ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަތޭކައަށް ވުރެ ގިނަ އެއާޕޯޓު ހަދަމުން-- ފޮޓޯ: ނިޝަން އަލީ/ މިހާރު
16 މާޗް 2023 - 11:29
މި ސަރުކާރުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެށި މަސައްކަތުން ރާއްޖޭގެ އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ކެޕޭސިޓީ މިހާރު ހުރި ހިސާބަށް ނުގެނައި ނަމަ، އެ ކުންފުނިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ޖެހޭނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ.
އެމްޓީސީސީން ރާއްޖޭގައި ހިންގާ މުހިއްމު ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެ ކުންފުނިން، ހޯރަފުއްޓާއި މާވަރުލު އަދި ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތް ނިންމާލި އިރު މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަދައްކަަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
" ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ. އެމްޓީސީސީން މަސައްކަތް ނިންމަމުން މި ގެންދާ، އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް އޮގަސްޓު މަހުގެ ތެރޭގައި ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އެއާޕޯޓުގެ އިތުރުން، ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ދިއްލުމަށް ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ވެސް އަންނަ މަހަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަސައްކަތްތައް އެމްޓީސީސީ އިން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ފަރެސްމާތޮޑާ އެއާޕޯޓު ރަށާ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް ވެސް މިއަހަރު ޖުލައި މަހަށް ނިންމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިް
23 March 2023
އެކަމަކު އިގުތިސާދު ގަ ޕްރިވެޓް ސެކްޓަރ އަށް އޮތް މަސައްކަތްތައް ބައްކުރަނީ.
އޮނަރަބްލް އަފީފު ދީދީ
17 March 2023
އެކަކު ފަރެސް މާތޮޑާގަައި 6 މީހުންގެ ވަޒީފާ އުފެދުމުން އާމްދަނީގެ ގޮތުގައި 7 މިލިޔަން ރުފިޔާ އެރަށަށް ވަންނާނެ ކަމަށް ބުނާއިރު އަނެކަކު މިބުނަނީ ސޯލިޙްގެ ކުޅަދާނަ ކަމުން 100 މިލިޔަން ޑޮލަރު ސަލާމަތް ވެއްޖެ ވާހަކަ. # މިދުވަސް ވަރު ތިމާމެނާއި ނުބައްދަލު ބޮޑެތި ހިސާބު އަކުރު ތަކުގެ ވާހަކަ މިވަރަކަށް މިދައްކަނީ މިއެންމެންވެސް ޕައުންޑް ވަޒީރުގެ ފޮތުން ދަސްވެނިވެފައިވާތީތޯ؟!
ޙިނި
16 March 2023
އެމްޓީސީސީ އެއްކަންޏަކުން ކަންކަންމެއްނުވާނެ، ސަރުކާރު ސިޔާސަތުންކަން ކަންވާނީ ސިޔާސަތު ތަންފީޒުކޮއްގެން ކަންކަންވާނީ. ކުޑަމިސާލެއް މިރާއްޖޭގެ ޓޫރިޒަމް މާކެޓްކޮއް އިސްތިހާރުކުރަން މުޅިން އެއުޅެނީ އިންޑިޔާ ލަންކާ ނޫނީ ކޮންމެވެސް ބޭރުމީހެއް، މިމީހުންގެ ނުހުރޭ އެއްވެސް ވަފާތެރިކަމެއް، މުސާރަލިބެނިކޮއް ނިމުނީ، ދެން ރަށުމީހުނައް ވަޒީފާ ހޯދާދިނުން، ދިވެހިންގެ ކެޕޭސިޓީ ބިލްޑު ނުކުރެވުނު ސަރުކާރަކައް ދެން ކޮންކަމެއްކުރެވޭނީ. ގައުމުދަނީ މަޑުމަޑުން އިންދަޖ