އަދާލަތު ޕާޓީން ކުރިން ބޭއްވި ޕްރެސްއެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.-- ފައިލް ފޮޓޯ: މިހާރު
31 މާޗް 2023 - 20:28
ރާއްޖޭގައި އުފެދުނު އެކި ސިޔާސީ ފިކުރުތައް ނިމި، މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިކުރު އެކަނި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު އެގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް އިއްޔެ އިއުލާން ކުރެއްވުމާއެކު، ސަރުކާރު ފަޅީގެ ގިނަ ބައެއްގެ ނުރުހުން ގާސިމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ވެފައި ވަނިކޮށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމްގެ ފަހަތުގައި ހުންނެވީ ނަޝީދެވެ. ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވަން ނަޝީދު ބޭނުންފުޅުވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކަމަށް ވެ އެވެ.
މި ސަރުކާރާ ދެކޮޅު މީހުންނަށް ފާޑުވިދާޅުވާ ރައިވަރަކާއެކު، އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަގުތާ ހާލަތުގެ ސަބަބުން ގައުމުގައި އުފެދުނު ތަފާތު ޖަޒުބާތުތަކާއި ފިކުރުތައް މިހާރު ނިމިގޮސްފައިވާ ކަމަށެވެ.
"މުޅިން އައު ޖީލެއް ލީޑްކޮށްދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ހިއްސާކުރެއްވި ރައިވަރަކީ؛
ގަދަ ލަކުޑި ފީވެދޭ
ގަދަ ދަގަނޑު ދަބަރަށްވެދޭ
ގަދަ ހިލަ އަނދާ ރޫޅިދޭ
ގަދަވެ ބަލި އިންޖީނުދޭ
ގަދަނިދިއަޔަސް މަޑުވެދޭމި
ގަދަ އަލިފާންނިވި ދޭމި
އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ ކޯލިޝަނުން ރައީސަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު https://t.co/p2dtnqXW8t
— Mihaaru (@Mihaarunews) March 14, 2023
އަލީ ޒާހިރުގެ ރައިވަރުގައި މައިގަނޑު ގޮތެއްގައި އަންގަވަން ބޭނުންވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ބާރު މިހާރު ނެތިފައިވާ ކަމެވެ. އެއީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ގާސިމެވެ.
އަލީ ޒާހިރުގެ ނަޒަރުގައި ރާއްޖޭގެ އާ ސިޔާސީ ފިކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ ޒާހިރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާ ތަމްސީލުކުރައްވާ އަދާލަތު ޕާޓީ އާއި އެމްޑީޕީ އަދި އެމްޑީއޭ އިން ހަދަން ނިންމާފައިވާ ކޯލިޝަނަށް މި އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަނަށް ގާސިމް ގެނައުމުގެ ގޮތުން ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަކިވަކިން ގާސިމާ ބައްދަލުކުރެއްވި އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ގާސިމްއާ ބައްދަލުކުރެއްވި އެވެ. ނަމަވެސް، ފަހު ވަގުތު ގާސިމް ނިންމެވީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
05 April 2023
އަދާލަތަށް ސާލިހު ކަމުދަނީ ގިނައަދައެއްގެ ސިޔާސީ މަތީ މަގާމުތަކުގެ ސްލޮޓްތަކެއް ލިބިފައި ވާތީ. އަދާލަތަކީ މާކަ އުރަތްޕެއް ހުރި ޕާޓީއެއް ނުން. އިބްރާހިމް މުހުއްމަދު ސޯލިހަކީ ސިޔާސީގޮތުން މާކަ އުރަތްޕެއް ހުރިމީހެއް ނުން. ސަރުކާރުގެ ސްވިޗް ބޯޑުގެ ކޮންޓުރޯލު އޮތީމަ މަގާމުގެ ބޭނުމުގައި ބަޔަކު މީހުން އެމަނިކުފާނުގެ ފަހަތުގައި ތިބީ.
ވަހުތާން
02 April 2023
ތި މިސާލު ނުގުޅޭ! ތީ އެހާ މާތް ސަރުކާރަކީތަ؟ ހަނދާނަށް އަންނަނީ އަރިހު ބޭކަލަކު ވަޒީރު ރުއްސަ ކިޔައިދިން ވާހަކަ މަތިން، އޭ ބަލަ ރަސްގެފާނުވޭ! މިގޭ ކޮށީގަ އޮތް ދެ ގިތެއު 30 ބަކަރި ވިހައިފިއޭ، ވިހެއި ކޮންމެ އެއްޗެއް އޮތީ ބާލިޣުވެ ފުރާ ފުރިހަމަވެފައޭ!
މަހޭބެ
02 April 2023
މަށަކަށް ނޭގެ މި އިބޫއަކީ ކޮންކަހަލަ ވިސްނުމެއްގެ ވެރިއެއްކަން މަށަށް އެގޭއެއްޗަކީ ވެރިމީހާގެ އެންމެ އަރިސް އަދި އިތުބާރުކުރާ ފަރާތްތަކަކީ ޒީރޯ ޓްލަރެންސް މަތިން ހަދާންނެތި ނަޒާހަތްތެރިކަމުގެ މާނަ އޮޅިފައި ތިބި ބައެއްކަން. އޭގެތެރެއިން އެކަކީ ޢަލީޒާހިރުކަމާމެދު ޝައްކެއްވެސް ނުއުފެދޭ. މީހުން ބުނާގޮތުގައި ޖުޑިޝަރީގެ ތެރެއަށް އަތްބާނައިގެން މީނަނުކުރާކަމެއް ނެތް.
މިތަުން
01 April 2023
ގަދަ ބަސް ބުނުން ގިނަވެދޭ ގަދަޔަށް ކަތުން މަވެތިވޭ ގަދަ ސަރުކާރު ފޫގޮސްފާނޭ ގަދަ ބޮޑު މަގާމު ނިމިގޮސްދާނޭ ގަދަވެ ރައްޔިތުން އުފާވާނޭ
ސައިޚް
01 April 2023
މިފަހަރު އަދާލަތު ވެލިކާނީ، އިބޫ ވޯޓަކުން ނުހޮވޭނެ، އިންޝާﷲ،
ބޮޑުމީހާ
01 April 2023
ސިޔާސީ ބާރުތައް ނުދާވަރަކަށް ނޫންތަ ރައްޔިތުން ދަރަނިވެރިތިކުރުވީ. 100 ބިލިއަން. 1400 ސިޔާސީ މަގާމު.
ކޮރަލް
01 April 2023
އަދިވެސް ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ނުދެ އެވެ. މީހެއްގެ ނަމަ ގޮތެއް ހުންނަން ވާނެ އެވެ. ނޫނީ އެހެން މީހުން ގެ އިތުބާރު ގެއްލޭނެ އެވެ.
އިބްރީ
01 April 2023
މަޑުމަޑުން ފިލިޖަހާލީމާ އިމްރާނާއި އަލީޒާހިރު ގާސިމާއި ގުޅޭނެ.
ކިލަމަން
01 April 2023
އެއްބުރު ބާރަބުރަށްވެފަ އޮތީ މިހާރު
އައިމިނަ
01 April 2023
ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ކޮރަޕްޝަނޭ ދީނޭ ކިޔަކަސް މިހާރު ނިކަން ރަނގަޅަށް އިނގޭ ކޮރަޕްޝަން ހިންގަނީ ހަމަ ތިމީހުން ކަން. ރައީސަށް އިޚްލާސްތެރި އެކަކުވެސް ތިޔަތާކު ނެތް. ހަމަ ޖީބު ފުރޭތީ ތިޔަ ތިބެނީ.