ފ. ފިއަލީ "ބަންދަރީ" ދޯނިގެ މަސްވެރިންނާއެކު އެންސިސްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން: އެއް ދަތުރުން އެންސިސް އަށް އެންމެ ގިނަ ކަންނެލި ކިރުވި ރެކޯޑް ހެދީ އެ ދޯނިން
08 މާޗް 2023 - 16:31
އެންސިސް އަށް، އެއް ދޯންޏަކުން އެއް ދުވަހު އެންމެ ގިނައިން ކަންނެލި ކިރުވުމުގެ ރެކޯޑް، ފ. ފިއަލީ "ބަންދަރީ" ދޯނިން މުގުރާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ ދޯނިން ވަނީ 14 ޓަނަށް ވުރެ ގިނައިން ބޮޑު ކަންނެލި އެންސިސް ގުރޫޕަށް ކިރުވައިފަ އެވެ. އެއީ ގާތްގަނޑަކަށް 800،000 ރުފިޔާގެ ކަންނެއްޔެވެ. ފިއަލީ ދޯނިން މި ކިރުވީ ކުރިން އެ ރެކޯޑް އޮތް ހއ. އިހަވަންދޫ މާހޯރަ-3 ދޯންޏަށް ވުރެ އިތުރަށް ތިން ޓަނު ބަރުކޮށެވެ.
އެންސިސްގެ ވެރިން ފިއަލީ "ބަންދަރީ" ދޯނިގެ ވެރިންނާ ބައްދަލުކޮށް މަރުހަބާ ވިދާޅުވަނީ
މިދިޔަ އަހަރުގެ ފަހުކޮޅު މާހޯރަ-3 އިން ވަނީ އެންސިސް އަށް 11.8 ޓަނުގެ ބޮޑު ކަންނެލި ކިރުވައިފަ އެވެ.
އޭގެ ކުރިން އއ. ރަސްދޫ "ޒޫމް ފިޝާ" ދޯނިން ވަނީ އެއް ދަތުރުން 11 ޓަނު 501 ކިލޯ ކަންނެލި އެންސިސް އަށް ކިރުވައިފަ އެވެ.
ފ. ފީއައްޔަކީ، މަސްވެރިކަމުގައި މިހާރު ވަރަަށް ގިނައިން ޒުވާނުން ވެސް ހަރަކާތެރިވަމުން އަންނަ ރަށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގޮޅިކަތީބު
09 March 2023
މި ފުރުޞަތުގައި ފީއަލީ ބަންދަރީ ދޯނީގެ އެންމެހާ ފަރާތްތަކަށް މަރްޙަބާ އާއި ޝުކުރު ދަންނަވަން، އަދި ޖުމުލަކޮށް ފީއަލީ މަސްވެރިންނަށާއި ފީއަލީގެ މުޅި ރައްޔިތުންނަށް މަރްޙަބާ ދަންނަވަމެވެ.