އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު: އެ ކުންފުންޏަށް ދޮންވެލި ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: އާރުޑީސީ
02 އެޕްރީލް 2023 - 21:59
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދެއްގެ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އާރުޑީސީގެ އިއުލާނުގައި ބުނީ އެ ކުންފުނީގެ ތިލަފުށި ޕްރޮޑަކްޝަން ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ބޭނުންވަނީ 30،000 ކޮޑިފޫޓުގެ ހުދު ރާޅު ވެލި ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނީ ބޭނުންވަނީ އެ ކުންފުނިން އަންގާ ގޮތެއްގެ މަތިން އެކި ދުވަސްތަކަށް އަދަދުތައް ބަހާލައިގެން ތިލަފުށީ ޕްރޮޑަކްޝަން ސައިޓަށް ދޮންވެލި ގެންގޮސްދޭނެ ބަޔަކު ކަމަށެވެ.
ނަމަވެސް، އެއީ ސީދާ ކޮން މަސައްކަތެއް ކުރަން ހޯދާ ވެއްޔެއް ކަމަށް ބުނެފައެއް ނެތެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގައި ބިޑުގައި ބައިވެރިވުމަށް މި މަހު 13 ގެ ކުރިން ޕްރޮފޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ. އަދި އެ މަސައްކަތް ހަވާލުކުރާ ބަޔަކު ކަނޑައެޅުމުގައި އެ ކުންފުނީގެ ބްލެކްލިސްޓް ޕޮލިސީއަށް އަމަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
އާރުޑީސީ އަންނަނީ މާލެ އާއި ރަށްރަށުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި ސަރުކާރުން އުފެއްދި އެ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަގު ހެދުމުގެ މަޝްރޫއުތައް މުއްދަތު ހަމަވާއިރު ނުނިމޭތީ އާންމުންގެ ޝަކުވާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫކޭ
03 April 2023
މިފަހަރު އިންތިހާބުގަ ވެލިކާންޖެހޭނެތީ ކުރީބައިގަ ހޯދާފަ ބަހައްޓަންވާނީ. ކާއިރު ރީތި ވެލިކޮޅެއްތާ ކާންވާނީ.
ގުއިއްޒު
03 April 2023
ކަންކުރެވޭ ޒާތުގެ މީހެއް ނޫން ހިންގަން އެހުންނަނީއަކީ. ބައިސާ ކަނޑާފަ އެހެންމީހުންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާފަ އެހެރަގެން މުސާރަ ނަގަނީ. އަހަރެމެން ރައްޔިތުންނަށްދޯ މިހުރިހާ ގެއްލުމެއް މިލިބެނީ މިކަހަލަ ރޯނުއެދުރުން ތަންތަނަށް ލައިގެން.
މޫކައިބެ
03 April 2023
މިފަހަރު ޗުއްޓީގައި އަންހެނުންގެ ބައްޕަ މަހާނައަށް ވެލިލާން ވެގެން ކައިރީގައި އޮތް ފަޅުރަށަކުން ދޮންވެލި 2 ބަސްތާ ނަގައިގެން އައިސްލެފިއިރު ފުލުހުން ތިބި. ބުނި ޤާނޫނާ ޚިލާފަށް ވެލި ނަގާކަމުގެ ޝަކުވާ ލިބިގެންނޭ މިއައީ. އަންނާށޭ ވެލިބަސްތާތައް ހިފައިގެން ފުލުހަށް. ދެން ބަރޯއަށް އަރުވައިގެން އެމީހުންގެ ހާޒިރުގައި ފުލުހަށް ގޮސް ބަޔާން ނަގައި، އެންމެ ފަހުން އެނެގި 2 ބަސްތާ ދޮންވެލި ނެގިތަނަށް އަޅަން މަށަށް ޖެހުނީ. މިވަރު އެއްޗެއް ދޮންވެއްޔަކީ.
ވެލި ވަހީދު
03 April 2023
ރާއްޖެއިން ދޮންވެލި ގެންގޮސް ބައެއް ގައުމުތަކުގައި އާޓިފިޝަލް ބީޗް ހަދާވާ ކަމަށް ޔޫޓިބު ވީޑިއޯތަކުން އެބަހުރި ފެންނަން. މިއީ ވަރަށް ދެރަކަމެއް. އާރުޑީސީން ވެސް ތިހާ ގިނަ ވެލި ތިހޯދާ ސަބަބެއް މަޖްލިހުން ވެސް ބަލަން ނުޖެހޭބާ؟
އަމީކޭ
03 April 2023
ރައްޓެއްސަކަށް ލާރިކޮޅެއްދޭނެ ގޮތެއްހޯދީއޭ. މިހާރު އޮންނާނީ ބަޔަކުވެސް ހަމަ ޖެހިފަ
ސަލިންބެ
03 April 2023
ތިޖޫރީ އައް އަޅަންތަ ދޮންވެލިހޯދަނީ ތިޖޫރީ ފެޅުމުގެ ރެކޯޑް އޮތީ ތިޔަތާގަ ވިއްޔަ
މީކްސީ
03 April 2023
ޔާމީނު ނެގިވަރިގެ ގިނަ ލާރި އެއްވެސް ތާކުން ނުނަގާ.. އެތަނުން ވެސް ގެއްލުނީ 1 ލައްކަ ރުފިޔާ އެއިން 80 ހާސް ފުލުހުން ހޯދި.. ޔާނު އެމްއެމްޕީއާރުސީ ތިޖޫރީ ދަވާލައިގެން ނެގި ބިލިޔަނުން ބިލިޔަނުން ލޯ ލާރިއެއްވެސް އަތަކު ނުޖެހޭ..
ޕީކްސީ
03 April 2023
ޔާމީނު ނެގި ލާރިތައްކަމަށް ބުނާ ލާރިތައް އަސްލު ބެލެހެއްޓި މީހުން އަތުންވެސް ލާރި ހޯދާކަށް ނުއުޅޭ. ޔާމީނަށްވުރެ އެމީހުން އަތުގަ މާ ގިނައިން ހުންނާނެ.
އިސްމާލި
03 April 2023
ދިވެހިރާއްޖޭގައި ދޮންވެއްޔަކީ އަގުހުރި އެއްޗެއް. ކޮންމެހެން އެ ދޮންވެލިކޮޅު ނަގައިގެން ބޮޑެތި ކުންފުނިތަކުން، ބޭނުންކުރާނެކަމެއް ނެތް. ބޭރުންގެންނަ ހިލަވެލި ބޭނުންކުރޭ. ތި ވެލިކޮޅު ނިކަމެތި ރައްޔިތުންނަށް ބަހައްޓާ.
އައްބެ
03 April 2023
މޮޅު ކުންފުންޏެއް ތިއީވެސް. ދޮންވެލި ހޯދުން، ގައު އެތުރުން، ތާރު އެޅުން، މަގު އެއްވަރުކުރުން، ޑިޒައިންކުރުން، ބީއޯކިއުހެދުން، މިހުރިހާކަމެއް އެހެން ފަރާތްތަކާއި ހަވާލުކޮށްގެން ކުރީމައި ދެން ކުންފުނިން ކުރާނެ ހަމައެކަނި މަސައްކަތަކީ ދެތިން އިދާރީ މުވައްޒަފުން ތިބެގެން ކުރެވޭނެކަންކަންދޯ.
ގަމާރުޒް
03 April 2023
ދެން ކިހިނެއްތަ ހަދަންވީ؟ ހުރިހާ މުއައްޒަފުން އަނގަމަތީ ދޯންޏެއް ހިފައިގެން ވެލިނަގަން ދާންވީ ދޯ؟ އެއްޗެކޭ ކިޔޭތޯ ބަލާތި.
ގުރަ
03 April 2023
ހޯރަފުށިން ލިބޭނެ
އަފީފު ހ އ ދިއްދޫ
03 April 2023
ޕްރިންޓް ކުރާނެ ކަރުދާސް ބޭނުމޭ ގޮވާބަލަ