ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އާއި ރައީސް މައުމޫން: ކޯލިޝަން ހެދުމުގެ ދައުވަތާ މެދު އެމްއާރުއެމް އިން އަދި މަޝްވަރާއެއް ނުކުރޭ.
06 އެޕްރީލް 2023 - 13:40
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގެ ބައިވެރިއަކަށް ވުމަށް ދިން ދައުވަތާ ގުޅިގެން މިހާތަނަށް މަޝްވަރާއެއް ނުހިނގާ ކަމަށް އެމްއާރުއެމުން މިއަދު ބުނެފި އެވެ.
މި ސަރުކާރު ކޯލިޝަންގައި ދެމިއޮތް ޖޭޕީގެ ނިންމުމަކީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، އެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ބަލިކޮށް ވެރިކަން ހޯދުމެވެ. އިންތިހާބު ކާމިޔާބުވާން އޮތީ ކޯލިޝަނަކުން ކަމަށް ވާތީ އެ ދައުވަތު އެމްއާރުއެމްގެ އިތުރުން ޕީޕީއެމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަނީ ފޮނުވައިފަ އެވެ.
މިހާތަނަށް އެމްއާރުއެމް ފިޔަވައި އެންމެން ނިންމީ ޖޭޕީގެ ފަހަތަށް އަރައި އިއްތިހާދެއްގައި ބައިވެރި ނުވުމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ޖޭޕީއާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަަމަށެވެ.
"އެމްއާރުއެމް އިން މަޝްވަރާ ނުކުރޭ އަދި. ނަމަވެސް ޕާޓީތަކުން އަންނަ ދައުވަތު ގަބޫލުކޮށް، ހުރިހާ ޕާޓީތަކަކާ ވެސް މަޝްވަރާކުރާ ގޮތަށް އޮތީ،" އަލީމް ވިދާޅުވި އެވެ.
އެމްއާރުއެމާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދައުވަތު ދެއްވައިފަ އެވެ. ފުރަތަމަ ބައްދަލުވުމުން ގޮތެއް ނުނިމެ އެވެ. އިތުރު ބައްދަލުވުމެއް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ބާއްވަން ނިންމާފައިވާ ކަަމަށް އެމްއާރުއެމުން ބުންޏެވެ.
ޖޭޕީން ބޮޑު ކޯލިޝަނެއް ހަދަން ބޭނުންވިޔަސް އެ ޕާޓީގެ ހުށަހެޅުމަށް މިހާތަނަށް ގޮތް ނުނިންމައި އޮތީ އެމްއާރުއެމުން އެކަންޏެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް މަސައްކަތް ފަށާފައިވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު އަންނަނީ އެ ޕާޓީއާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައި ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށެވެ. ކޯލިޝަން ސަރުކާރެއް ހިންގެވުމާ މުނައްވަރު ދެކޮޅެވެ. އުމަރު ނަސީރާއި އެމްއެންޕީގެ ނިންމުމަކީ ވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
6000
07 April 2023
ގާސިމްނޫން ކޮންމެ މީހަކަށް ވޯޓްދީފާނަން. އޭނާއާއި އޭނާ ކައިރީކޮށްގެން އުޅޭ މީހުންނަށް އިތުބާރުކުރާނެގޮތެއްނެތް.
އެމްއާރުއެމް
07 April 2023
މިއީ އަދި މާވަރުގަދަ ބަޔަކީތަ? މައުމޫނަށް އެ އެއުޅެނީ ހުކުރު ހަމަނުވެގެން. އެކަމަކު ގަދަބަސް ބުނެފަ މާ ވަރުގަދަ ސިޔާސީޕާޓީ އެއްކަމަށް ދައްކައިގެން.
ހައނގ
06 April 2023
ރައީސް ޔާމީން ޖަލުގައި ބާއްވާކަށް ނުކެރޭނެ، ނެރޭނަން: އަބްދުއްރަޙީމް
ދޮން ރަ ހާ
06 April 2023
އެ ޕާޓީން މިހާރު ކޮޅު ކޮޅަށް ދުވަނީ! އާޚިރު ގައި ނިމޭ އިރު 2 މީދާ ފެހި ބުޅަލަށް ޖެހުނު ދަތުރު ޖެހޭނީ
މަންޒިލް
07 April 2023
މަށަށްވެސް ހީވަނީ އެޕާޓީއަށް ވާނީ އެކަހަލަ ގޮތެއްހެން. އެ އުޅެނީ ، އެމްއާރުއެމް އަކީ މިރާއްޖޭގެ މާވަރުގަދަ ޕާޓީއެއްކަމަށް ދައްކަން. 3000 ހަމަވެ، ނުވެ.
ރުކުރާ
06 April 2023
3000 ހަމަނުވާ ފާރޓީއެއް. އެކަމަކުވެސް ހަމަ ޑީލެއް ހެދޭތޯ!
ސަސ
06 April 2023
މައުމޫނުގެ ފާރިޝްއަށް ނައިބުކަން ދޭން ބުނެބަލަ، ޔަގީން ވަގުތުން އެއްބަސްވާނެ. އޭރުން ސާޅިހަކަށް ހާސް ރުފިޔާގެ ވޯޓު ޔަގީންވީ
ޑިސްއޮނަރަބަލް ޑީޑީ
06 April 2023
ސުވާލަކީ ޖޭޕީއިން ނަގާނީ އަމްރުހެއްޔޭ ނޫނީ ފާރިޝްހެއްޔޭ ރަނިންމޭޓަކަށް. އަންނިފެކްޝަނަކުން ޖޭޕީއާ ކޯލިޝަނެއްނުހަދާނެ އެފެކްޝަނުގެ ރަނިންމޭޓަކަށް ޖޭޕީއަށް އެއްބަސްނުވެވޭކަމަށްވަންޏާ. ހަމައެހެންމެ މައުމޫނުވެސް ހިޔެއްނުވޭ ރަނިންމޭޓަށްވުރެ ދަށް މަގާމަކަށް އެެއްބަސްވާނެއެކޭ. ފާރިޝްހުރީ އޭނާބުނާގޮތުންވިއްޔާ އެކަނިމާއެކަނިވެސް ރޭހަށް ނުކުންނަން ތައްޔާރަށް.
ޔައުނީ..
06 April 2023
ބޭނުމެއްނުން