12 މާޗް 2023 - 20:40
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށާއި އެއްވެސް ސިޔާސީ ލީޑަރެއް ފަހަތަށް ނާރުއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ކަންކަމާ ދުރުގައި ވަރަށް ގިނަ ދުވަހު ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ޑރ. މުނައްވަރު ވަނީ ޗާގޮސް މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭގެ ފަހުން އޭނާ ދެން ފެނިގެން ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު އައްޑޫ އަށް ވަޑައިގެންނެވި މަންޒަރެވެ.
ނަޝީދު އެ އިންތިހާބުން ނާކާމިޔާބުވުމާއެކު މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ އެމްޑީޕީގެ ވޯޓު ބައިބައި ކޮށްލުމުގެ ނިޔާތުގައި ކަމަށާއި އެއީ ނަޝީދު ވިދާޅުވެގެން ކުރައްވާ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.
މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ނަޝީދަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި މި އިންތިހާބަށް ކުރިމަތިލުމަށްޓަކައި އެމަނިކުފާނަކާ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"ތަންކޮޅެއް ކުރިން، މިދިޔަ އަހަރު މެދަކާ ހިސާބުގައި ދަންނަވާލިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ހުރި ވާހަކަ. އޭގެ ފަހުން ނަޝީދަކާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތް،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޕްރައިމަރީ ހިނގި ދުވަސްވަރު އޭނާ އައްޑޫ އަށް ކުރެއްވި ދަތުރުގައި ނަޝީދާއެކު އިންނެވީ އިއްތިފާގުން އެއާޕޯޓުން ދިމާވުމުން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ފްލައިޓުގެ ކުރީ ސީޓަށް ގެންނަވައިގެން ފޮޓޯ ނެންގެވީ ވެސް ނަޝީދު އެދިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ގުރުބާން ކޮށްފައި ޑީލު ހަދާކަށް ނެތިން. އެއްވެސް ބޭފުޅަކާއެކު ޑީލެއް އެއްވެސް ސިފައެއްގައި ނުކުރާނަން -- ޑރ. މުނައްވަރު
އިންތިހާބުގައި ވާދަ ކުރަން ނަޝީދުގެ އިތުރުން ސިޔާސީ އެއްވެސް ލީޑަރަކާ މަޝްވަރާ ނުކުރައްވަން ކަމަށާއި އެ ފަރާތްތަކުން ހަދަމުން އަންނަ ޑީލުތަކާއި ސަރުކާރު ބަހަން ނިންމާ ގޮތްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"އެއްވެސް މީހެއްގެ އެޖެންޓެއް ނޫން، އެއްވެސް މީހެއްގެ ރަނިން މޭޓަކަށް ވާކަށް ނޫން، އެއްވެސް މީހެއްގެ އެހެން ކަމެއް އަދި ފައިސާ ކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށް ވެސް ނޫން މި އުޅެނީ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ބަންޑާރަނައިބުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ރީކޯ މޫސާ މަނިކާ ވާދަ ކުރައްވައި ނާކާމިޔާބުވި އެވެ. އަދި އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު މުނައްވަރު އެމްޑީޕީން ވަކިވި އެވެ.
އޭގެ ފަހުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އޭނާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް ފެބްރުއަރީ 10، 2014 ގައި އެ ޕާޓީގެ ކައުންސިލުން އެދިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ.
ކުރިޔަށް އޮތް ތަނުގައި ސިޔާސީ ޕާޓިއެއް އުފައްދަވާފާނެތޯ ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ އެ ވިސްނުން މިހާރު ނުގެންގުޅުއްވާ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ސިޔާސީ ޕާޓިތަކުގެ ނިޒާމެއް ރާއްޖެ އަށް ގެނައީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދީ ގައުމު ކުރިއެރުވުމުގެ މަގްސަދުގައި ކަމަށާއި ނަމަވެސް އެ ނިޒާމާ ހެދި ކޮރަޕްޝަނާއި ފަސާދަ ގިނަވެ ގައުމު ހަލާކު ވަމުން އަންނަ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމް ގާތްގަނޑަކަށް ފެއިލް ވެފައިވާ ކަމަށާއި ޕާޓީތައް ރިފޯމް ކުރަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި ހުރިހާ ޕާޓީއަކުން އަމަލު ކުރަން ޖެހޭ އެއް މިންގަނޑެއް އަދި އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ގުރުބާން ކޮށްފައި ޑީލު ހަދާކަށް ނެތިން. އެއްވެސް ބޭފުޅަކާއެކު ޑީލެއް އެއްވެސް ސިފައެއްގައި ނުކުރާނަން،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އޭނާ އެކުލަވާލާ ސަރުކާރެއްގައި މަސައްކަތްތައް ހިނގާނެ ގޮތުގެ ކަންކަން ކުރިޔަށް އޮތްތަނުގައި ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްތު
14 March 2023
ނަޝީދަކާއި ޑީލެއްނެތިއްޖެނަމަ ތި ޔައޮތީ ވެރިކަންލިބިފައި އަވަހަށް ކެންޕޭނުފައްޓަވާ
އަލީހަމީދު
13 March 2023
މުނައްވަރު ވިިދާޅުވި އެންމެ ރަގަޅު ވާހަކަޔަކީ، ސިޔާސީ ޕާޓިތަކުގެ ނިޒާމެއް ރާއްޖެ އަށް ގެނައީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދީ ގައުމު ކުރިއެރުވުމުގެ މަގްސަދުގައި ކަމަށާއި ނަމަވެސް އެ ނިޒާމާ ހެދި ކޮރަޕްޝަނާއި ފަސާދަ ގިނަވެ ގައުމު ހަލާކު ވަމުން އަންނަ ކަމަށެވެ. ރަގަޅު ހަރުކަށި ވެރިޔެއް ލިބިގެން ނޫނީ ދެން ރާއްޖެ ހަމަޔަކަށް ނޭޅުވޭނެ.
ދިވެއްސެެއް
13 March 2023
ޕާޓީ ނިޒާމުގެ ކުރިން ބަންޑާރަ ނައިބު ކަމަުގަ 10 އަހަރި ހޭދަކުރީ ކިހާ ނަޒާހަތްތެރި، އިންސާފްވެރި ސަރުކާރެއްގަތޯ؟ މިހާރު ރައްޔެތުންނަށް މިލިބުނު ހިލޭބޭސްފަރުވާ އާއި ހިލޭ ތައުލީމް ފަދަ އަސާސީ ހައްގުތައް ލިބުން އޭރަށްވުރެ ގޯހީތޯ؟
ޖާއިޒާ
13 March 2023
އާ ސަރުކާރުން މަޤާމެއް ދޭން އެއްބަސްވަންޏާ ނަން ނަގާނެކަމަށް ބެލެވެނީ!
ސައުސަން.
13 March 2023
އެހެންވެއްޖެއްޔާ އެއީ އައްޑޫ މީދޫ ހަސަންކާރިގޭ ޑރ މުޙައްމަދު މުނަްވަރެއްނޫން.
އަންދާކް
13 March 2023
މީނަ ވެސް؟
ބަޑިތަކުރު
13 March 2023
އައްޑޫގެ ވޯޓް ވަރަށް ހަމަހަމައަށް ދެބަޔަކަށް ބެހިގެންދާނެކަމަށް ބެލެވޭއިރު އަތޮޅުގެ ވަކި ފަރުދަކަށް އެއިން ލިބޭނެ މިންވަރަކީ ދެވަނަބުރަކާ ހަމައަށް ވާސިލްވެވޭނެ މިންވަރެއްކަމަށް ލަފައެއް ނުކުރެވެއެވެ. ހައިރާންވަނީ ތިމާއަށް ވާންނެތްކަމެއް އަނެކާއަށް ވިޔަނުދޭން ފައިވިއްދާފައި ތިބޭމީހުންނަށް އެކަމުން ހާޞިލްވަނީ ކޮންކަމެއްކަން ނޭނގޭތީއެވެ.
MH އެމްއެޗް
13 March 2023
ތެދުފުޅެއް. ޑރ މުހައްމަދު މުނައްވަރު ނަޝީދު ނުވަތަ ޔާމީނާއިއެކުވެސް ޑީލެއްހައްދަވާފައި ނޯވެދާނެ. އެހެންނަމަވެސް ރައީސް ނަޝީދު އާއި ރައީސް ޔާމީނު މިކަމުގައި ޑރ މުނައްވަރަށް އެގިވަޑައިގަތުމެއްނެތި ޑީލްހައްދަވާފައިވުމަކީ ވަރަށްކައިރިކަމެއް. ރައީސް ޔާމީނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ބޭނުންފުޅެއްނުވޭ ރައީސް ސޯލިޙްއަށް ދެވަނަދައުރެއްދީ 2023 އިންތިޙާބު އެބޭފުޅާ ކާމިޔާބުކުރާކަށް. އެހެންކަމުން ޑރ މުނައްވަރަކީ ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ޗޮއިސްއެއް.
ރައްޒާގު
13 March 2023
ވެދާނެ، ނަޝީދުވެސް މިހާރު ކުޅެނީ ޑާރޓީ ގޭމެއް.
ފައިދަނޑި
14 March 2023
ކަލޯ އޭނާ ކުރޫސީ އޭ ކިޔައިގެން އަބަދުވެސް ކުޅޭނީ ތިޔާ ކިޔާ ވައްތަރެއްގެ ގޭމެއް.
އޮނަރަބްލް އަފީފު ދީދީ
13 March 2023
ޑރ މުޙައްމަދު މުނައްވަރު މެންފަދަ ތައުލީމީ، އިޙްލާސްތެރި، ވައްކަމާއި ޙިޔާނާތުގެ ތުހުމަތު ނުކުރެވޭ، ޤާބިލް ފަރާތްތަކުން ރިޔާސީ ރޭހުގައިވާދަކުރެއްވުމަކީ ރައީސްގެމަޤާމަށް ރަނގަޅުމީހަކު އިންތިޙާބުވުމަށް އެދިއެދިތިބި، ޤައުމަށްހެޔޮއެދޭ އަދުލުއިންސާފުޤާއިމްވެ، ވެރިކަމުގެފަރާތުން ހިންގާ ޙިޔާނާތްހުއްޓުވާ، ނުފޫޒާއި ނުޙައްޤުބާރުން ކަންކަންކުރުމާއިދެކޮޅު ރައްޔިތުނަށްލިބޭނެ އުއްމީދެއް. ވަރަށްބޮޑަށް ޤަބޫލުކުރެވޭ "2023 ޑރ މުނައްވަރަށް ކާމިޔާބުކުރެވޭނެ" ކަމަށް.
ރައްޒާގު
13 March 2023
2023 ކާމިޔާބު ކުރެވޭނެހެން ހިޔެއްނުވޭ. އެކަމަކު މުނައްވަރަކީ ރަގަޅު ޗޮއިސްއަކަށް ވެދާނެ.
ބޭނުްންވޭ މުނައްވަރު
14 March 2023
މުނައްވަރު ގެ ތިޔާ ހުވަފެން ބިލާހަކަށް ހެދުމަށް ކުރުސީ މިހާރު އެއްކަލަ ގޯލްކީޕާ ހޯދައިގެން ކްލަބު ހައުސް އަށް ވަދެ މޮޅު ގޭމްކުޅުމަށް ރާވާނެ ކަން ޔަގީން
ބޭނުމަކީ
13 March 2023
ކުރިމަތިލާއިރުވެސް އެނގޭނެ ނުހޮވޭނެކަން. އެކަމަކު މި މީސްމީހުންގެ ބޭނުމަކީ ފެރަތަމަ ބުރުގަ ދެތިން ހާސް ވޯޓެއް ހޯދުން އޭރުން ދެވަނަ ބުރައް ދާއިރު އެތިބޭ ބަޔަކާ އެކު ޑީލެއް ހެދުމުގެ ފުރުސަތު ލިބޭނެތީ. މިކަމުން އަމިއްލަ ފައިދާ ތަކެއްހޯދުމައް މަގުފަހިކުރާނެ. މީ ރައްޔިތުންނައް އެންމެ ފައިދާ ހުރިގޮތްތޯ ސުވާލުއުފެދޭ.
ޙާޢޤޙާޢޤ56
13 March 2023
އެއްކަލަ ޗާގޯސް ދޯ ..ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ނެތް މީހެއް ހިއެއް ނުވޭ 100 ވޯޓްވެސް ލިބޭނެހެނެއް..ޑރ. ވަހީދަށް ވީވަރުވެސް ނުވާނެ..
މަރީޕަރީ
13 March 2023
މޮޔަފުޅުވީތޯ؟