އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރު: މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރު.-- ފޮޓޯ: އެޗްޑީސީ
15 މާޗް 2023 - 12:20
އެޗްޑީސީން ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.
މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. އެޗްޑީސީން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ "ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ މި ސެންޓަރުން އަހަރެއްގެ މައްޗަށް 99.9 ޕަސެންޓް އަޕް ޓައިމް ނުވަތަ ހިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ގެރެންޓީ ދޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ-- ފޮޓޯ: އެޗްޑީސީ
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، 2019 ވަނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖީޕޮން އެކްސެސް ނެޓްވޯކެއް ގާއިމްކުރެވުނު ކަމަށާއި މި ވަގުތު އެ ހިދުމަތް ބޭނުންކުރާ 12،500 ސަބްސްކްރައިބަރުން އެބަ ތިބި ކަމަށެވެ. ކޮންޓެއިނާ ޑޭޓާ ސެންޓަރަކީ އެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވެސް ޓެލެކޮމް އިންފްރާސްޓްރަކްޗާއަށް އެޗްޑީސީން ކުރާ ޑައިވާސިފިކޭޝަންގެ މަސައްކަތެއް،" އާތިފް ވިދާޅުވި އެވެ.
"މިކަމުގެ [ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ] ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮމްޕެޓިޓިވް ރޭޓެއްގައި ޖިއޯ ރިޑަންޑަންސީގެ ހިދުމަތް ދެވޭނެ."
އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަހްމަދު އާތީފް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްޑީސީ
މި ސެންޓަރުގެ ސަބަބުން އެއްވެސް މެދުކެނޑުމެއް ނެތި ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
• އަހަރެއްގެ މައްޗަށް އަންނަ ޑައުން ޓައިމް ނުވަތަ ހިދުމަތް މެދުކެނޑޭ ވަގުތު 1.6 ގަޑިއިރަށް ވުރެ ކުޑަވާނެ.
• ކަރަންޓް ކެނޑޭ ވަގުތަށް ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ހުންނާނެ.
• ރިޑަންޑަންޓް ކޫލިސް ސިސްޓަމެއް ހުންނާނެ.
• މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއް ހުންނާނެ.
• އަމިއްލައަށް މަަސައްކަތްކުރާ މޮނީޓަރިން ސިސްޓަމެއް އެލާޓް މެކޭނިޒަމްއާއެކު ހުންނާނެ.
• ތިމާވެއްޓާ ރައްޓެހި އަލިފާން ނިއްވާ ނިޒާމެއް ހުންނާނެ.
• އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ސަވައިލެންސް ސިސްޓަމެއް ވެސް ހުންނާނެ.
އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ: މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރު.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނި ގޮތުގައި، ކޮންޓެއިނާ ޑޭޓާ ސެންޓަރެއްގެ ފައިދާ އަކީ އިތުރު ޖާގަ ބޭނުންވާ ނަމަ، މަތި މައްޗަށް ސްޓެކް ކޮށްގެން ކެޕޭސިޓީ އިތުރުކުރެވުމެވެ. އެގޮތަށް ކެޕޭސިޓީ އިތުރުކުރާއިރު، ބިމުގެ ޖާގަ އިތުރަށް ނުނެގުމެވެ. އަދި އެހެން ތަނަކަށް ޑޭޓާ ސެންޓަރު ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ފަސޭހައިން އެކަން ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިމްބ
15 March 2023
މި ކޮންޓައިނަރ ބަހައްޓާފަ ހުރީ ބޮޑު ޕެޓްރޯލް ޝެޑް އަކާ ޖެހިގެން އޮތް ބިމުގައި
ހާމިދު ޝާހިދު
15 March 2023
ތިއުޅެނީ އަހަރުމެންގެ ހުރިހާ ޑޭޓާތަކެއް ވަގަށް ނަންގަން1 ތި ކޮންޓޭނަރެއްގެ ތެރޭގައި ގާއިމް ކުރީމާ ހައިރާންވޭ. ގައިމު ތިއީ އިމާރާތެއްގެ ތެރޭގައި ގާއިމް ކުރަންޖެހޭތަނެއް. ރޭގަނޑު ބަޔަކު ބޮޑު ފޯކް ލިފްޓެއް ހިފައިގެން އައިސް ނަގާ އޮޑިއަށް ލައިގެން ފުރައިފިއްޔާ ކިހިނެތް ހަދާނީ. މުޅި އެތީގައި ރީނދޫ ކުލަ ޖައްސައިގެން މިއީ ކުރާ ކަމަކީ! 2023 މިވަރުން އިބްރާޙިމް ސޯލިހަށާއި، ޖޭޕީ-ފިކުރެއްގެ ހަލާކު އަށް ކާމިޔާބު ކުރެވޭނެ.
ބޯ ހަލާކު
15 March 2023
މިހާރުވެސް ވަކި ގައުމަކަށް ރާއްޖޭގެ ހުރިހާ މުހިއްމު މުއައްސަސާތަކެއްގެ އެކްސަސް ބެކްއެންޑުން އޮވޭ! ދެން އަނެއްކާ ތިޔައުޅެނީ، ޑޭޓާސެންޓަރު ހަދައިގެން ބެކަޕް ޑޭޓާއާއި، ލައިވްކޮށް ހުރިއްޔާ، ހުރި ހުރިހާ އެއްޗެއްގެ އެކްސަސް ދޭން ދޯ؟ އެހެން ނޫނަސް އެޗްޑީސީ އާ ޑޭޓާ ހެނޑްލިންއާ ހުރީ ކޮން ގުޅުމެއްބާ؟ މީގެ އިތުރުން ކަލޭމެންގެ މެންޑޭޓްގައި ވެސް ވާ ކަމެއް ނޫން ތިޔައަކީ!
ޓެކްމޭން
15 March 2023
ތިޔައީ ބޭކާރު ކަމެކެވެ. ފުރަތަމަ އަސާސީ ކަންކަން ހަމައަކަށް އެޅުވުން މާ މުހިންމު ނޫންތޯ؟ ޑޭޓާ ސެންޓަރެއް އެހާ މުހިންމެއް ނޫނެވެ. ތިޔަތާގައި އުޅޭ ޓެކްމީހުން ގެ ރޮކެޓްއެއްހެން ވަރަށް ހީވޭ.
ތިޔަމީހާ
15 March 2023
ތިޔަމީހާވެސް ތިތަނަށް އައިސް މުއްސަދިންނަށް ހުރިހާ ކަމެއް ފަހިވާގޮތައް ތަން ހިންގަނީ ދަށުން މަސައްކަތްކުރާ މީހުން ދަށުން އެވަރަށް ފައިސާ އަތުލައިގެން ޑީލްތައް ނިންމަނީ މުޅި ތިޔަތަނުގެ ކޮންޓްރޯލް ސަރުކާރުން އެބަޖެހޭ އަތުލަން
ޕުލިންޓަން
15 March 2023
ތިޔައިގެ ސެކިއުރިޓީ އުޅެނީ ކިހިނެއް؟ އައިޖީއެމްއެޗުގަ އުޅުނު ކޮންސަލްޓަންޓުހެން، އަހަރުމެންގެ މައުލޫމާތު ނަގައިގެން ވިއްކައި، އެޕުހަދައި، އަހަރުމެންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮންނާނެތަ ތިޔައިގެ ސަބަބުން ތިޔަތާ މީހަކަށްވެސް؟
ދޮން
15 March 2023
ކޮންފަދަ ތަރައްޤީއެއްތޯ. 3 ވަނަ ދުނިޔޭގެ ޤައުމުތަކަށް އަލަށް އިންޓަނެޓް ލިބުނު އިރު ތިޔަގޮތަށް އުޅުނު. ތިޔައީ ރެފްއުޖީ ޓެންޓްތަކުގައި ޑާޓާ ދޭގޮތް.. ސަޅި މިލިޔަނުން ތަޅާ ބުރުވަނީ .. ރަގަޅު ބިމެއްގައި ޓެކް 15 ބުރީގެ ބިލްޓިންގެން އަޅާހާ ލާރި ..