ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ ނިޝާން އަލީ | މިހާރު
13 މާޗް 2023 - 14:35
ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާގޮތަށް ހަމަޖައްސައި ހުށަހަޅާ ފޯމުތައް އެ ޕާޓީއަކުން 10 އަހަރު ވަންދެން ރައްކާކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.
އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި ފަސް ވަނަ އިސްލާހުގައި ބުނީ ސިޔާސީ ޕާޓީގައި ދަފްތަރުކުރުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްގެން ހެދި "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އޮންލައިންކޮށް ހުށަނޭޅޭ ހާލަތްތަކުގައި އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެ ކަމަށް ބުންޏެވެ.
ޕާޓީތަކަށް ވަނުމަށް މީގެ ކުރިން ހުށަހަޅަން ޖެހެނީ ކަރުދާސް ފޯމު ހުށަހަޅާށެވެ. އެހެންވެ، އެ ފޯމުތައް ރައްކާކުރަން އީސީއަށް ބޮޑު ޖާގައެއް ބޭނުންވެ އެވެ.
ނަމަވެސް، އަލަށް ގެނައި އިސްލާހާ އެކު ޕާޓީތަކަށް ވަންނަ ފޯމު ރައްކާކުރަން ޖެހޭނީ އެ ޕާޓީއަކުންނެވެ. އެގޮތަށް 10 އަހަރުވަންދެން އެ ފޯމު ރައްކާކުރަންޖެހެ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލުމުން އެ ކޮމިޝަން އަދި ޕާޓީތަކަށް ވެސް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"މިހާތަނަށް ވެސް ރަސްމީ ގަޑީގައި ފޯމު ހުށަހަޅަމުން ދިޔައީ. އެ ފޯމުތައް ގުނުމަށް ވެސް އެތައް ވަގުތެއް ހޭދަވޭ. އެކަމަކު، މިހާރު ބޭނުން ވަގުތެއްގައި ހުށަހަޅަންވީ." ހަބީބު ވިދާޅުވި އެވެ.
ވަކި މުއްދަތެއް ވަންދެން ފޯމުތައް ރައްކާކުރުމަށް އީސީން ސިޔާސީ ޕާޓީތަކާ އެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. މިހާރު އަންނަނީ އެއްބަސްވުން ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހަބީބު ވިދާޅުވީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ދަފްތަރުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ އެ ޕާޓީއަށް ވަތްކަމުގެ ފޯމުގެ ކޮޕީ ދެން ފޯރުކޮށްދޭން ޖެހޭނީ އެ ޕާޓީއަކުން ކަމަށެވެ.
ޕާޓީތަކުގައި ދަފްތަރުގައި ރަޖިސްޓްރީވާން ޕޯޓަލް އެއް ހެދިއަސް ފޯމު ހުށަހަޅަންޖެހޭނީ ރަސްމީ ފޯމު ފުރިހަމަކޮށް، އެ ސްކޭންކުރުމަށްފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާތޯ
14 March 2023
ކޮބާ ލިންކް
ހާމިދު ޝާޙިދު
14 March 2023
ތި އުޅެނީ މަކަރު ހަދަންވެގެން! ނިކަން ފަސޭހަކަމާއެކު ތިކަން ކޮށް އެމްޑީޕީ ސަރުކާރު ޕާޓީއަށް ހުރިހާ ފޯމުކޮޅެއް ދަވާލަންވެގެން އެރާވަނީ! މިދަލުގައި ނިކަމެތި އާންމު ރައްޔިތުން ނުޖެހުމަށް އެދެން. ޕާޓީއެއްގައި ނޫޅުނު ނަމަވެސް، "އިސް އުފުއްލައިގެން އުޅެވެން" އެބައޮތް! ނަޒާހަތްތެރިކަމާއެކު!
ބޮޑުމީހާ
14 March 2023
ތި ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަންނަން ބޭނުންވާ މީހާ ފޯމް އަމިއްލައަށް ފުރާގޮތަށް ހަދާބަަލަ. އޭރުން މަށަށްއެގޭނެ މަ އަމިއްލައަށް އެދިގެންކަން ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީވެފައި އޮތީ
ފޯނުތަރަށްގީ
13 March 2023
މިހާރު ބޭނުންކުރާ ޕޯޓަލްތަކެކޭ ކުރީޒަމާނުގެ ފެކްސް އަދި މިޒަމާނުގެ ފެކްސް (އީމޭއިލް) އެކޭ ތަފާތެއްނެތް. ތަފާތަކީ ކާތިބުން ކުރާމަސައްކަތް ރައްޔިތުމީހާވެސް ކުރަންޖެހުން. އަދި ކޮންމެ ރައްޔިތަކު ސްކޭނަރަކަކާ ޕްރިންޓަރެއް ގަންނަންޖެހުން. (ފޯނަކީ ސްކޭނަރެއްނޫން) ވސަލާން
އޮނަރަބްލް އަފީފު ދީދީ
13 March 2023
އަދިވެސް ތިޔަ ތަކުލީފުދޫކޮށްލަން އީސީ ބޭނުންނުވަނީތޯ؟ ތިކަމަކީ އިލެކްޝަން ކޮމިޝަނުން ކުރާންޖެހޭކަމަކަށްނުވާތީ އެންމެރަނގަޅު ގޮތަކީ ޤާނޫނަށް އިސްލާޙްގެނައުމަށް މަޖިލީހަށްހުށަހެޅުން. # ސިޔާސީ ޕާޓީތަކަށް އޮފީސް ހަދާނެބިމާއި، އިދާރީކަންކަމަށް ފައިސާދެނީ ޕާޓީގެ އިންތިޒާމްތައް ހަމަޖެއްސުމަށްކަމުގައިވާތީ "ޕާޓީގެ ދަފުތަރު ޕާޓީތަކަށް ދޫކޮށްލާފައި 6 މަހުން ހަމަހުން އީސީއަށް ދަފުތަރުގެ ނަކަލެއް ހުށަހަޅަން ލާޒިމްކޮށް" ތިކަމުން އިލެކްޝަން އަތް ދޫކޮށްލަންޖެހޭ.
ފުވާދުބެ.
14 March 2023
ފުވާދުބެއަށް ހީވަނީ ތިއީ އަސްލުގައި ތިކަކަން އޮންންނާން ވީގޮގޮތް ހެން.
ޓިސްކުޓިސްކު
13 March 2023
ތަންތަނުގައި ޑައިނަސޯ ތިބެގެން މިހާރު ކަންކަން ނުކުރެވޭނެ. އާޓިކަލް ކީމަ އަދިވެސް ދޭހަވީ ފޯމް ސްކޭންކޮށް ޕޯޓަލް އަށް ލާށޭ މި ޖެހެނީ. ކިހާދެރަކަމެއް. ނިކަން އީފާސް ބޭނުންކޮށްގެން ރައްޔިތު މީހާ އަށްވެސް ލުއިގޮތެއް ހަދާބަލަ. އަމިއްލައަށް ވަކި ވެވި، އެދުނީމަ ޕާޓީއިން ހުއްދަދިނުންވެސް ޕޯޓަލް އިން ފުރިހަމަކޮށް، .... ޕޯޓަލްއެކޭ ކީމާ އަދި އެއީ މާ މޮޅުކަމަށް ނޫނޭ. ސާބަހޭ. އިސްތިއުފާ ދީބަލަ.
ބުރޯރޯ
13 March 2023
ސިޔާސީ ޕާޓީތަކުގެ ގާނޫނު ކިޔާފަ ކޮމެންޓު ކޮށްބަލަ. ނޭނގޭ ވާހަކަ ތަކުގެ ތެރެއަށް އަނގަ ނުކޮށްޕަބަލަ.