ޖޭޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި އިލްހާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
20 މާޗް 2023 - 23:00
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އަކަށް އޭނާގެ އެޑްވައިޒަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ގާސިމާ ސިޔާސީ ގޮތުން އެންމެ އަރިސް ބޭފުޅުންގެ ލިސްޓުގެ ކުރީގައި އުޅުއްވާ އިލްހާމަށް ސްޕެޝަލް އެޑްވައިޒަރުކަން ދެއްވިކަން ގާސިމް އިއުލާން ކުރެއްވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.
ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ގެމަނަފުއްޓާއި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ހަމަޖެއްސުމާ އެކު، ކުރިން އޭނާ ހުންނެވި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ވާދަކުރަން ނުވަތަ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނަކުން އިންތިހާބަށް ނުކުންނަން ކޮންގްރެސް އިން ފާސްކޮށްފައިވާއިރު، އެ މަޝްވަރާތަކުގައި ވެސް ބައެއް ފަހަރު އިލްހާމް އިސްކޮށް އުޅުއްވަ އެވެ. އިލްހާމް ހިމެނިފައި ވަނީ ޖޭޕީގެ ތެރެއިން ގާސިމް އެންމެ އިތުބާރު ކުރައްވާ އެއްބޭފުޅާގެ ގޮތުގަ އެވެ.
ގާސިމްގެ އެޑްވައިޒަރުންގެ ލިސްޓަށް ވެސް މިއަދު ވަނީ އާ ތިން ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. އެއީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގްނީ އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އެއީ ޔަޝްފާ އަބްދުލް ޣަނީ އެވެ.
ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުގައި ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އަހުމަދު ނިހާނާއި ރިޔާޒް ރަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު މިހާރު ވަނީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
ޖޭޕީން ބުނީ، އެ ޕާޓީގެ އަސާސީ ގަވައިދުން ލީޑަރު ގާސިމަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލަށް އައްޔަންކުރާ 10 މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވެސް މިއަދު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އައްޔަންކުރި ކަމަށެވެ. އެއީ އިބްރާހިމް ޖިހާދާއި އަބްދުﷲ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
21 March 2023
ގާސިމް މި ފަހަރު ރިޔާސީ އިންތިޚާބުން ފެއިލް ވެއްޖެނަމަ އެ ފެއިލްވުމުގެ ސިއްރަކަށް ވާނީ ޕީޕީއެމުން ވަކިވެގެން އައިސް ޖޭޕީއަށް ވަދެގެން އެއުޅޭ ބޯވަތަށް. ޖޭޕީއަށް އިޚްލާސްތެރި، ވަފާތެރި ކައުންސިލު މެމްބަރުން އަމީން، ހަނަފީ ފަދަ އެތަކެއް ބަޔަކު މިހާރު އެތިބީ މާޔޫސްވެފައި.
ސީތާ
21 March 2023
ޤާސިމް އިބްރާހީމް މިޤައުމުގެ ވެރިކަމަށް އަތުވެއްޖެނަމަ އެޕާޓީގައި ތިބިހާ ބަޔަކަށް ސިޔާސީ މަޤާމުތައް ދޭނެ. ސިވިލް ސާރވަންޓުންނަށްވުރެ ޤާސިމްގެ ޕާޓީގެ މުވައްޒަފުން ގިނަވެ ދައުލަތަށް ނުކަތާ ވަރުގެ ބުރަޔަކަށް ވެގެންދާނެ. މީ ވަރަށް ބިރުގަންނަކަމެއް.
އެކްސްް
21 March 2023
މިއީ ރިއަލިޓީ އިނގޭތޯ...
ދެރަދުން
21 March 2023
ގާސިމްގެ ކެބިނެޓް ޗީޕް އޮފް ސްޓާފް - އިލްހާމް ނައިބު ރައީސް - ފާރިސް މައުމޫނު މަޖިލިސް ރައީސް - ނަޝީދު ފޮރިން މިނިސްޓަރ - އަބްދުﷲ އަމީން ހޯމް މިނިސްޓަރ - އަމީން އިބްރާހިމް ޓޫރިޒަމް މިނިސްޓަރ - މަލީހު އެޓާނީ ޖެނެރަލް - އަލީ ހުސައިން
ކޮރަލް
22 March 2023
ވެރިކަމަށް އާދެވިގެންނު ތިޔަ ހިސާބަށް ދެވޭނީވެސް.
ބަސްބުނާ
21 March 2023
ރިއަލިޓީ މެން ލައިގެން ތޮށިދަށުން ބޯވައެއް ނެގުނަސް ރަނގަޅު. ސިޔާސީ މީހުންނޭ ކިޔާފަ ޤަސިމްބެ މި ގެންގުޅޭނީ ސިޔާސީ ކުނިބުނިގަނޑުވިއްޔަ.. އެއްދުވަހު އެއްޕާޓީގައި ހަޅޭލަވާފަ ލާރިކޮޅެއް ހޯދާފަ ދެން ފައިސާ ކޮޅެއް ލިބޭނީ އަތުންނޭ ކިޔާފަ މިދަނީ ގާސިމް ކައިރިއަށް..ހައްހާ ހައްހާ
ހުސްއަތާ
21 March 2023
އަހުމަދު ނިހާނާއި ރިޔާޒް ރަޝީދު އަދި ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު މިއީ މިހާރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުން - އިހަކަށް ދުވަހު ހަމަ މިމީހުން ތިބެގެން ޕީޕީއެމް ސަރުކާރުގަ ނޫންންތަ ގާސިމްގެ ދަރިފުޅު ޖަލަށްލައިގެން ގާސިމް ރާއްޖެއިން ބޭރަށް އަރުވާލެވިގެން އެތަކެއް ގެއްލުމެއް ވިލާ ކުންފުންޏަށާއި ޖޭޕީ އަށް ދިނީ. މިއީ ދުނިޔޭގެ ކަންކަން ހިނގާ މަގު. ﷲ މޮޅަށް ދެނެވޮޑިގެންވަނީ.
ދޮން ހަސަނު
21 March 2023
އިލްހާމުތީ މޭން އެއް.
ސާންޑު
21 March 2023
އިއްލެ؟
އަންދަލޫސިޔާ
21 March 2023
ރިއަލިޓީގެ އެޑްވައިޒް ހޯދައިގެން ވާނީ 2019 މަޖްލިސް އިންތިޚާބުގަ އިލްހާމަށް ވީގޮތަށް. ދެން ހޮވޭނީ ލެއްގީމަ!
ގެދާނޯމޮސް
20 March 2023
މިމީސްމީހުންގެ ފަރާތުން ގާސިމަށް ލިބުނު މޮޅެއް ފައިދާ ނުވާތާ ޕާޓީ އޮފީސްތަޅުން ނޫންތަނެއް މީނަގެ ބޫޓުގެސަބަބުން ސާފުކުރާކަށް ނުޖެއެވެ.