ގދ.ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވަނީ. އިތުރަށް ފަށަން ހުރި މަސައްކަތްތަކާ އެކު އިތުރަށް އެއާޕޯޓު އަޅަން ރާއްޖޭގައި ނުޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2023 - 23:10
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ހެދުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ބާކީ މަޝްރޫއުތަކާ އެކު ދެން ރާއްޖެ އަށް އިތުރު އެއާޕޯޓެއް ބޭނުން ނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގައި ސާފު ޕްލޭނެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުން ކަމަށް ފަރެސްމާތޮޑާ އަށް އުފަން އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
"މިހާތަނަށް އައި އިރު އަޅުގަނޑުމެންނަށް މިހާރު މި ވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ 80 ޕަސެންޓު ނިމިފައި،" އަސްލަމް ވިދާޅުވި އެވެ.
ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އެއާޕޯޓުގެ 80 ޕަސެންޓު ނިމިފައިވާ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވިގޮތުގައި، މި ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކާ އެކު އިތުރު އެއާޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެ އެވެ. އެކަމަކު، އިތުރު އެއާޕޯޓްތައް ހަދަން ނުޖެހުނަސް، އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއާޕޯޓްތައް މަރާމާތު ނުވަތަ އާ ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ
"އެބަހުރި އެންމެ ފުރަތަމަ އެޅުނު އެއާޕޯޓުތައް ވަރަށް ހާލުގައި. އެ ތަން ތަން ތަރައްގީ ކުރަން ޖެހޭ. ރީޑިވެލޮޕް ކުރަން ޖެހޭ. އެކަން ގަބޫލު ކުރަން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރްޓީއެލްގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ވިދާޅުވީ އާރްޓީއެލްއާ އެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.
"އެ ޕްރޮގްރާމްގެ ދަށުން މިހާރު އެ ވަނީ ހއ. އދ. ށ އަދި ޅ. އަތޮޅުގައި ދަތުރުތައް ފަށާފައި. ދެ ލައްކަ އަށް ވުރެ ގިނަ މީހުން ހަ މަސް ދުވަހުގެ ތެރޭގައި ދަތުރަށް އަރައިފި. ދެކުނުގެ ރީޖަންގައި [ގއ، ގދ] މި ޒޯނުގައި ޖުލައި މަހު ދަތުރު ފަށާނަން،" އަސްލަމް ވިދާޅުވި އެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ސަރުކާރުން ހެދި ފަރެސްމާތޮޑާ އެއާޕޯޓާ އެކު، ރާއްޖޭގައި ހިންގާ އެއާޕޯޓްތަކުގެ އަދަދު 18 އަށް އެރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
16 March 2023
ހަދަން ޖެހެނީ ހޮސްޕިޓާތައް، އުފައްދަން ޖެހެނީ ވަޒީފާތައް! ފުދުންތެރިކުރުވަން ޖެހެނީ ރަޢިއްޔަތުން، ބިދޭސީންނެއް ނޫން!
ޙަސަން ޖާބިރު
16 March 2023
އެއަރޕޯޓްތައް އަޅަނީ އެއްވެސް ގޮތަކަށް އެއިން މަންފާ ލިބޭގޮތަކަށް ނޫނެވެ. ރ.އަތޮޅު ދެކުނު ގާތްގަނޑަކަށް 13 ރިސޯޓު އޮތްއިރު އެތާ އެއަރޕޯޓެއް އަޅާވާހަކަ ދައްކަދައްކާ ތިބެނީއެވެ. ލޯކަލް އާބާދީވެސް އެހާބޮޑު ސަރަޙައްދެއްގައި އެއަރޕޯޓެއް ނޭޅުނެވެ. މިރާއްޖޭގައި އެއަރޕޯޓަކަން އެންމެ ރަނގަޅު ނަފާއެއް ލިބޭނެ ސަރަޙައްދަކަށް މިވަގުތު އޮތީ ރ.އަތޮޅު ދެކުނު ބިތުގައި އަޅަން އެކިޔާ އެއރަޕޯޓުންނެވެ. ޚާއްޞަކޮށް ބެރިޔަންފަރުގައި ހަދައިފިނަމަ ދުރުމަސްތަގުބަލެއްގައެވެ
އެމްސް
16 March 2023
މުޅި ޤައުމުގަ އެއާޕޯޓް އަޅާ، ހުރިހާ ފަޅުރަށެއް ރިސޯޓަށް ހެއްޖަސް ދިވެއްސަކަށް ލިބޭ މާބޮޑު ވަޒީފާއެއް ނޯވޭ!
އޮނަރަބްލް އަފީފު ދީދީ
16 March 2023
އިތުރު ޑޮމެސްޓިކް އެއަރޕޯޓް އެޅުމުގެބަދަލުގައި ކ.އަތޮޅު މާލެފިޔަވާ ބޭރުގެ ޤައުމީ އެއަރލައިނަކުން ޝެޑިއުލްދަތުރު (ޓްވައިސް އަ ވީކް) އޮންނަ ހަމައެކަނިއެއަރޕޯޓް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓަށް ތިމަރަފުށި، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ، މާވަރުލު އަދި ފުވައްމުލަކުން ކަނެކްޓިވިޓީ (ހަފުތާއަކު 2 ދުވަހު ނަމަވެސް) ދީގެންނޫނީ ދައުލަތަށް ބުރައަކަށްނުވާގޮތަށް، ވައިބަލްކޮށް ތިތަންތަން ހިންގުމަކީ ދަތިކަމަކަށްވެ އަދި މޯލްޑިވިއަން އަށް ތިކަމުގެބުރަ އުފުލާންޖެހިދާނެ.
އޮނަރަބްލް އަފީފު ދީދީ
16 March 2023
އިތުރު ޑޮމެސްޓިކް އެއަރޕޯޓް އެޅުމުގެބަދަލުގައި ކ.އަތޮޅު މާލެފިޔަވާ ބޭރުގެ ޤައުމީ އެއަރލައިނަކުން ޝެޑިއުލްދަތުރު (ޓްވައިސް އަ ވީކް) އޮންނަ ހަމައެކަނިއެއަރޕޯޓް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓަށް ތިމަރަފުށި، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ، މާވަރުލު އަދި ފުވައްމުލަކުން ކަނެކްޓިވިޓީ (ހަފުތާއަކު 2 ދުވަހު ނަމަވެސް) ދީގެންނޫނީ ދައުލަތަށް ބުރައަކަށްނުވާގޮތަށް، ވައިބަލްކޮށް ތިތަންތަން ހިންގުމަކީ ދަތިކަމަކަށްވެ އަދި މޯލްޑިވިއަން އަށް ތިކަމުގެބުރަ އުފުލާންޖެހިދާނެ.
ވިސްނާލުމަށް އެދެމޭ
16 March 2023
ޝުކުރިއްޔާ ރޔާމީން..2018ގަ ރޔާމީންވަނީ ގިނަ އެއާރޕޯޓުތަކެ ރައްޔިތުންނަ ހަދިޔާކޮއްފަ...ތި އެއާރޕޯޓަކީ 2018ގަ ރޔާމީން ފައްޓަވާ ފައިސާހަމަޖައްސަދީފަ ޑިޒައިން ނިންމާފައޮތް އެއާރޕޯޓެ..ޝުކުރު ހައްގުވާމީހުންނަ ޝުކުރުއަދާ ކުރަން ލަދުގަންނަ ނަމަ އަމިއްލަ ނަފްސުތަކަށް ސަނާނުކިޔަބަލަ..
އެމްސް
16 March 2023
ޝުކުރު ދަންނަވަންޏާ ދަންނަވަންވީ ތިޔަ މަސައްކަތްތައް ޢަމަލީގޮތުން ކުރި/ކުރާ ބިދޭސީންނަށް! ދިވެހި ކުންފުނިތަކަށް ޝުކުރު ޙައްޤީ ދިވެއްސަކަށް ވަޒީފާގަނޑެއްވެސް ނުދީ ހުރިހާ ޕްރޮޖެކްޓްތައް ނިއްމާލާތީ! ސަރުކާރުތަކަށް ޝުކުރު ދަންނަވަންޏާ ދަންނަވަންވީ މިޤައުމުގަ ހިންގޭ އެއްވެސް ޕްރިޖެކްޓަކުން އެއްވެސް ދިވެއްސަކަށް ލިވިންވޭޖެއްގެ މިންވަރުވެސް ލިބުން ޝަރުޠު ނުކުރާތީ!
މަހަށްދޭދޭބަލަ
15 March 2023
އެއާރޕޯރޓް ތަކުގެ %80 ނިމިއްޖެ އެއީ ރަސްގެފާނަށް ހެދުން ފެހި ފެހުންތެރިން ފެހި ހެދުމާއި ތަމެން ތިޔާ ބުނާ އެއާރޕޯރޓް ތައް ނިންމުމާއި އެއްގޮތޭ އަމީނީ މަގު ތާރު ނައިސް ގެން މިހާރު އަނބުރާ ގޭސް ގަނޑަކީ ތާރުން ތަންކޮޅެއް ހިލަގަލުން ތަން ކޮޅެއް އަދި ފެންނާނެއޭ ކޮންކްރީޓް ތަޅުން ގަނޑު ގަނޑު ވެސް އަމީނީ މަގުގައި އަޅާ ތަން ބަލަން ތިބި ބަޔަކަށް ފެންނާނެއޭ މާލޭގެ މަގުތައް ހީވަނީ ބަރަވެލި ކަނޑަށް ހެރިކޭން ކެޓްރީނާ އަރާފައި އޮތްހެންނޭ ދުއްވާފައި ދާއިރު ތަމެން
އެމްސް
16 March 2023
ރަޢިއްޔަތުންނަށް އެންމެ ބޭނުންވަނީ ދެކޮޅުޖެހޭނެ އާމްދަނީއެއް، ބިދޭސީން ލައްވާ މުޅި ޤައުމު ކޮންކްރީޓުން ފުރާލުމެއް ނޫން!