އާ ކޯލިޝަން ޕާޓީތަކާއެކު ރައީސް ބޭއްވި ބައްދަލުވުން--
22 މާޗް 2023 - 12:10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާރު އޮތް އަދާލަތު/އެމްޑީއޭ ކޯލިޝަނާ އެކު އާ ސަރުކާރު އެކުލަވާލާނެ ގޮތަށް އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ކޯލިޝަން މަޝްވަރާ އިއްޔެ ކުރައްވައިފަ އެވެ.
އެ މަޝްވަރާ އަށް ފަހު މުލީއާގޭގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ކުރިޔަށް ދާއިރު ހުރިހާ މަރުހަލާއެއްގައި ޕާޓީތަކުގެ މެންބަރުން ތިއްބަވަން ޖެހޭނެ ކަމަށެވެ.
ކެބިނެޓުގެ އިތުރުން އެހެނިހެން ލެވަލްތަކުގައި ވެސް ކޯލިޝަން ޕާޓީތަކުގެ މެންބަރުން ތިބޭނެ ގޮތް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މުލިއާގެއިން ރައީސް އާއި އާ ކޯލިޝަންގެ ލީޑަރުން ނިކުމެވަޑައިގަންނަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ހާމަކުރާނަން ވެވޭ އެއްބަސްވުމުގައި ޕަބްލިކަށް ކުރިން ހާމަ ކުރަން ޖެހޭ ބައިތައް،" ރައީސް ވިދާޅުވި އެވެ.
- އެމްޑީޕީ: 40 ޕަސެންޓް
- ޖުމްހޫރީ ޕާޓީ: 25 ޕަސެންޓް
- ކުރީގެ ރައީސް މައުމޫން: 20 ޕަސެންޓް
- އަދާލަތު ޕާޓީ: 15 ޕަސެންޓް
ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ކުރިން 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގައި ވެސް ނިންމާފައި ވަނީ ސަރުކާރުގެ މަގާމްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންިތހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ކޯލިޝަން ޕާޓީތައް ގުޅިގެން ވާދަ ކުރުމަށެވެ.
އެހެން ނަމަވެސް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކޮށްފަ އެވެ. އަދި އެއަށް ފަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ހުރިހާ ޕާޓީއެއް ވާދަ ކުރީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނިމް
23 March 2023
އިބޫއަށް އަންނިއާނުލާ ކިތައް ވޯޓު ލިބޭނެބާ.އަދާލަތާ މިހާ ގާތުން ގުޅިގެންލާ ވޯޓަކީ ހަރުކަޝި ފިކުރައް ޖާގަ ބޮޑުތަނުން ދެވޭ ވޯޓެއް.
ތިފޯމިއުލާ
23 March 2023
އިބޫގެ ކޯލިޝަން ބަލިވެއްޖެނަމަ ދެން ފިކުރެއްގެ ދިރުމާ އިބޫ އެކުވެ އަދާލަތާ ސަން ބާކީކޮށްލީމަ އެއޮތީ ވެރިކަމުން އަދާލަތާ ސަން ބޭރުވެފަ. އެމްޑީޕީއަކީ އަސްލު އަދާލަތަށް ބޭނުންވާ ބައެއްނޫން. އަދި ޕީޕީއަކީ ސަންސިޔާމެއް ބޭނުންވާނެ ބައެއް ނޫން. ޖޭޕީއަކީ ދެން ބޮޑުކޮށް އޮތް ކޮންމެ ކޮޅަކާވެސް ގުޅިދާނެ ޕާޓީއެއް.
ބާގަންޑީ
23 March 2023
ފެންކަ ވައްކަން 3 މިލިއަން ކާރުމޭނާއެކު ވެސް ސަރުކާރުން ކޯޅިޝަން ހަދައިފި.
މާކުންބޭ
23 March 2023
ސަރުކާރު ބޯކިބާ ބަހާނެގޮތް އެއްބަސްވީ ދޯ؟؟ ލަދެއްވެސް ނުގަނޭތަ؟؟
ވަހީދުބޭބެ
23 March 2023
ޖޭޕީއާ ޕީޕީއެމާ ފިކުރެއްގެ ދިރުން ގުޅިއްޖިއްޔާ މާ ވަރުގަދަވާނެ.
ވަހީދު ބާބާ
27 March 2023
އަންނި ޖޭޕީ ނުވަތަ ޕީޕީއެމް އާއި ގުޅިގެން ދޭނެ ވޯޓެއް ނެތް. އަންނި އެކަނި ނުކުމެއްޖެޔާ ވޯޓު ދޭނަން.
ކިހާ ފަހަކުން
22 March 2023
ރައްޔިތުންނަށް ފަހުން ހާމަކުރައްވާނެކަމަށް ތިވިދާޅުވަނީ އިންތިހާބުގެ ފަހުން ހާމަކުރައްވާނެ ވާހަކަތޯ؟
ގުދުގުދާބެއްޔާ
22 March 2023
މިހާރު ވޯޓްލުމުގެ ބޭނުމެއް ނެތް! ވެރިކަން ލިބުމަށްފަހު ވެރިން ރައްތިތުންނާ ވިސްނުމެއްނެތް ކޯޅޭޝަން ހަދައިގެން ބޯކިބާ ބަހަންވީ! އަހަރުމެން ރައްޔިތުންވެސް ތިބެންވީ އެގޮތުގައި ބޯކިބާ ފަޅިން ބަޮޑަށް ދޭ މީހަކަށް ވޯޓްލާންވީ!
ޙުސޫ
22 March 2023
ބޯކިބާ ބަހާ ނިއްމާލީ ދޯ.
ބޮޑުމީހާ
22 March 2023
ރިޔާސީ ނިޒާމަކީ ކޯލިޝަން ދަންނަ ނިޒާމެއް ނޫން. އިބޫ ސޯލިހު ތިހާ ކޯލިޝަން ހަދާ ހިތްވަންޏާ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނަނީ ކީއްކުރަން. އޭރުން ތި އިމްރާނެއް، ޝިޔާމެއް ތި މޭޒުކައިރީގައި ނުތިބޭނެ. ރައްޔިތުން ހޮވާފަތިބި ބަޔަކާއިއެކު ކޯލިޝަނެއް ހެދޭނީ
ޖަމީލުބެ
22 March 2023
ބައެއް ބޭފުޅުންނަށް އިންތިހާބު ކައިރިވީމަ އޮންނަ އެއްޗެއްކަން އެނގެއެވެ. އިންތިޚާބު ނިމުނީމަ ދަންނަ އެއްޗެއްވެސް ނޫނެވެ. މިބުނީ ކޮން ބޭފުޅެއްގެ ވާހަކަތޯ ސުވާލު ނުކުރުން އެދެމެވެ.
މަޒް
22 March 2023
ކާކު ބުނީ އެހެނޭ ވާން ޖެހޭނީ.. ބަލަ ރިޔާސީ ނިޒާމާ ބަރުލަމާނީ ނިޒާމާ އެއީ ބާއްވާ ލެއްވި ނިޒާމުތަކެއްތަ؟ ނޫނީ ގުރުއާނުގެ އާޔަތެއްތަ؟ ބޭނުން ގޮތަކަށް ބަދަލު ކުރެވޭނެ. ބޭނުން ނަމެއް ކިޔޭނެ. ހިތު ހުރި ގޮތެއް ހެދޭ ތިޔަ ނިޒާމުތަކަށް
ހުދުބޯ އިބުރާހީމް
22 March 2023
ފީކުދާނު ކޮއިލިޝަން ވާނީ ފެއިލި