ާމާލޭގެ ފިހާރައެއްގައި މިދިޔަ މަހުގެ ފަހުކޮޅު މީހަކަށް ހަމަލާދިނުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
07 މާޗް 2023 - 11:58
ސަލާމަތީ ބާރުތައް ގުޅިގެން ގޭންގުތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް، ގޭންގު ހަމަލާއެއްގައި މީހަކު މަރާލުމަކީ ފެއިލްވުމެއް ނޫން ކަމަށާއި އެގޮތަށް އެތައް ހަމަލާއެއް ހުއްޓާލާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ޖެނުއަރީ 9، 2022 އިން ފެށި މާލެ ސަރަހައްދުގައި އެންމެ ހަރަކާތްތެރި އަދި ގިނަ މީހުން އުޅޭ ގާތްގަނޑަކަަށް 10 ވަރަކަށް ގްރޫޕެއް މޮނީޓާކުރަމުންނެވެ. އެގޮތަށް، އެ މީހުން އުޅޭ ގޮތް ބަލައި އެ ހަރަކާތް ޑިސްޓްރެކްޓުކޮށް، ސްޕޮޓް ފާސްކުރެ އެވެ.
އެ އޮޕަރޭޝަން ގެންދަނިކޮށް އަދި ގޭންގު ހަމަލާތައް ކޮންޓްރޯލްވެފައި އޮތުމަށްފަހު އެ ފަދަ ހަމަލާއެއްގައި މިދިޔަ ހަފުތާގައި ވަނީ ޒުވާނަކު މަރުވެފަ އެވެ. އެންސީ ޕާކާއި ކުޑަ ހެންވޭރު ގްރޫޕާ ދެމެދު ޖެހުނު މައްސަލައެއްގައި މަރުވީ އެންސީ ޕާކަށް ނިސްބަތްވާ 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) އެވެ.
އެކަމާ ގުޅިގެން ސީޕީ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ ސެކިއުރިޓީ ކިތަންމެ ރަނގަޅަށް ބެލިއަސް އެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި ގޭންގު އެތައް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި އެހެންވެ، އެތަނުން އެއް ހަމަލާގައި މީހަކު މަރުވުމަކީ ހިތާމައަކަށް ވިޔަސް އެއީ ފެއިލިއާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސީޕީ ވިދާޅުވީ އެކަން އެކަނި ކޮށްގެން ގޭންގުތަކުގެ މީހުންގެ އުޅުން އެއްކޮށް ބަދަލުނުވާ ކަމަށެވެ. ފުލުހުންގެ އަމަލުތަކާ އެއްގޮތަށް ގޭންގުތަކުގެ މެތަޑޮލޮޖީ ވެސް އެއްކޮށް ބަދަލުކޮށް އެ މީހުން ބޭނުންވާ ކަންކަން ކުރާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެހެން ގްރޫޕެއްގެ މީހަކަށް ހަމަލާ ދިނުން ހިމެނެ އެވެ. އެ ހަމަލާތައް ދެނީ ފުލުހުން ހިންގާ އޮޕަރޭޝަނަށް ބަލައި ލިބޭ ވަގުތުތަކުގަ އެވެ.
"ސާޖިކަލް ކޮށް، ފުލުހުންގެ އެކްޓިވިޓީސްތަކުގައި އެ މީހުންގެ ހަރަކާތްތަކުގައި އަޅައި ނުގަންނަ ގޮތަށް. އެއަށް ޖެހޭނީ ފުލުހުން މި ހިންގާ އޮޕަރޭޝަންތަކުގައި ގެންގުޅޭ އެޕްރޯޗާ ކަންކަން ބަދަލުކުރަން. މާލެ ސަރަހައްދުގައި އަދި އެ ނޫން ސަރަހައްދުތަކުގައި އުޅޭ ގޭންގުތަކުގެ ވައިލެންޓު ބިހޭވިއާއާ އެ މީހުންނަށް ކަންކަމުގައި ލިބެން ހުންނަ ރިސޯސަށް މުޅި ޑިސްޓްރެކްޝަނެއް ގެނެވި ކަންތައްތައް ކުރެވޭނީ ފުދޭ ވަރަކަށް ދިގު މުއްދަތެއްގައި." ސީޕީ ވިދާޅުވި އެވެ.
މޫލާފައިވާ މި މައްސަލައަށް ދެ ތިން އަހަރުން ހައްލެއް ނުގެވޭނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް، އޭނާއަށް ޔަގީންކަމާއެކު ވިދާޅުވެވޭ އެއް ކަމަކީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގޭންގު ހަމަލާތައް ކޮންޓްރޯލްކުރެވިފައިވާ ކަމެވެ. އެ މަސައްކަތް އިތުރަށް ފުޅާކޮށްފިނަމަ ނަތީޖާ އެއަށްވުރެ ރަނގަޅުވާނެ ކަން ފާހަގަކުރެއްވި އެވެ.
އޭގެ ހެއްކަކީ އެ ފަދަ ހަމަލާތަކުގައި ފާއިތުވި އަހަރުތަކުގައި ތިން މީހުން މަރުވުމެވެ.
އެއީ؛
- ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021 ގައި މަރާލި އަހުމަދު އުދައްޔު
- އައްޑޫ ފޭދޫގައި މިދިޔަ އަހަރުގެ ޖޫން މަހު މަރާލި މުހައްމަދު ޒަޔާން މޫސާ
- މާލޭގެ ފިހާރައެއްގެ ތެރޭގައި މިދިޔަ މަހުގެ ފަހުކޮޅު ވަޅި ޖަހައި މަރާލި މުހައްމަދު
މީގެ ކުރީގައި ގޭންގު ހަމަލާތަކުގައި އަހަރެއްގެ ތެރޭގައި ދެތިން މީހުން މަރުވެފައި އެބަހުއްޓެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ސީޕީ ވިދާޅުވީ މި ފަހުން ސިލްސިލާ މާރާމާރީތައް ފެށުނީ ވެސް މިދިޔަ ޖެނުއަރީ 16 ގައި އެ ދެ ގްރޫޕު ދެމެދު ޖެހުނު ހަމަނުޖެހުމުގެ ތެރެއިން ކަމަށެވެ. އެގޮތަށް، ދެ ގްރޫޕުން ވެސް ކޮންމެ ގްރޫޕަކަށް ތިން ފަހަރު ހަމަލާދިނެވެ. މީހާ މަރުވީ އެންމެ ފަހުން ދިން ހަމަލައިގަ އެވެ.
އެ މާރާމާރީ ފެށުމާ އެކު، އެކަން ކުރި ގްރޫޕުތަަށް ޓާގެޓުކޮށް ކޯޓު އަމުރެއްގެ ދަށުން ތަންތަނާއި މީހުން ބަލާ ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން، ސޭފް ހައުސްގެ ގޮތުގައި ބޭނުންކުރާ ހަތަރު ތަނަކުން ވަނީ ހަތިޔާރު ހޯދައިފަ އެވެ.
"ފުރިހަމަ ގާނޫނީ ފްރޭމް ވޯކެއް އޮވެފައި، މި މީހުން ބެލެހެއްޓޭނެ ނިޒާމެއް އޮވެފައި، ހުރިހާ ގޮތަކުން މި މީހުންނާ ޑީލް ކުރެވޭނެ ގޮތްތަކާ މި ކަންކަމުގެ ތެރެއިން އޭގެ ނަތީޖާ މިއަށް ވުރެ ރަނގަޅުވާނެ."
ސީޕީ ވިދާޅުވީ ހައްޔަރުކުރަނީ ކުށުގެ ކުޑަބޮޑުމިނަށް ބަލާފައި ކަމަށެވެ. ކޮންމެ މައްސަލައެއްގައި ހައްޔަރުކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަކަށް ވިޔަސް، ބައެއް ފަހަރު ނުރައްކާތެރި އަމަލުތައް ހުންނަ މީހުން ބަންދުކުރުމަށްފަހު ކުޑަ ދުވަސްކޮޅެއް ފަހުން ދޫކޮށްލުމަކީ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުން ދޫކޮށްލުމުން އަނެއްކާ ވެސް ޖެހެނީ، ސީޕީ ވިދާޅުވި ގޮތުގައި، އެ މީހުންނާ ކުރިމަތިލައި ނުރައްކާތެރިކަން ކުޑަކުރާށެވެ.
ގޭންގުތައް ވަރުގަދަ ހިސާބުތަކުގައި އިރުއޮއްސޭ ފަހުން ސިފައިންނާއި ފުލުހުން ތިބޭ އިރު ވެސް، ބައެއް ސަރަހައްދުތަކުގައި އެ ގޭންގުތަކުން ދަނީ "ރަސްކަން" ކުރަމުންނެވެ. އެގޮތަށް އެއް ތަނަކީ ހެންވޭރެވެ. ސީޕީ ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޑަހެންވޭރު ގްރޫޕުން ކުޑަކުޑަ "ޕާކެއް" ހަދައިގެން އުޅޭއިރު، އެ ތަނުގައި މުނިސިޕަލް ގަވައިދެއް ނުހިނގަ އެވެ.
މީހުން ފިލައިގެން އަދި ފޮރުވިގެން ތިބެ ކަންކަން ކުރަން ފުރުސަތު އޮންނާތީ އެ ގަސްތައް ކޮށަން ސިޓީ ކައުންސިލުން ދިއުމުން އެކަން ކުރުވިޔަ ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ކުޑަހެންވޭރުން ދޫނި ކޮއްޓާއި ކުކުޅާއި ހާ ގެންގުޅެ އެވެ. އަދި ވަކި ގަޑިތަކެއްގައި އެ ތަނަށް އާއްމުންނަށް ނުވަދެވޭ ގޮތް ހަދާފައި ހުންނައިރު، އެ ތަނުގައި ހުރި ހަޓެއްގެ ތެރެއިން މިދިޔަ ބުދަ ދުވަހު ވެސް ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
200000
14 March 2023
ސީޕީ ހަމީދޫ . އަކަ ކިލޯ މީޓާރެއް ނުބެލހެއްޓޭ ބައެކޭ. އެންމެ ކުޑަމިނުން މާލެ މަގުމަތި ޓްރެފިކް ވެސް ކޮނޓްރޯލް ފުލުހުންނަށް ނުކުރެވޭ
ިއިބްރާހިމްބެ
13 March 2023
ސީޕީ ހަމަތަ. ޙަމަ ރަނގަޅަށްވެސް ފެއިލްވެފައި ތިތިބީ. މިއޮއް ކުޑަކުޑަ މާލެ ނުބެހެހެއްޓިގެން ތިއުޅެނީ. ދެން ތިޔަބުނާ މުނިސިޕަލް ގާނޫނެއް ހިންގަންވީ ރައްޔިތުން ނިކުމެތަ؟؟ އިސްތިއުފާ ދީފައި ގެއަށް ދިޔައްޔާ ދެން ރަނގަޅުވާނީ
ދުރޫސުލް އަހުލާގު
08 March 2023
ތިޔަބުނާ ގޭންގުތަކަކުން ކަތިވަޅި ހިފައިގެން މީހުންޅަދަރީން ފަހާދުވެ ރޯމާދުވާލު މަގުަތައްމަތީ ކަތިވަޅިންތަޅާ ވަޅިހަރަމުން މަރަމުން ގަތުލު ޢާންމު ހިންގާ ފުރާނައިގެ ހުރުމަތްކަނޑަމުން ދާއިރު އެކަން ހުއްޓުވުމުގައި ސަރުކާރު ފެއިލްވުމަކީ ސަރުކާރު ފެއިލް ވުމެއްނޫންކަމަށް ބުނާއިރު ، ދެން ކޮބާތޯ ފޭލިވުމަކީ ؟ ގާނޫނޫއަސާސީގައި ބަޔާންކުރާ ސަރުކާރެއްގެ މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން. މިސަރުކާރު ނޫންގޮތެއް.
ފަހަރިބޭ
08 March 2023
سبحان الله!!! ފުރާނައަށް ހުރުމަތެއް ނެތް ކަމަށް ދެކޭ ތި ކަހަލަ ބޭުފުޅުން ބިޔަ ބޮޑެތި މުސާރައާ އުންޔަތްތަކާ ބޮޑެތި ޕެންޝަންގެ ދަހިވެތު ކަމުގައު ތިފަދަ މަގާމެއްގައި އެންމެ ސިކުންތެއްގަވެސް ހުރުމަކީ ޖަރީމާއެއް! ފުރާނައެއް ގެއްލޭ ކޮންމެ ފަހަރަކީ ސީޕީގެ ނާގާބިލުކަމާ ފެއިލްވުމުގެ އެންމެ މަތީދަރަޖަ!!!
ހަސަނު
08 March 2023
ގާނޫނު އަސާސީ ބަދަލު ކުރާން އެބަ ޖެހޭ.. ކުށްވެރިންނަށް، ހާއްސަކޮށް ގޭންގު ތަކާ ޓެރެރިސްޓުން ކަމަށް ޝައްކު ކުރެވޭ މީހުންގެ ހައްގު ތައް އިންތިހާއަށް ގިނަ ކޮށް އޮންނަ އޮތުން ރަނގަޅު ކުރާން ޖެހޭ.. ގޭންގު މީހުނާ ޓެރެރިސްޓުން މިނިވަންކޮށް މުޖުތަމައުގާ އުޅެވިގެން ނުވާނެ..
1206
08 March 2023
އެކަމެއް ނޭނގެ. އެ މީހުންގެ ގޭންގުތަކުގެ ވިޔަފާރިއާއި ނުފޫޒު ފަތުއަޑު ކިޔާފައި ބާރަށް ހިނގާ. ކަނޑުގެ ބޯޑަރު ބެލެހެއްޓުމުގެ ނަމުގެ އަވަށްޓެރި ގައުމެއްގެ ބާރާއި ނުފޫޒު މި ގައުމުގެ މައްޗަށް ހިންގުމަށް ފުރުސަތު ދީގެން ތިބެމެ، ގައުމަށް އެތެރެވާ މަސްތުވާތަކެތި މަދެއް ވަނީކީ ނޫން. ބިއްޖެހޭ ގުރޫޕުތައް ވަނީ ގިނަ. އިންޓަރނެޓާއި އެނޫންވެސް ގޮތްގޮތުން ހިންގާ ފޭރުމުގެ އަމަލުތައް ވަނީ ގިނަ.
ުސުސޖސ
07 March 2023
މަޖިލިސް މެޖޯރިޓީ ދީފިން.. ގާނޫނު ނެތޭ ކިޔާ ފޮނުއަރުވާނެ ކަމެއް ނެތް. ތިތިބީ ފެއިލްވެފަ
އެންސީމޭން
07 March 2023
ކުޑަހެންވޭރު ގޭންގުން ބޮޑު ސަރަހައްދެއްގައި ކުކުޅުކޮށްޓާއި ބަކަރިކޮށި ހަދައިގެން އުޅުމަކީ ސަރުކާރުގެ ފެއިލިއަރއެއް، އެމްސީ ހަމީދުވެސް މޮޅު ވާހަކަ ދެއްކިޔަސް އެ ގޭންގުގެ މީހުން ތިބީ ސީދާ ސަރުކާރުގެ ހިމާޔަތުގައި.
ހޯލާ
08 March 2023
ގޭންގެއް ކަމެއް ނޭގެ. ރައީސުލް ޖުމުހުރިއްޔާ އައިސް ޕްރައިމަރީ އައް ކެމްޕެއިން ކޮއް އެކުދިން ނާ އެކީ ސަލްމާން މިސްކިއް ކުރިމަތީ އެންމެން ލައިގެން ބޮޑު ފޮޓޮ އެއް ނެގި އިރު. އިންތިހާބެއް އަންނަ އިރައް ޒުވާނުން. އެހެން ނުނީ ގޭންގުން. ތިބުނާ ގޮތުން ވިއްޔާ މި ނުނީ ނޫޅޭން ރައީސުލް ޖުމުހުރީޔާ ވެސް އައިސް ގޭންގް ސްޓަރުން ނާ ބައްދަލުކޮއް ފޮޓޯނާގާ އެމީހުން ނައް ވައުދުވެ ހަދާ ގައުމެއް.
އަފްރާސިޔާބު
07 March 2023
ހަމީދޫ. މަރު އެކަންޏެއް ނޫނޭ ފުލުހުންގެ ފެއިލް ލިސްޓްގައި އޮތީ. ބިރަކާނުލައި މިގައުމުގެ އެތެރޭގައި ދައުރުކުރާ ބިލިއަނެއްހާ ރުފިޔާގެ ޑްރަގާއި އެއަޕޯޓުން އެތެރެވާއިރަށް ގެއްލޭ މީހުންނާއި، މާލޭގެ އެތައްމިތާގައި ހިންގާ ޑްރަގް އައްޑާތައް ނޭގުން ވެސް އެއީ އެލިސްޓުގައި ގިނަ ރައްޔިތުން ހިމަނާ ކަންކަމޭ. ދެން ފުލުހުންގެ ތެރޭގައި ޑްރަގުގެ ވަގުވިޔަފާރި ހިންގާ މީހުން ދަނެނުގަނެވުމަކީވެސް ފެއިލިއަރ އެއްނޫންތޯ؟ ތަންކޮޅެއް ވިސްނުންތެރިކަމާއެކު ކަންކަން ރާވަބަލަ!
އިލާ
07 March 2023
ކޮން މޮޅު ވާހަކައެއްތޯ! ފުރަތަމަ ކަމަކަށް މައްސަލަ ހުރިކަން ގަބޫލު ނުކުރުމަކީވެސް ބޮޑުތަނުން ފެއިލްވުން..