ވިޔަފާރި

ޓްރީ ޓޮޕުން ހެލްތު ސްކްރީނިން ޕެކޭޖުތަކަށް ޑިސްކައުންޓް

ޓްރީ ޓޮޕްއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ހޮސްޕިޓަލުގެ ސްޓާފުން ފަހެއް އަޅައިގެން. -- ފޮޓޯ: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުން ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ ނިޔަލަށް ހެލްތު ސްކްރީނިން ފަސް ޕެކޭޖަކުން 15 ޕަސެންޓުގެ ޑިސްކައުންޓު ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވެލް މޭލް ޕެކޭޖާއި ވެލް ވިމެން ޕެކޭޖާއި ހެހާޓް ސްކްރީނިން ޕެކޭޖާއި ޑައެބެޓިކްސް ސްކްރީނިން ޕެކޭޖާއި ތެލެސީމިއާ ސްކްރީނިން ޕެކޭޖެވެ.

ޑިސްކައުންޓު ލިބޭ ޕެކޭޖުތަކުގެ ތަފްސީލް

- ވެލް މޭލް ޕެކޭޖް

ވެލް މޭލް ޕެކޭޖަކީ ފިރިހެނުންގެ ތެރޭގައި އެންމެ އާންމު ބަލިތައް ދެނެގަތުމަށް ހަދާ ޓެސްޓުތައް ހިމެނޭ ޕެކޭޖެކެވެ. މި ޕެކޭޖްގައި ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި ވިހި ލެބޯޓްރީ އިންވެސްޓިގޭޝަނެއް ހިމެނެ އެވެ.

- ވެލް ވިމެން ޕެކޭޖު

ވެލް ވިމެން ޕެކޭޖަކީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ ޕެކޭޖެކެވެ. އެ ޕެކޭޖުގައި އެ މީހަކު ފެތޭ އުމުރުފުރާއަކަށް ހާއްސަ ވަކި ޓެކްޓުތަކެއް ހިމެނޭނެ އެވެ. ޕެކޭޖު ބަހާލާފައި ވަނީ 18 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނަށް ހާއްސަ ބަޔަކާއި 34 އަހަރުން މަތީގެ މީހުންނަށް ހާއްސަ ބައެއް ހިމަނައިގެންނެވެ.

މި ޕެކޭޖުގައި އަންހެނުންނަށް ދިމާވާ ބަލިތައް ދެނެގަތުމަށް ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި ވިހި ލެބޯޓްރީ އިންވެސްޓިގޭޝަނެއް ހިމެނެ އެވެ.

- ހާޓް ސްކްރީނިން ޕެކޭޖް

ހާޓް ސްކްރީނިން ޕެކޭޖުގައި ހިމެނެނީ 30 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުން ހިތުގެ ބަލިތައް ޓެސްޓުކުުރާ ލްތީ ހާޓް ޕެކޭޖާއި 60 އަހަރުން މަތީގެ މީހުންގެ ހިތުގެ ޓެސްޓުތައް ސްކްރީން ކުރާ ސްޓްރޯންގް ހާޓް ޕެކޭޖެވެ. މި ޕެކޭޖުގައި ލޭގެ ޕްރެޝަރު ބެލުމާއި، ބޮޑީ މާސް އިންޑެކްސް ބެލުމާއި ގްލައިކޭޓެޑް ހެމަގްލޮބިން ފަދަ ޓެސްޓުތަކާއި ހިތުގެ ހިނގުން ޓެސްޓުކޮށް، ހިތުގައި މައްސަލައެއް ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓުތައް ހިމެނެ އެވެ.

- ޑައެބެޓިކްސް ސްކްރީނިން ޕެކޭޖް

މި ޕެކޭޖަކީ ހަކުރު ބައްޔަށް ޓެސްޓުކޮށް ހަކުރު ބަލި ޖެހިފައިވާނަމަ ބަލީގެ ވައްތަރު ދެނެގަތުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުން ބަލީގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ހަދާ ގިނަ ޓެސްޓުތަކެއް ހިމެނެ އެވެ.

- ތެލެސީމިއާ ސްކްރީނިން ޕެކޭޖް

މި ޕެކޭޖަކީ ތެލެސީމިއާ ޓެސްޓްތައް އަލަށް ހަދަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. އާއިލާއެއް ފެށުމަށް ތައްޔާރުވާ މީހުން ތެލެސީމިއާ ޓެސްޓުކުރުމަކީ މުހިންމު ކަމަށް ވާއިރު، މި ޕެކޭޖުގެ ދަށުން ތެލެސީމިއާގެ އެކި ވައްތަރުތަކާއި ގުޅުން ހުރި މައުލޫމާތު ވެސް ލިބޭނެ އެވެ.

ޓްރީ ޓޮޕްގެ ހެލްތު ސްކްރީނިން ޕެކޭޖުތަަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ދެނެގަންނަން ޖެހޭ ކަންތައްތައް ހޯދުމަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ތެލެސީމިއާ ފަދަ ބަލިތަކަށް ހާއްސަ ޕެކޭޖުތަކެއް ހަދާފައި ވަނީ ރާއްޖޭގައި އެ ފަދަ ބަލިތައް އާއްމުވެފައި ވާތީ އެކަމުން ރައްކާތެރިކަން ހޯދުމަށް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

07 March 2023

ކިރިޔާވެސް އަތްފޯރާފަށުން ޓްރީޓޮޕް އިން ބޭސްފަރުވާ ކުރެވެނީ ދައުލަތުން ޑަބަލްކޮށް (އާސަންދައިގެ އިތުރުން) އިންޝުއާރ ކޮށްފަ ތިބޭ ދިވެހިންނަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454