ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް
12 މާޗް 2023 - 12:03
މި އަހަރު ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގައި ސާނަވީ ތައުލީމު ރަސްމީކޮށް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
މިހާރު ގުރޭޑް 8 އާ ހަމައަށް ކިޔަވައި ދެމުން އަންނަ އެ ސްކޫލްގައި އަންނަ ދިރާސީ އަހަރު ގުރޭޑު 9ގެ ހުޅުވާލަން ވަނީ ހަމަޖެހިފަ އެވެ. އަދި ސާނަވީ ތައުލީމު ފެށުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް މި މަހުގެ 15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ސެޝަން އޮންނަނީ 15 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލްގަ އެވެ. މިއީ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.
ސްކޫލް ހިންގާ ކުންފުނީގެ ޑިރެކްޓާ އޮފް ޕެޑަގޮޖީ އެންޑް ލާނިން، ވިލީ ކުރްކިލާ ވިދާޅުވި ގޮތުގައި، ފިންލަންޑް ސްކޫލްގައި ސާނަވީ ތައުލީމު އުގަންނައި ދޭނީ މިހާތަނަށް ރާއްޖޭގައި ސާނަވީ ތައުލީމު ދޭ ގޮތާ ހިލާފަށެވެ. އަދި މިއީ ރާއްޖޭގައި ސާނަވީ ތައުލީމު ދޭގޮތަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބައްދަލުވުމާއި ގުޅޭ ގޮތުން އެ ސްކޫލުން ކުރި ފޭސްބުކް ޕޯސްޓެއް.
"ފިންލެންޑްގައި ހުރިހާ ކުދިންނަށް އަސާސީ ތައުލީމު ފޯރުކޮށްދީ އަދި އެކުދިން އެ މަރުހަލާއިން ފާސްވުމަކީ ގާނޫނީގޮތުން ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް. އެކަމަކު ދިވެހިރާއްޖޭގައި ގްރޭޑް 10 އާ ހަމައިން ބައެއް ކުދިން ފާސް ނުވިއަސް އަސާސީ ތައުލީމުގެ މަރުހަލާ ނިމުމަކަށް އެބަ އާދެ. މިހެން މިކަން އޮންނަހާ ހިނދަކު, ކުދިންނަށް ލިބެންޖެހޭ އަސާސީ ތައުލީމުގެ ހައްގު އަޅުގަނޑުމެންނަށް ހިމާޔަތް ކޮށްދެވޭތޯ އެބަ ވިސްނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
އައިލެންޑާސް އެޑިޔުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ 10 އަހަރު ކިޔެވުމަށް ފަހު ދަރިވަރަކު ތައުލީމުން ފާސްނުވުމުން ކުއްޖާގެ މައްސަލައެއްތޯ ނުވަތަ ނިޒާމުގެ މައްސަލައެއްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
ފިނަލްނަޑް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް ޕްލޭ ގްރައުންޑުގަ. -- ފޮޓޯ: ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް
"ކުއްޖެއްގެ ހަޔާތުގައި 16 އަހަރަކީ ކިޔެވުމުން ފެއިލްވެއްޖެއޭ ބުނަން މާ ޅަ އުމުރެއް. ފިންލަންޑް ސްކޫލްގައި އަޅުގަނޑުމެންގެ އަމާޒަކީ، ގްރޭޑް 10 ނިންމާއިރު، ކިޔެވުމާ މެދު އެއްވެސް ދަރިވަރެއްގެ ހިތްމަރާނުލައި, އެ ދަރިވަރެއްގެ ފެންވަރުން އަގުވަޒަންކުރެވޭ ދަރިވަރަކަށް ހެދުން. އަދި ކުއްޖާގެ ހަޔާތުގައި ދެން އަންނަ މަރުހަލާއަށް، އެއީ އިތުރަށް ކިޔެވުމަށް ނުވަތަ މަސައްކަތުގެ މާހައުލަށް ނިކުތުން ކަމަށް ވިޔަސް އެކަމަށް އަޅުގަނޑުމެން ދަރިވަރުން ތައްޔާރު ކުރުން،" އަދްލީ ވިދާޅުވި އެވެ.
ފިންލަންޑް ސްކޫލްގެ އޮނިގަނޑު ބައްޓަން ކޮށްފައި ވަނީ ގްރޭޑް 9 އާ ހަމައަށް ކޮންމެ ދަރިވަރެއް ވެސް ފިންލަންޑްގެ ނެޝަނަލް ކޯ ކަރިކިއުލާގެ ދަށުން ތައުލީމު ފުރިހަމަ ކުރުވުމަށެވެ. ފިންލަންޑުގެ ސްކޫލުތަކާއި އެއް އުސޫލަކުން 9 ނިމުމަށް ފަހު ހުރިހާކުދިންނަށް ފިނިޝް ބޭސިކް އެޑިއުކޭޝަން ސެޓްފިކެޓް މި ސްކޫލުން ވެސް ލިބިގެންދާނެ އެވެ.
ގްރޭޑު 9 އަށް ފަހު، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ފިންލަންޑް ސްކޫލުގެ ގްރޭޑް 10 ގައި ދަރިވަރުން ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވާނެ އެވެ. ބައިވެރިވާ މާއްދާތައް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދަރިވަރެއްގެ ފެންވަރާއި ޝައުގުވެރިވާ ދާއިރާއަށް ބަލައިގެންނެވެ. މިއީ ދަރިވަރު ދެން އަންނަ މަރުހަލާއަށް އެއްވެސް ހުރަހަކާނުލައި ކުރިއަށް ދެވޭނެގޮތަށް ވިސްނައިގެން އެ ސްކޫލުން ނިންމާފައިވާ ނިންމުމެކެވެ.
އެހެން ސާނަވީ ތައުލީމު ސްކޫލްތަކާ ހިލާފަށް ފިންލަންޑު ސްކޫލުން ގްރޭޑް 10 ނިންމާއިރު، ކޮންމެ ދަރިވަރަކަށްވެސް 2 ސެޓްފިކެޓް ލިބޭނެ އެވެ. އެއީ ފިނިޝް ބޭސިކް އެޑިޔުކޭޝަން ސެޓްފިކެޓް އަދި އޯލެވެލް ހެދުމުން ކެމްބްރިޖުން ލިބޭ ސެޓްފިކެޓެވެ.
ބައްދަލުވުމާއި ގުޅޭ ގޮތުން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއް.
ފިންލަންޑް ސްކޫލުގެ މަގުސަދަކީ ހުރިހާ ކުދިންނަށް ވެސް އަސާސީ ތައުލީމު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭ "އިންކްލޫސިވް އެޑިއުކޭޝަނެއް" ދިނުމެވެ. އަދި އެ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ވެސް މުޖުތަމައުގައި ބޭނުންތެރި މީހަކަށް ހެދުމެވެ.
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް ހުޅުވީ 2019 ވަނަ އަހަރު އެވެ.
ނޯޓު: މިއީ ފިންލަންޑް އެޑިއުކޭޝަންގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
13 March 2023
މަ ކުޑައިރު ތިހެން ކިޔަވައިދިން ތަނެއް ހުރޭ. އެތަނައް ކިޔަނީ އިސްލާހިއްޔާ
2023
13 March 2023
ތިކުދިން ފެންނަނީ ދިވެހި އާދަތަކާ ބީރައްޓެހި ކުދިންގެ ގޮތުގާ.... ބޮއިހަލަކި
އަހުމިއްތޭ
13 March 2023
ދައުލަތުގެ ސްކޫލްތަކުގައިވެސް ތިގޮތަށް ކިޔަވައި ނުދެވެންވީ ސަބަބެއްނެތް. ދައުލަތުގައި އެވަރަށް ފައިސާހުންނާނެ. މިއުޒިކުޝޯތަކާއި އެފާޑުގެ އެހެންކަންކަމަށް މިލިއަނުން ޚަރަދުކުރުމުގެ ބަދަލުގައި ހުރިހާ ދަރިވަރުންނަށް ރަގަޅު ތަޢުލީމު ދެވޭފަދަ ނިޒާމެއް ގާއިމްކުރުން މާއަޢުލާކަން ބޮޑު. އެއިރުން ތިޕްރައިވެޓް ސްކޫލްތަކެއް މިތަނަށް ގެންނާކަށް ނުޖެހޭ.
ކިމް
12 March 2023
ފީ އަތްފޯރާތަ؟
ސަލީމާ
12 March 2023
ފިންލެންޑް ސްކޫލުގައި ކިޔަވައިދޭގޮތް ވަރަށް ގާތުން ދުށިން. ދެލިގަނޑު ދަސްކޮއްދިނުމުގެ ބަދަލުގައި ވަށާޖެހޭ ގޮތަށް އިންޑަސްޓްރީ ނީޑަށް ފެތޭގޮތައް ، ޕްރެކްޓިކަލް ދިރިއުޅުމަށް ދަރިވަރުން ފައްކާ ވާނެހެން ހުނަރާއި ޤާބިލްކަމަށް ޚާއްސަކޮއްގެން ކިޔަވައިދޭތީ ވަރައް ފަައްކާ . އިތުރު ކާމިޔާބަށް އެދެން
ޢަނީމާ
12 March 2023
ޓޮޕްޓެން އުވާލާ.އެންމެ 10% ކުދިނަ ސެލިބްރޭޓް ކޮއްފަ 90% ކުދިންނާމެދު އަޅާލިމެއްނެތް ސިސްޓަމެއް!
ފިންލާ
12 March 2023
ތިޔަ ސްކޫލު ކުދިން ބޮލުގަ ކުލަޖައްސާ ބޯދިގު ކުރަން ހުއްދަ އޮވޭތޯ؟ ނުވަދިހަ ޕަސެންޓު ފިރިހެންކުދިން ތިބެނީ ބޯދިގުކޮށްފަވިއްޔަ!! ކަމުދާ ސުކޫލެއްނޫން
ހަޖަރާ
12 March 2023
ބޮލުގެ ހުންނަ ކުލައިންތައް ކިޔަވަނީ. ބޯ ދިގު ކޮށްފަކުރުމަކީ ބެލެނިވެރިންގެ މައްސަލައެއް ސްކޫލުގެ މައްސަލައެއްނޫން
ވިޔަފާރި އުސޫލުން އޯލެވެލް
12 March 2023
ހުރިހާކުދިންނަށް ހިލޭ އޯލެވެލް ހެދެންއޮއްވާ މިދެން ކޮންކަމެއް؟ މިހުރިހާ ފައިސާ ދީފަ އަހަ ކެމްބްރިޖް އޯލެވެލް! އެއިންވެސް ގިނަކުދިން ފާސްނުވެ ދަނީ. ޓޮޕްލިސްޓަކު ނުހިމެނޭ. ދެން ކަނޑުފަޅުގެ ދާއިރާއިން ހޮވިދާނެ އެންމެ ކުއްޖަކު ބައިވެރިވީމަ