ހުޅުމާލޭގެ ދެވަނަ ފޭސްގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް: އެ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ވަނީ ނެރެފައި --- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 މާޗް 2023 - 19:44
ހުޅުމާލޭގެ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން އެއްވަރަށް މާކްސް ލިބުނު މީހުން ތަރުތީބު ކުރާނީ ގުރުއަތު ނަގައިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ފަހުން ނެރުނު ލިސްޓުގައި ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދީފައިވާއިރު، ޕޮއިންޓުގެ ގޮތުން އެއްވަރު މީހުންގެ ފްލެޓް ތަރުތީބު ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ގުރުއަތުން ނަގާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކެންޓު އަދި ކޯ-އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައި އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން އެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.
ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީ އަށް ހުށަހަޅާފައިވާ މީހުންނަށް ފޯމައިގެން ކުރިއަށް ގެންދިއުމަށް ދެ ވަނަ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ބުންޏެވެ.
އެ މަރުހަލާ ފުރިހަމަވުމުން، ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމަންޓް އިހުތިޔާރު ކުރުން ގެންދާނީ ގުރު ނަގައި، ލިސްޓު ތަރުތީބުކުރުމަށް ފަހު އާއްމުކުރާ ލިސްޓާ އެއްގޮތަށެވެ.
ލިސްޓު ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ. އެ ހަރަކާތް އޮބްޒާވްކުރުމަށް ދެ ކެޓަގަރީން ވެސް މަދުވެގެން ފަސް މީހަކަށް ފުރުސަތު ދޭނެ އެވެ. އެ މީހުންނަށް ގުޅާނީ ހަމައެކަނި އެޗްޑީސީގެ ހޮޓްލައިން 3353535 ނަމްބަރުން އެކަންޏެވެ.
އެ ނަމްބަރުގެ އިތުރުން އެޗްޑީސީގެ އެއްވެސް މޮބައިލް ފޯނު ނަމްބަރަކުން ވިނަރެސް މަޝްރޫއާ ގުޅޭގޮތުން ނުގުޅާނެ ކަމަށާއި އަދި އެސްއެމްއެސް އަދި އެއްވެސް ލިންކެއް ވެސް ނުފޮނުވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އޭރިއަކާއި ފިހާރަތަކާއި ޖިމާއި ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ހުންނާނެ އެވެ. އެ ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިނަރެސް
29 March 2023
ވިނަރެސް ލިސްޓަކީ ވާނުވާ ނޭނގޭ ލިސްޓެއް . މާމަތިން މާކްސް ލިބިފައިވާ ބަޔަކު ކުއްލިއަކަށް ލިސްޓަށް އިތުރުވެއްޖެ. ޢަދިވެސް ފްލެޓް ލިބޭ ބަޔަކު އެނގޭވަރެއްނުވޭ. ރާއްޖެތޭރޭ މީހުންނަށް ހަމަޖެއްސީ 100 ފްލެޓަށް ހާހެއްހާ މީހުން ކުރިމަތިލި ، މާލެކެޓަގަރި އަށް ބެހެއްޓި ހާހަެއްހާ ފުލެޓާއި އެއްވަރަށް ކުރިމައްޗެއްނުލާ. ގިނަ ފްލެޓް ހަމޖެއްސީ މަދު މީހުންނަށް!
އަހްމަދު ނައީމް
27 March 2023
މިހުރީ ޑައުންޕޭމަންޓް ދަކާނި ގޮތްނެތިފަ.ވިނަރެސްގެ ކުލި ރަންވެފަ.
އޮނަރަބްލް އަފީފު ދީދީ
27 March 2023
މިފަދަކޮންމެފަހަރަކު ޤަވާއިދާއި އުސޫލު ހެދުމުގެބަދަލުގައި ދައުލަތުގެ ހައުސިންގ ސްކީމްތައް "އަދުލުވެރިކަމާއިއެކު ރަނގަޅަށްހިންގުމަށްޓަކާ" ޤާނޫނެއްބޭނުންވޭ. މިޤާނޫނު ވުޖޫދުކޮށް (ޕްރޮޕަޓީ ޤާނޫނު) ދިވެއްސެއްގެނަމުގައިހޯދާ ފުރަތަމަފުލެޓާއި ގޯތިން ޓެކްސް ފްރީކޮށް އޭނާގެނަމުގައިހޯދާ 2 ވަނަ ފުލެޓާއިގޯތިން %50 ޓެކްސް، އިތުރަށްހޯދާ ކޮންމެގޯއްޗަކާއި ފުލެޓަށް %100 ޓެކްސްނަގާން ޤާނޫނުންކަޑައަޅާންޖެހޭ. ބޭނުމަކީ ބިމާއިފުލެޓް މިލްކްކުރެވޭ އަދަދު ލިމިޓްކުރުން.
ސައުތު
28 March 2023
ބޭފުޅާ މިހާރުވެސް ގާނޫނު އޮތީ ތި ގޮތަށް. ނޭގެނީތަ ނޫނީ ކަންކަން ނުބަލަނީތަ؟ 15% ގެ ޓެކްސް އެއް ދެވަނަ ތަނެއް ގަންނަ ނަމަ ނަގާނެ
މަންދީ.
28 March 2023
15 ޕަސެންޓް ޓެކުސް ނެގުމާއި 50 ޓެކުސް އަދި 100 ޓެކުހުގައި ވަރަށް ބޮޑު ތަފާތު އެބަހުރި.
ޖުލައި2021
27 March 2023
ތިތަނަށް މިހާރު ތިކިޔާ އަގުގަ ތިލިސްޓުގެ 2ބައިކުޅަ އެއްބައި މީހުނަށްވެސް ތިތަން ނުގަނެވޭނެ. ލިސްޓުގަ ނަންޖެހިޔަސް ބޭންކަކުން އެބުނާ ސަރުތެއް ހަމައެއްނުވޭ ލޯނުދޭކަށް. އަނެއްކޮޅުން 400ކޭ ޑައުންޕޭމަންޓު ދެއްކޭނީ ކިތައްމެދުފަންތި މީހުނަށްބާ. ތިވެސް ހަމަ މުއްސަނދި ވިޔަފާރިވެރިން ރިއަލްއެސްޓޭޓު ވިޔަފަރި ކުރަން ކޮށްދޭކަމެއް.
އަންނަނީ އަންނަނީ
27 March 2023
ވިނަރެސް ހިޔާ ތަފާތު ފެނޭ ނޫންތޯ މުއިއްޒު 2023