ޗީފް ވޮރެންޓު އޮފިސަރުންނަށް އައްޔަންކުރި ބޭފުޅުންނަށް މަގާމުގެ ލިޔުން ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޑީއެފް
27 މާޗް 2023 - 23:58
ސިފައިންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗީފް ވޮރެންޓް އޮފިސަރުންގެ މަގާމަށް ބޭފުޅުން މިއަދު ހަމަޖައްސައިފި އެވެ.
މަގާމުގެ ކުރިއެރުން ލިބުނު ފަސް އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެ ފަސް އޮފިސަރުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
History has been made! For the 1st time in 130 years,5 Warrant officers,including a woman, have been promoted to the rank of Chief Warrant Officer. Min @MariyaDidi Congratulates the trailblazers & wishes them continued success in their new roles. #historymade #militarypromotion pic.twitter.com/VhZnvlz885
— Ministry of Defence (@MoDmv) March 27, 2023
ޗީފް ވޮރެންޓް އޮފިސަރުންނަށް ޕްރޮމޯޓުވި ބޭފުޅުންގެ ތެރޭގައި އަންހެން އޮފިސަރަކު ވެސް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ، ޗީފް ވޮރެންޓް އޮފިސަރުންނަށް ޕްރޮމޯޓްވި އޮފިސަރުން އެހެން ސިފައިންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
28 March 2023
އަޅުގަނޑަށް ވިސްނޭގޮތުގައި ސިފައިން އެންމެ ސަމާލުކަން ދޭންވީމާ ނަމޫނާއަކަށް މާރިޔާ ނުނެގުމަށް. އެއީ އިންޑިޔާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކުން.
ބަބޫ
28 March 2023
ކޮބާ ދެޖިންސުގެ ހަމަ ހަމަކަން. އެއްމެ އަންހެނަކަށް ދިނީ. ކޮބަަ އަންހެނުންގެ ހައްގު
ނުރަބޯ
28 March 2023
މީގެ ކުރިން “ބްރިގޭޑިއަރ” މި ރޭންކް އޮވޭ. ރީނދޫ ވެރިކަން އައުމާ އެކު މި ރޭންކަށް ވީނުވީއެއް ނޭނގޭ. އޮނިގަނޑުގައި މި ރޭންކް އެއް ނެތް.
ފރޔދ
28 March 2023
ފަޔަރ އެންޑް ރެސްކިޔު އާއި ކޯސްޓްގާޑު ވަކި ދެ މުވައްސަސާ އަކަށް ހަދާފަ، ސިފައިންގެ ވީހާވެސް ކުޑަ ކޮށްލުން ކިހިނެތް ވާނެބާ،
އަހައްމަދޫ
28 March 2023
ދެން އާންމު ރައްޔަތުންްނަށް ތިކަމުން އެއްވެސް ފާއިދާއެއް ކުރޭތަ. ބޮޑެތި މަގާމުތައް އުފައްދައިފަ ބޮޑެތި މުސާރަތައް ދިނީމަ.
ފާއިޒް އިބްރާހިމް
28 March 2023
ވާތް ފަޅީގަ އެތިބަ ދެމީހުން ފިޔަވައި ދެން ތިބި މީހުން ތި ރޭންކަށް ކުފޫ ހަމަވޭ، އެދެމީންނަކީ ބީއެފްޓީ އަކީ ކޯއްޗެއްކަން ނުދަންނަ ދެމީހުން
ބޮއިގަނޑު
28 March 2023
ތިހިރަ ޝާހިދުއަކީ ސިފައިންގެއިން ވަކިކުރަންޖެހޭ މީހެއް. ބީއެފްޓީއެއް ކީއްކުރަން އެއްކަމެއްވެސް ނުޖެހޭ ކުރާކަށް މީނާ.
ކަނބިލި
28 March 2023
ހިތުން މޮޅުކަމެއް ކޮށްލާފައި މީޑިއާއިން ޖާގަހޯދައި ކޮޅުކޮޅުމަތި ބަލާލާއިރު އޮންނަ އަތަށް ހޮވައި ވާންއުޅުނު މޮޅު ދެރައަށް ބަދަލުވެފައި. ބޮލުގައި ކަމެއް ނެތިއްޔާ ކުރާނެކަމެއް ނެތް
ވޮރަންޓޭ
28 March 2023
ސިފައިން ތިބީ މުސާރަކޮޅު ބޮޑުވާނެ ދުވަހަކައް އެދި އެދި
މީދާކުޑޭ
28 March 2023
ތިޔަތަންވަނީ ބޭކާރުވެފާ އަމުރުމައުރޫފުގެ ބާރުއޮތީ އެހެން ފަރާތެއްގައި