އެސްޓީއޯގެ އެމްޑީއަކަށް ހަމަޖެއްސި ސައީދަށް ޕީސީބީގެ ރައީސް އާސިމް މަގާމުގެ ލިއުން ހަވާލުކޮށްދެއްވަނީ
04 އެޕްރީލް 2023 - 14:40
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް މއ. ކޮށީގެ އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ވެސް އެމްޑީއަކަށް މިހާތަނަށް ހުންނެވި ސައީދާ، ލިޔުން ހަވާލުކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.
އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މިިދިޔަ މަހުގެ ފަހުކޮޅު ވަކިކުރެއްވުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނީ އަމްރު މަގާމުން ވަކިކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު އޭނާ ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.
ސައީދު، ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް މެ އެވެ.
ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މިހާރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ11
05 April 2023
ޝިޕިންގ ކުންފުނީގެ އެމްޑީ އަކީ ކާކުބާދެން....
އޮޅުވާނުލާ
04 April 2023
"އެކަމަކު އޭނާ ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ." އަމްރު ވަކިކުރީ ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނެއް ނޫން. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރީމާ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސަރުކާރެއް ނޫން. އޮޅުވާނުލާ
ކިލިކި
04 April 2023
ކީބޯޑުތަކަށް ސަމާލުވާތި
ފަހަރިބޭ
04 April 2023
ކީބޯޑުތަކަށް ފޮނުއެރުވުން އިތުރުވާނެ!
ބްލެކްޓޭޕް
04 April 2023
ކޮށީގޭ ސައީދުގެ ގާބިލްކަމާއި މެދު އެއްވެސް ޝައްކެއް ނުކުރަން. ކުޅަދާނަ ބޭފުޅެއް. އެސްޓީއޯވެސް ފެނިގެންދާނީ މިހާރަށްވުރެއް ބާރަށް މާބޮޑަށްވެސް ކުރިޔަށް ދާތަން.
ނަށާ ޕާޓީ ބޭޅުން
04 April 2023
ކ. މާލޭ ބޭޅެއް ދޮގެ؟ ތި ބައިގަނޑު ގެ ޗަސްޕެއް ނެތަސް ބޮޑެތި މަގާމު ބަހާފަ ބަހައްޓާ
ޢަހަރުމެން ދިވެހިން އައްޑޫ
04 April 2023
އަހަރުމެން ވޯޓުދީގެން ވެރިކަމައް އާދެވުނީ އަހަރުމެނައް ކަޅުސައިތައްޓެއް ވަރު ނުލިބި ދައުރު ނިމި މިޔޮއްގެން ނިމުނީ. ވޯޓު ދޭށޭ މަކާރީ ބުނެގެން ދެން ނުވާނެ.
ހިންނަވަރ
04 April 2023
ބުނާނަން. ކަލޭ އަދިވެސް ދޭނެ.