އެންޒީ ފިހާރަ-އިގެ އެތެރެ. -- ފޮޓޯ: މިހާރު
25 މާޗް 2023 - 09:30
އެންޒީ އިން ކޮންމެ ރޯދަމަހަކަށް ހާއްސަކުރާ "އެންޒީ ރޯދައިގެ ނަސީބު" ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.
މި ރޯދަމަހުގެ ނިޔަލަށް ބާއްވާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެންޒީގެ ފިހާރަތަކުން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.
އެންޒީގެ ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓު.
ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ވެސް 200ރ. އިން މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތެއް ނަގާނެ އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ދެ މީހަކަށް 5،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގެ އިތުރުން އެންޒީން ވަނީ މި ފަހަރުގެ ރޯދަމަހަށް "ލެމަން އެންޑް ޕެޕާ" މަސްދަޅެއް ވެސް ތައާރަފްކޮށްފަ އެވެ.
އެންޒީން ބުނިގޮތުގައި، އެއީ ރޯދަމަހު ގިނަ ބަޔަކު ތައްޔާރުކުރާ ކަޓްލަސް ފަދަ ހެދިކާތައް ތައްޔާރު ކުރުމަށް ބޭނުން ކުރެވޭނެ މަސްދަޅެކެވެ. މަސްދަޅުގައި ހިމަނާފައިވާ އަސޭމިރުހާއި ލުނބޯގެ ރަހަ ދިވެހިންނަށް ކަމުދާނެ ކަމަށް ވެސް އެންޒީން ބުންޏެވެ.
އެ މަސްދަޅުތައް އެންޒީގެ ހުރިހާ ފިހާރަތަކުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy