ރޭ މާލެއަށް ވެހުނު ވާރޭގައި އަމީނީމަގުގައި ފެންބޮޑުވެފައި. -- ފޮޓޯ: އާފާގް މުހައްމަދު | ޓުވިޓާ
07 މާޗް 2023 - 13:38
އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ރޭ ފެންބޮޑުވީ މަސައްކަތް އެއްކޮށް ނުނިމި އޮތުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.
މާލެއަށް ރޭ ވެހުނު ވާރޭގައި، އަމީނީ މަގުގައި ތާރު އަޅައިފައި އޮތް ހިސާބުގައި ފެންބޮޑުވުމުން އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ރޭ އެގޮތަށް ދިމާވިޔަސް އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން، މެދުނުކެނޑި ބޯކޮށް ވާރޭވެހޭ ދުވަހެއްގައި އެ މަގުގައި ފެންބޮޑުވިޔަސް، ވާރޭ ހުއްޓާލާއިރަށް ފެންގަނޑު ވަރަށް އަވަހަށް ހިނދޭނެ ކަމަށެވެ.
ކިތަންމެ ބޮޑު އަގެއްގަ ދިނަސް ކަމުގެ ޢިލްމެއް ހިލްމެއް ނެތް ބަޔަކު ކަމަކާއި ހަވާލުވީމާ އަންނާނީ މިކަހަލަ ނަތީޖާ. @VMookey މިދައްކާލީ އޭގެ ހެކި. pic.twitter.com/05F6vOGkio
— Aafaaq Mohamed (@AafaaqMohamed) March 6, 2023
"ފެން ހިންދާ ނިޒާމު އެއްކޮށް ފުރިހަމަވެގެން އަންނާނީ އަމީނީ މަގު ނިމޭއިރު. އަދި މުޅި މަގުގެ މަސައްކަތް ނިމޭއިރު ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރެވި އާ ޕަންޕުތައް ވެސް ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.
އަމީނީމަގު ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ ތާރުއަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދަ އެވެ.
އަމީނީ މަގަކީ ވާރޭ ވެހޭ ދުވަސްތަކުގައި މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ އެއް މަގެވެ. ފެންބޮޑުވެ ހިނގާވެބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ވެސް އުނދަގޫވެ އެވެ.
ތާރު އަޅައިގެން އަމީނީ މަގުގައި ހެދި ފުރަތަމަ ބައި އާންމުންނަށް ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު ރެ އެވެ. އެ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯ އިމާރާތާ ހަމައަށް މިހާރު ވަނީ ތާރު އަޅައިފަ އެވެ.
ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާތީ ވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑެވެ. އެ ފާޑުކިޔުން ބޮޑުވެފައި އޮއްވާ އެ މަގުގައި އެންމެފަހުން ތާރު އެޅީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، މުޅި އެ މަގުގެ މަސައްކަތް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާނީީ
08 March 2023
މުޅި މަގު ހަދާ ނުނިމޭތީތަ ތާރުއަޅާ، ލައިން ކުރަހާފަ ހުރި ހިސާބު އަޑިގުޑަންކޮށް އޮތީވެސް؟ މަގުގެ މެދުގަ ހުއްޓިލާ، ފޮޓޯއެއް ނަގާފަ ސޯޝަލް މީޑިއާއަށް ދޫކޮށްލިފަހުން ފެނުނީ ފެން ހެދިފަ ހުރި ވަޅުގަނޑުތައް..
ބްލަޑް
08 March 2023
ކޮބާ ސްކޫލް ކުދިން ކޮޅެއް ލައްވާ ކުޅުނު ވީޑިއޯ ކޮޅު؟ ބޫޓު ނުތެންމާ ދެވޭނެއޭ ބުނި! ޗަވީ ކިހިނެއް؟
މަގޭ ހިޔާލު
08 March 2023
އަމީނީ މަަގުގެ މަސައްކަތް ނިމުމުން ތިކަން ރަނގަޅުވަންޔާ ހިޖުރައިން 1944 (މީގެ 500 އަހަރު) ރަނގަޅު ވާނީ. އެއީ އެމަސައްކަތް ހިނގާ ސްޕީޑުން ބަލާއިރު ބާރަށް ކުރިއަށް ދެވޭ ރޭޓް.
ނާރެސް
08 March 2023
އަވސްއަރުވާލާއިގެންކުރާކޮމެއްމަސަ ކަތެއްވާނީތިހެން ތިމަގުތާރުއަޅާފަބުނީއޮނާނީތާރުއަޅާފަޔޯ
ޗުކި
07 March 2023
ތިޔަށްފުރެ މާ ރަނގަޅުވާނެ ތާރުއެޅިމަގުގަ ފެންބޮޑޫވީ ވާރޭ ވެހިގެންކަމަށްބުނިނަމަ
އެނދިމަރިޔަނބު
07 March 2023
މާލޭގަ މަގުހަދާ، ތޮށިލާ، ކާނު އަތުރާ ދުވަހަުވެސް ނުނިމޭތަ؟ މަރާމާތެއް ނޫން. މުޅިން އަލަށް ނުވަތަ މުޅިން އާކުރާވާހަކަ މިބުނީ.
އަފްރާސިޔާބު
07 March 2023
މަށަށް ހީވަނީ ފެންބޮޑުވުން ހުއްޓުވޭނީ މުޅި މާލޭގައި ތާރުއެޅި ދުވަހަކުންހެން. ސަބަބަކީ މުޅި މާލޭގައިހުރި ހުރިހާ ފެންހިންދާ ނިޒާމު ވަނީ ތިޔަ ތާރު އަޅާ ނިންމި ހިސާބުގެ ޖަންކްޝަންތަކާ ގުޅުވައިފާ ވިއްޔާ!
ކުޅި
07 March 2023
މާލޭގެ ފެން ބޮޑުވާ މައްސަލައަށް އޮތް ހައްލަކީ، ގަލޮޅު ދަނޑު އޮތް ތަނުގައި ބޮޑު ކުޅި އެއް ހަދައި، އެތަނަށް މުޅި މާލޭގެ ފެން ޖަމާވާގޮތަށް ހެދުން
އަފްރާސިޔާބު
07 March 2023
ތިޔަ ބުނި ގޮތަށްވުރެ ފަސޭހަ ގޮތެއް އެބައޮތް. އެގޮތަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޗޭނެއް ޖަހާފައި ވިލިނގިއްޔާ ވީކޮޅަށް މާލެ އަރިކޮށްލުން.
މަނިކުބޭގެކަޅުޗީ
07 March 2023
އަހަރުމެންނަށް ވަރަށްރަގަޅަށް ފެންބޮޑުވިސަބަބު އިގޭ. އެއީ ވިއްސާރަވެ ބޯކޮށް ވާރޭވެހުނީމަ. ދެން ފެން ދައުރުނުވެ ނިހިންދި ހިފެހެއްޓުނީ ޑިޒައިނަރުންގެ މޮޅުކަމަކުންތޯ އާނގަ ތަކުގައި އުނގުރި ލުއްސާނުލައި ހުރީމަތޯ ބުނާކަށް ނުކެރޭނެ. ދެން އެއްކޮށް ނިންމުމުގެ ވާހަދައްކާއިރު މާލޭގެ މަގެއް އެއްކޮށް ނިމި ހަމަނޭވާގެ ބަޔަކު އެބަތިބިބާ.
ޒައިކް23
08 March 2023
ބަލަ ހިޔާ ފުލެޓުތައް ވެސް ހަދަމުން އެތަނަށް ވާރޭވެސް ވެހުނު.. ސްޓޯމް ވޯޓަރގެ ހޮޮޅި ލައިންތައް ކަނެކްޓްވާނީ މަސައްކަތް ނިމުނީމަ.. އޭރުން ދެން އެނގިދާނެތާ..
ދަގަތްފާނު
07 March 2023
ހައްލަކީ ފުލޯޓިން ސިޓީ. މިކަންކުރެވެންއޮތީ ކ.މާލޭގެދަށަށް ތާނގީތަކެއްލާފަ ވައިޖަހާ ފުއްޕައިގެން.