ޑރ. އަހުމަދު ޒާހިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
29 މާޗް 2023 - 11:34
މިދިޔަ ތިން އަހަރު ތެރޭގައި ބޭސް ފަރުވާގެ އެހީ ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ޑރ. ޒާހިރު މިހެން ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޒަކާތު ފަންޑުން ކިހާ ވަރަކަށް އެހީތެރިކަން ފޯރުކޮށްދޭތޯ ބެލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދާފައިވާ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެ ގޮތަށް އެހީ ފޯރުކޮށްދެނީ ބެހެނިވެރިން ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
2019 - 22،578،835.77ރ.
2021 - 6،335،337ރ.
2022 - 35،937،671ރ.
ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދާ ފަރާތްތަކަށް އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ވެސް ވަރަށް ބޮޑެތި އެހީތައް ދެ އެވެ. ޒަކާތު ފަންޑުން އެހީ ދެނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ފޯމެއް ފުރައި ހުށަހެޅުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
29 March 2023
ޒާކާތު ފަންޑުން އެއްޗެއްލިބޭތަ، ބޮޑުދޮގުތަކެއްހަދައިގެން މިނިސްޓަރު މިއުޅެނީ... ތިފައިސާ ބޭނުންކުރަނީ ދައުލަތުގެ ސިޔާސީ ވެރިން....
ވަގުންގެ ކިއްލާ ސަރުކާރު
29 March 2023
ކާކަށްދިނީ. އަޅުގަނޑު މުޅި އުމުރުގަވެސް އެންސްޕާޔާ ސަރުކާރުގެ ބޭސް ފަރުވާގެ އެހީއަކަށް އެދުނީ ދެފަހަރުވެސް ލިޔެކިޔުންތަކާއެކުލީ. އެކަމަކު އެއްވެސް އެހީއެއް ނުލިބުނު. ފުރަތަމަ ފަހަރު ބައްޕަ ބަލިވެގެންލީ. ބައްޕަ ނިޔާވިތާ 3 މަސްފަހުން ގުޅާފަ ބުނީ އެހީ ހަމަޖެހެން ނެތްވާހަކަ. ތިޔަ ބުނާ އެހީއަކީ ސިޔާސީކަންކަމަށް ހަރަދު ކުރަން އޮންނަ ގާނޫނީ ބަޖެޓެއް. ބާރު ހުރި ބަޔަކަށް ލިބެނީ.
ސޮނިއެންޓޯ
29 March 2023
ތިޔަރީ ނުރައްކާތެރިވެސް ކަމެއް. ޒަކާތް ހައްގު ނުވާ މީހަކަށް ތިޔަ ފައިސާ ހަރަދުކުރެވިއްޖެޔާ ދެން އެމީހެއްގެ ސިއްހަތަށް ވާނީ ކިހިނެއްބާ
ހަސަން މަނިކު
29 March 2023
މުދަލުގެ ޒަކާތް ހައްގުވެރީންނަށް ނުލިބޭ އުސޫލުން ސިޔާސީ ބޭނުމަށް ޒަކާތު ފައިސާ ބޭނުން ނުކުރާނެ ނިޒާމަކަށް ބަދަލު ކުރަންޖެހޭ .