އޭޑީކޭ ޖެނެރަލް ޓްރޭޑިން ގެ އެތެރެ. މި ތަނުގައި ބޭރުގެ މޮޅެތި ބްރޭންޑުތަކެއްގެ އުފެއްދުންތައް ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު
26 މާޗް 2023 - 11:06
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފިހާރަތަކުގައި ރޯދަ މަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް އޭޑީކޭ ޖީޓީގެ ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނީ މިއީ ކަސްޓަމަރުންނަށް ރޯދަ މަހު އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭ ހާއްސަ ރޯދަ މަހަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
"މިއީ އެކަކު އަނެކަކަށް އެހީވުމުގެ މަހަކަށް ވާއިރު އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް ލުޔެއް ލިބުން. އަދި މިއީ ކަސްޓަމަރުންނާއި މެދު އަޅުގަނޑުމެން އަޅާލާ މިންވަރު ދައްކައިދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް." އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ހޯލްސޭލް ފިހާރަ އާއި ޖީޓީ ސްނެޕް، ގަންނަ މާޓު އަދި ގަންނަ މާޓުގެ އެޕުން ވޮޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓު ލިބޭނެ އެވެ.
ގަންނަ މާޓު އެޕް ގޫގުލް ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy