އެސިއުމް ނޮތިން: ޕްރިޔަންކާ ޗޯޕްރާގެ އާ ޕްރޮޖެކްޓެއް!
03 މާޗް 2023 - 06:53
މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ އެންމެ ފަހުގެ ސީރީޒް "ސިޓަޑޭލް"ގެ ޓީޒާ ނެރުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ، އާ ސީރީޒެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
މިދިޔަ ބުދަ ދުވަހު ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި އާޓިކަލްއެއްގައިވާ ގޮތުން، ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި "ޕާޕްލް ޕެބްލް ޕިކްޗާސް" އާއި އެމަޒޯން ސްޓޫޑިއޯސްއާ ދެމެދު މިހާރު އަންނަނީ "އެސިއުމް ނަތިން"ގެ ނަން ދީފައިވާ ސީރީޒެއް ހެދުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
After #Citadel, #PriyankaChopra reportedly sets her gaze on limited series #AssumeNothing. The actress will serve as executive producer and possibly feature in the show.🎬❤️ pic.twitter.com/86JyToTMEN
— Filmfare (@filmfare) March 2, 2023
އެ އާޓިކަލްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ ޓާނިޔާ ސެލްވަރަޓްނަމް އަމިއްލައަށް ތަޖުރިބާ ކުރި ޖިންސީ ގޯނާގެ ހާދިސާއަކަށް ލިޔެފައިވާ "އެސިއުމް ނަތިން؛ އަ ސްޓޯރީ އޮފް އިންޓިމެޓް ވައިލެންސް" ފޮތަށް ބިނާކޮށް ތައްޔާރު ކުރާ އެ ސީރީޒްގައި ޕްރިޔަންކާ އެކްޓުކުރުމުގެ ވާހަކަ އަންނަނީ ދައްކަމުންނެވެ. އަދި އެ ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރާނެ ކަމަށްވެ އެވެ.
ޓާނިޔާގެ އެ ވާހަކައިގައި ކިޔައިދެނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ، އެރިކް ސްނެއިޑަމޭން ނަމަކަށް ކިޔާ ނިއުޔޯކްގެ ގާނޫނީ ވަކީލަކާ ޓާނިޔާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު، އޭނާއަށް އެރިކްގެ ފަރާތުން ލިބުނު ޖިންސީ ގޯނާގެ ވާހަކަތަކެވެ.
ރިޗާޑް މޭޑަންއާއެކު ކުޅެފައިވާ ޕްރިޔަންކާގެ އާ ސްޕައި ސީރީޒް "ސިޓަޑޭލް"ގެ ޓީޒާ ފޮޓޯތަކެއް ދައްކާލައިފައިވާއިރު، އެ ސީރީޒްގެ ޓްރެއިލާ ނެރުން، ގްރީސްގައި ހިނގާދިޔަ ރެއިލް އެކްސިޑެންޓުގެ ހާދިސާއާ ގުޅިގެން މިހާރު ވަނީ ފަސްކޮށްފަ އެވެ. އެ ސީރީޒް ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy