"އަރުތަ ޖިމް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހުލޫފު (ކ-3) އާއި އިޓަލީގެ ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ (ކ-2) ބައިވެރިވަނީ. --ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
31 މާޗް 2023 - 14:33
ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް ހާއްސަކޮށްގެން ސްޕޯޓްސް މިނިސްޓްރީން ހުޅުމާލޭގައި ގާއިމްކުރި "އަރުތަ ޖިމް" ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ކުޅުންތެރިންނާއި އެތުލީޓުންނަށް ޓްރެއިނިން ފުރުސަތު ދިނުމަށް މިނިސްޓްރީން ފެށި "އަރުތަ ޕްރޮގްރާމް" ވެސް ވަނީ ރޭ ރަސްމީކޮށް ފަށައިފަ އެވެ. ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އެތުލީޓުންގެ ހާޒިރުވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ އިޓަލީގެ ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ޖިމް ހުޅުވުމާ އެކު، އަމިއްލަ ޖިމްތަކުގައި ކުޅުންތެރިންނާއި އެތުލީޓުން ތަމްރީނު ހަދަން އުޅެންޖެހުނު ދަތިހާލު ނިމުމަކަށްގެނެވުނީ ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ، އެއްވެސް ކުޅިވަރެއް އިސްތިސާނުކޮށް، ހުރިހާ ކުޅިވަރެއް ހިމެނޭހެން ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް މިތަން ބޭނުންކުރެވޭނެ ކަމަށެވެ.
"އަރުތަ ޖިމް" ގައި އެތުލީޓަކު ކަސްރަތުކުރަނީ. --ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ހުޅުމާލޭގައި ކުރީ ސަރުކާރުން ބިނާކުރި ސްވިމިން ޕޫލް ކޮމްޕްލެކްސްގައި، ހެދި މި ޖިމްގައި އެންމެ ފަހުގެ ވަސީލަތްތައް ހުރެ އެވެ. މި ޖިމް މެނޭޖްކުރާނީ ބޮޑީބިޑިން ފެޑެރޭޝަނުންނެވެ. އެ ފެޑެރޭޝަނާ އެކު ރޭ މިނިސްޓްރީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ޖިމްގައި އިންޖަރީ ރިހެބިލިޓޭޝަން އެންޑް ރިވަކަރީ ބައެއް ވެސް ހިމެނެ އެވެ.
ކުރިން މިފަދަ ހިދުމަތްތައް އެސޯސިއޭޝަންތަކުން ހޯދަން ޖެހެނީ އަމިއްލަ ޖިމްތަކަށް ފީ ދައްކައިގެންނެވެ. އަދި ކުޅިވަރުތަކަށް ހާއްސަ ތަނެއް ނެތުމުން، ބޭނުންވާ ވަގުތުތަކުގައި އެ ހިދުމަތް ހޯދަން ދަތިވެ އެވެ.
ރޭ ލޯންޗުކުރި އަރުތަ ޕްރޮގްރާމުގެ ދަށުން މިހާރު ވެސް ބައެއް އެތުލީޓުން އަންނަނީ ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުންނެވެ. އިތުރު އެސޯސިއޭޝަންތަކާ އެކު އެއްބަސްވުން ހަދައި އެތުލީޓުން ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
01 April 2023
އަފީފުދީދީ ރަށުގަނޯވެ އަންނަންވީއެއްނުދޯ! މަހޭ ކޮބާ މާލެގައި އަޅަންބުނި ސްއިމިންޕޫލް.... ބޮއިހަލަކި
ޢެމް ބީ އޭ
31 March 2023
ދެން ހާދަގަދަ ވާނެ ދޯ ގައުމީ ޓީމް ތައް ހާއްސަކޮއް ބާސްކެޓް
އޮނަރަބްލް އަފީފު ދީދީ
31 March 2023
ނަމުގެ ކުރިއަށް "ޤައުމީ" ލާފައި ހަދާ ހުރިހާ އިމާރާތަކާއި އޮފީސް ތަކާއި، ހޮސްޕިޓަލާއި ކުޅުވަރު ކުޅޭ ތަންތަނާއި އެއަރޕޯޓާއި މިފަދަ ހުރިހާ ކަންކަމެއް ތިޔަ މުޤައްދަސް ރަށްކޮޅުގައި ކުރަނީ ރާއްޖޭގެ އެހެން ރަށެއްގައި ޤައުމު ކިޔައިގެން ކަންކަން ކުރުމަކީމަނާކަމެއް ކަމަށްވާތީތޯ. # ދައުލަތުގެ ޙަޒާނާއާއި އަހަރީ ބަޖޭޓްގެ ކުރިއަށްވެސް ޤައުމީ މިތަންކޮޅު ބޭނުންކޮށްލަން ފެނޭ. އޭރުން އެހެން ރަށަކަށް ކަމެއްކޮށްދޭކަށް ނުޖެހޭނެ.
ައޮނަރަބަލް
01 April 2023
އޮނަރަބްލް އަފީފު ދީދީ ތި ހުންނެވީ ކޮންތާކުތޯ؟