ގާސިމާއި މައުމޫން މީގެ ކުރިން ބޭއްވި ބައްދަލުވުމަކަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: މިހާރު
20 މާޗް 2023 - 12:56
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
މައުމޫންގެ ދަރިކަލުން، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ ދެ ބޭފުޅުންގެ ބައްދަލުވުމެއް މެންދުރު 1:00 ގައި އޮންނާނެ ކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. މައުމޫންގެ އޮފީސް ހުންނަ ހ. ފުލިދޫގައި ބާއްވާ ބައްދަލުވުމުގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭގޮތުން ގާސިމާއި މައުމޫން ބައްދަލުކުރައްވާއިރު، އެ ދެ ޕާޓީއަކީ މި ސަރުކާރުގެ މިހާރު ވެސް ކޯލިޝަން ޕާޓްނަރުންނެވެ. ނަމަވެސް، ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ.
އެކަމަކު، އެގޮތަށް ނިންމާފައިވަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް އެ ޕާޓީތަކަށް އަނެއްކާ ވެސް ދައުވަތު ދީފައިވަނިކޮށެވެ.
ކޯލިޝަނާ ގުޅޭގޮތުން މައުމޫން ވަނީ ރައީސާ ވެސް އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދީފައިވާ ދައުވަތާ ގުޅިގެން އިތުރަށް މަޝްވަރާ ކުރިއަށް ގެންދާށެވެ.
ފާރިސް އިއްޔެ ވިދާޅުވީ ކޯލިޝަނަކަށް ދާން ނުވަތަ ނުދާން ނިންމުމުގެ ކުރިން އެމްއާރުއެމް އިން ކަށަވަރުކުރަން ބޭނުންވި ކަންކަން ހުރި ކަމަށެވެ. އެހެންވެ، އިތުރަށް މަޝްވަރާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެތެރޭގައި އަޅުގަނޑުމެން ދަންނަވާލިން ޖުމްލަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ދީނުގެ އުސޫލްތައް ހިފެހެއްޓުން. އެއާއެކު ކުރިން އެއްބަސްވެފައި ހުރި މަސައްކަތްތައް، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި އެއާއެކު އެކީގައި ކޮރަޕްޝަނާއި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ ކަންކަމާ ގުޅިގެން އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވި ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ކޯލިޝަން ޕާޓީތަކުގެ ތެރެއިން މިހާތަނަށް ގަބޫލުކުރީ އަދާލަތުން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެންގެ ޚިޔާލު
20 March 2023
ރައީސް މައުމޫނު ސިޔާސީ ދާއިރާ ދޫކޮށްލައްވާ ޝަރަފުވެރި ކަމާއި އެކީ ހުންނަވާ ކަމަށް ވާނަމަ ހުރީހާ ރައްޔިތުން މަނިކުފާނަށް ވަރަށް އިޙުތިރާމާއި ލޯބި ދޭނެ ކަމަށް ފެނޭ!
އަންޑު
20 March 2023
އެއަށްވުރެ ވެރިކަމުގެ ލައްޒަތާއި އުފާ ދިގު 30 އަހަރުތެރޭ ކަރުތެރޭ ލާފަހުރީ.
ދޮރުވާނު
20 March 2023
އަމިއްލަ ފިކުރާއި ދިމާ އިދިކޮޅު ފިކުރެއްގައި ހުރުމަށްވުރެ އަމިއްލަ ފިކުރާއި ގާތްކުރާ ފިކުރަކާއިގެން ކުރިއަށްދާން ފަސޭހަވާނެކަން، މައުމޫނަށް މާ ރަނގަޅަށްވެސް ވިސްނޭނެ. 2018 ގައި އެހެން އޮޕްޝަނެއް ނެތިގެން އިބޫ އަށް ބައިއަތު ހިފުމުގެ ނަތީޖާއަކީ ބަހާއި އަމަލު ދިމާނުވާ ބަޔކާއި އެކު ކޯލިޝަން ދެމެހެއްޓުމުގ އުނދަގޫތަކާއި ދަތިކަން ކަމާއި ، ކުރިއަށް އޮތް އިންތިޚާބުގައި ގިނަ ރައްޔިތުންގެ ރޫޙް ހުރީ ބަދަލަކަށްކަން ވެސް މައުމޫނަށް ވިސްނޭނެ!
މަރުމޯލުރާޖާ
20 March 2023
މިވެރިންގެކިބައިން ދިވެހިރާއްޖެމިނިވަންވާނީ ކޮންދުވަހަކުންބާ؟ ދިވެހިންގެ ގަމާރުކަންފިލާ، އަމިއްލަސިކުނޑިބޭނުންކުރަންފެށިދުވަހަކުންވެދާނެ.
ވޮޗްމޭން
20 March 2023
ރައްޔަތުންގެ ބަސް ފުރަތަމަ ނުހޯދައި މިމީހުންނާއި މި މީހުން. އަޅުގަނޑަށް ފެންނަނީ މިފަހަރު ރިޔާސީ އިންތިހާބު ނުބާވައި ވެރިން އެކައްޗެއް ކިޔާލާ ވެރިޔަކު ދެއްކުން. އުއްޗު، ގާސިމް ގެ ރުހުން ލިބުނީމައި ދެން ނިންމާލަންވީ.
ޥަތަން
20 March 2023
ޜިޔާސީ އިންތިކާބުގެ ވޯޓުން ހޯދެނީ ކޮންބައެއްގެ ބަހެއް؟!!
ހަސަންބެގެ
20 March 2023
ވޯޓަށް އަހަނީ ރައްޔިތުންގެ ބަސް ހޯދަން !
ގުދުގުދާބެއްޔާ
20 March 2023
މައުމޫނާ އިބޫ އާ އެންމެފަހުން ބައްދަލުކުރި އިރު ކުރި އަސަރުން އިބޫ ކީރިތިކުރައްވައިފި! އަދި ކީރިތި ކުރައްވަމުން އިބޫ ދެންނެވީ ގާސިމްއާ ވާހަކަދައްކައިގެން ކޯޅޭޝަން ހެދޭތޯ ބަލާލަދޭށޭ! އެހެންވެ މައުމޫނު އެއުޅެނީ ގާސިމާ ބައްދަލުކުރަން! އެކަމަކު ހިއެއްނުވޭ ގާސިމް ގުޑާނެހެން! ވިލާ ގޭހުން ކެއްކީމާ 70 އަހަރު ވިޔަސް އޭގެ ހޫނުކަން ހުންނާނެ ކަން ގާސިމް ވަނީ ދައްކައިދީފަ!
އާރާކުރި
20 March 2023
މައުމޫނަކީ ސިޔާސީގޮތުން ވިސްނުން ތޫނު ބޭފުޅެއް. ޤާސިމް ފަހަތަށް އަރައިގެން ލިބޭނެ މޮޅެއް ނެތްކަން މާ ބޮޑަށްވެސް ސާފުވާނެ. 2008 އަދި 2013ގަވެސް ޖެހުނުތަނުގަ ޖެހޭނީ. ނަޝީދުގެ ބަހައް ހެއްލިގެން ޤާސިމަށް މިފަހަރު ލިބޭނީ ހަމަ ބޮޑު ލަނޑެއް. އެއީ އަތުން އެތައްބައިވަރު ފައިސާއެއް ޚަރަދުވުން. ހަމަ އެއްގޮތަކަށްވެސް ހިތެއް ނުބުނޭ އިބޫއާއި ޕީޕީއެމް ފަހަތައްޖައްސާ ލެވިދާނެއެކޭ.
ޖަމީލުގެ އަޚު
20 March 2023
މައުމޫނު ނޫނީ ހުރިހާ ދަރިން އެކި ޕާޓީ ތަކަށް ބަހާލައިގެން ދުނިޔޭގަ އުޅޭ ލީޑަރެއް ނުހުންނާނެ. ދަރިން ދެކެ ލޯބިވާ ބައްޕައެއް.
ސިޔާސީ ބޯވަ
20 March 2023
މަގޭ ފައި ގިނަވާނެ އިނގޭ
ކަންމަތީ ވާނުވާ
20 March 2023
މިކަންތަކުގަ މައުމޫނު އުޅުއްވަން ޖެހޭ ސަބަބެއް ނިވިސްނޭ. އެއަށްވުރެ އަރަބިއްޔާގެ ޕޭރަންްޓް އެސޯސިއޭޝަންވެސް މާ ބައިގިނަ. މައުމޫނަށް ބައިއަޅަންޖެހޭ ވަރަށް އެބޭފުޅާގެ ތައީދެއް ނެތް.
ގައުމީދޫ001
20 March 2023
މައުމޫނަކީ ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް. ޢިމަރާނާއި ސިޔާމަކީ ގައުމީ މިފަދަ ޚިދުމަތެއް ކޮށްދީފައިވާ ބައެއް ނޫން. މަުމޫނަށް ދިމާވެގެން އުޅެނީ މާރކެޓިންގެ މައްސަލައެއް . ޥަކިން ޚާއްސަ ގޮތެއްގައި އަމިއްލަ ފިކުރާއި ދެކޮޅަށް އަލުން ޕޮޒިޝަން ކުރުނުގައި ދިމާވެގެން އުލޭ ގޮންޖެހުމެއް. ޖުމްހޫރީ ޕާރޓީ އާއެކު މައުމޫނުގެ ވިދުން ގަދަވާން ފަށާނެ އަދި ސިޔާސީ ފަލޮވަރސް އިރުވެގެން ދާނެ !
ބަރަވެލި
20 March 2023
ނަޝީދު ފަހަތައްލައިގެނެއް ތިކަމެއް މިހާރު ނުވާނެ. ނަޝީދުގެ އަސްލު ސޫރަ މާބޮޑަށްވެސް ދިވެހިންނަށް މިހާރު ސާފުވެއްޖެ.
އައިސަނިކެ
20 March 2023
ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ކަންތަކާ ދުރުގައޭ ދެން ތިމަންމަނިކުފާނު ހުންނަވާނީ އެގޮތުގަ ހުންނަން ގައުމުގެ ޙާލަތު ތަން ނުދެނީތޯ
އަލީހަމީދު
20 March 2023
ޕްރައިމަރީން ބަލިވެއްޖެއްޔާ އޮނާނީ ގޭގަ.