިބޭ. އަނިޔާވެރިކަމާއި ކުށުގެ ކޭސްތައް އިތުރުވަނީ ކަންބޮޑުވާ މިންވަރަށް. މިފަދަ ކަންކަމަށް ވިސްނާފަ ހައްލުގެންނަން މަސައްކަތްކުރާނީ ކާކުބާ؟
އ އަހްމަދު
03 March 2023
ތިބޭފުޅުންނައް އެތަންއެކަށީގެންނުވޭ ފެންވެސްކަމަކުނުދޭ ދެންއެފުލެޓްތަކުގައުޅެ ނިކަމެތިރައްޔިތުން އެތަނުގަ އުޅޭނެހާލުވިސްނޭތޯ
ޕާކިން
03 March 2023
މީރާ، ފިނޭންސް، އެމްޑަބްލިޔުއެސްސީ، ހުރިހާ އޮފީސްއިމާރާތަކާ، ސަހަރާ މިސްކިތާއި 2 ސުކޫލު ކައިރީގަ ހުންނައިރު ޕާކްކުރާނެ ޖާގައެއް އެހިސާބުންނުލިބިގެން އުޅެނިކޮށް އައިގޮތަށް މިހާރު އެތާގައޮތް ޕާކިން ޒޯން އެއްކޮށް ޕޮލިސްއަށް ނަގާފަ އާންމުން ޕާކު ކުރާނެޖާގަނެތިގެން އެތާގަ އެނބުރޭހާލު ފެނުނަސް ދެރަވޭ...
އައިސް
03 March 2023
ޕޮންޒީ ސްކޭމެއް ހިންގުމާ ކޮބާ އެއްވެސް ތަފާތެއް؟؟ އާއްމު މީހެއްގެ ގޭގައި ޕޮލިސް ސްޓޭޝަން ހިންގާ ހިސާބަށް ދިއަ ގައުމުގެ ރިކޯޑް ރާއްޖެއަށް ލިބިއްޖެ. ވަރަށް ތާކުންތާކުނުޖެހޭ ލަދުހުތުރު ކަމެއް!!
ބޭ ރު
02 March 2023
އަމިއްލަ މީހެއްގެ ތަނެއްގަ ފުލުހުންގެ އޮފީހެއް ހިންގުމަކީ އެއްގޮތަކަށްވެސް ރަގަޅު ކަމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
02 March 2023
މިއޮތީ މާވަރުގަދަ ކުޅިއެއް ފެށިފަ. ބޯހިޔާ ވަހިކަން ހޯދަން ކ.އަތޮޅު މާލޭމީހުން ވަންނާނެ ތަނެއްނެތްކަމަށް މާލޭސަރުކާރުން ވަކާލާތުކޮށް ދައުލަތް ދަރަނިކޮށްގެން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ލޯނު ނަގާފައި ބިން ހިއްކާ މާލޭ މީހާއަށް "ހިލޭ" ދީފައި އެމީހާއާއި އެމީހާގެ މައިންބަފައިންގެ ގެދޮރު ސަރުކާރަށް ކުއްޔަށް ނަގަމުން އެބަގެންދޭ. # މިއީ ސަރުކާރު ހިންގާންތިބި މީހުނާއި ކ.އަތޮޅު މާލޭގެ ބިންވެރިން ގުޅިލާމެހިގެން ހިންގަމުންގެންދާ ސްކޭމެއް ނޫންތޯ.
ޕުކޭ
03 March 2023
މާލެ މީހުން ވަރަށް ދުވަހު ކެތްކޮއްފި.. އެހެން ރަށްރަށު މީހުން ނަށް އެކަންޏެއް ނޫން ދަރިންދެއްވާ އާއިލާ ތައް ބޮޑު ވަނީ. އިތުރު ބިން ނުދީ ސަރުކާރުގެ ބޭނުން ތަކަށް. އަމިއްލަ މީހުންނަށް ބިން ދީ ހުސްކޮށް މިރަށުގެ އެތަށް ބައެއް ހާލުގައިޖެއްސި އެތައް ސަރުކާރެއްގެ ގޮއްސި. ދެން އިންޝާ ﷲ އެހެނެއް ނުވާނެ. ރައްރަށު ގައި ގޯތި ދެވެންޏާ މިރަށު މީހުން ނަށް ވެސްގޯތި ދޭނެ. އަދި ހޯދާނެ.
އޮނަރަބްލް އަފީފު ދީދީ
02 March 2023
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސް ކ.އަތޮޅު މާލޭމީހުންގެ ގެދޮރުގައި ހިންގުން ހުއްޓާލައިގެން މެނުވީ ތިރަށުމީހުނަށް ބޯހިޔާވަހިކަން ކަށަވަރުވާނީ ކިހިނެއް. # ކަންތައް ދާގޮތަށް ބަލައިފިނަމަ މީރުމާގައި މަޖިލީހުގެ އިދާރާ ޖެން ހޮޓަލުގައި ރައީސް އޮފީސް އަދި ކަނީރުވިލާއަށް ސްޕްރީމްކޯޓް ހިންގުން ބަދަލުކޮށް ބަންޑާރަ ކޮށިވެސް ތިރަށުމީހެއްގެ ގޯއްޗަށް ބަދަލު ނުކުރާނެ ކަމެއްނޭގޭ. ވަންނާނެ ތަނެއްނެތް އެކަމަކު ކުއްޔަށްދޭނެތަން އެބަހުރި. އަރަތެއް ނޫންތޯ.
ފަހުދު.
02 March 2023
އެކަމު ސިނަމާލެ ފްލެޓްގަ މީހުން ދިރިއުޅެން ހަމަ އޯކޭ؟
ހާސަރު
02 March 2023
މުޅި އަމީނީ މަގުގަ ފުލުހުންގެ އޮފީސް! މިއީ ދެން ތަންފުކެއް ބޮޑުވަރު ދޯ! ކޮންމެ ރެއަކު ސްޓޭޑިއަމް ގެ އަމީނީ މަގު ފުލުހުންގެ އިދާރާގެ ދޮރުމަތި ޕްރެކްޓިސްއަށްދާ ކުޑަކުދިންތައް ނިމޭގަޑިގައި މަގު ބެދި ކޮޅަކަށް ގުޑާނުލާއިރުވެސް ހަމަ އެންމެ ފުލުހަކުވެސް އަޅާވެސް ނުލާ!!!!! މިއީ ކޮންވައްތަރު ފުލުހުންނެއްތަ!!!؟؟؟
ތުއްފާށަނާ
02 March 2023
މިރާއްޖޭގަ ހިންގާ އެންމެ ބޭކާރު މުއައްސަސާ!