މިރޭ އަލިފާނުގެ ހާދިސާ ހިނގި ފްލެޓް ހުންނަ ޓަވަރު ބޭރުގައި ސިފައިންގެ އަލިފާން ނިވާ ޓީމު ހަރަކާތްތެރިވާއިރު އާންމުން އެއްވެފައި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
14 އެޕްރީލް 2023 - 21:12
ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން އުކާ ސިނގިރެޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާތީ އެކަން ދެން ލުއިކޮށް ނުނަގާނެ ކަމަށާއި އެފަދަ ކަމެއް ކުރި މީހަކު އުޅޭ އެޕާޓްމަންޓެއް އެނގޭ ހިސާބުން ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އާބަންކޯ އިން މިރޭ ދީފި އެވެ.
ފްލެޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން މިރޭ ވެސް އެޕާޓްމަންޓެއްގައި ރޯވުމާ ގުޅިގެން އާބަންކޯ އިން ބުނީ އެ ކަން ކުރި މީހަކު ހޯދަން ޕޮލިހާއި އާބަންކޯ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"މިއީ އާބަންކޯ އިން އެއްވެސް ވަރަކަށް ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އެންމެ މީހަކާ ހެދި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ފުރުސަތެެެއް ނުދެވޭނެ،" އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ އަމަލުތަކާ ދުރެވެ ތަހުޒީބުވާން ޖެހޭ ކަމަށެވެ.
ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން މިރޭ ރޯވީ ޓަވަރު 7 ގެ ފުރަތަަމަ ބުރީގެ ފްލެޓެއްގަ އެވެ. މި މަހުގެ ކުރީކޮޅު ޓަވަރު 5 ގެ 17 ވަނަ ބުރީގައި ވެސް ހަމަ އެގޮތަށް ރޯވި އެވެ. އަދި މީގެ ކުރިން ވެސް ސިނގިރޭޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާނަކޮށި
18 April 2023
ހަމަ އަތުލަންވީ
އެޗް.ޑީ.ސީ
16 April 2023
އާބަންކޯ އިން ދިވެހި ރައްޔިތަކަށް ދިން ފްލެޓެއް ނެތްއިރު ފްލެޓް އަތުލާނަމޭ ކިޔާފަ ހުދުފޮނު މިއަރުވަނީ ކާކު ބިރުގަންނާނެ ކަމަށްތޯ؟
ލިކާ
16 April 2023
އަނކަބޯ ތިހެންބުންނަސް ފުލެޓެއް ނާތުލެވޭނެ
ދިރާސާވެރިޔާ
16 April 2023
ސިނގިރެޓް ފިލްޓަރ އަތުލާ ވާހަކަ ކަންނޭނގެ އެބުނަނީ .. މިއޮށްފަދަ ޒަމާނުގައި ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަ ބަލަ.. ތިއީކީ ގަނޫނީ ގޮތުން ނާއި ބުއްދީ ހަމައިން ބެލިޔަސް ކުރެވިދާނެ ކަމެއް ނޫން.. ބޯދަމައިގަންނަން ޓުވީޓު ކޮށްލެވިދާނެ.. ގާނޫނީ ގޮތުން މަތި ކުރެވިފައިވާ ކަންކަން ނުކުރެވިގެން ތިޔަ އުޅެނީ..
އަހްމަދު މާހިރު1
16 April 2023
މަޖިލީހުގެ އެއްބާރުލުން- އުސް އިމާރާތްތަކުގެ ބެލްކަނީ، ޓެރެސް، އެލުވޭތެރެ، ސިޑިތައް އަދި ސިޑިގޮޅީ ކަހަލަ ތަންތާ ސިނގެރޭޓު ބުއިމާ އަލިފާން ގެންގުން ގާނޫނަކުން މަނާ ކުރަން ޖެހޭ ހާގީގަތުގައި ސިނގިރޭޓު އެކަޏެއް ނޫން ބޮނީކީ، ބެލްކަނީތަކުގައި މަސްފިހެ ހަދާ އަދި ޑަބިޔަލެއްގައި އަލިފާން އަންދައިގެން ބޯކިބާ ވެސް ފިހެހަދާ މިފަދަ ކަންކަމަށް ގާނޫނު އަނަންވީ ބޮޑު ހާދިސާއެއް ހިގައިން މީހުންތަކެއް މަރުވީމަކާ ނޫނެވެ. ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިންނެވެ.
LaamuonlineDOTcom
16 April 2023
ފުލެޓު އަތެއްނުލެވޭނެ، ތާކުންތާކުނުޖެހޭ އިންޒާރެއްތިދެނީ!! ކުރަންވީކަމަކީ ތިޔަތަންތަނުގައި އުޅޭ ގަމާރުން ހޭލުންތެރިކުރުވުން، ދިރިއުޅޭތަންތަނާ ވަކިހިސާބެއް ކައިރީގައި ސިނގެރޭޓުބުއިމަކީ މިހާރުވެސް ގާނޫނަކުން މަނާކަމެއްނުން! ކީއްވެއެކަން ތަންފީޒުނުކުރެވެނީ؟ ފުލެޓުތަކުގަ ސިގެނރޭޓުބުއިން މަނާކުރަންވީނުން، އެކަންކުރާވާހަކަނުދައްކާ ފުލެޓުއަތުލާނަމޭ ކިޔާފަ ނުކުރެވޭ ވަރުގެކަމެއް ކުރަންބުނީމާ ދޭހަވަނީ ތިޔަކަން ހައްލުކުރުމުގެ އެއްވެސް ޕުލޭނެއްނެތްކަން
ކުޑަހުއްތު
15 April 2023
އާބަންކޯއިން ގަވާއިދެއް ހިންގޭނެބާ ގަވާއިދާއި ގާނޫނު ހިންގޭނެނަމް ތިފުލެޓުތަކުގައި އުޅޭނީވެސް އެހެންބަޔަކު. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެޔޭ ބުނެއެއްނޫން. މުޖުތަމައުއަށް އެތިބީ ފަރިތަވެފަ .
ދގތގތގ
15 April 2023
ފުލެޓު ދިނީ 'ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މީހުނަށް ކަމަށް ބުނާތީ އަޑު އެހީމެވެ. ނަމަވެސް ތިޔަ ފުލްޓުތަކުގެ 50%40% މީހުން އެތާ ދިރިނޫޅެއެވެ. އެމީހުން އެތަންތަން ބޮޑު އަގުގަ ކުއްޔަށް ދިނީއެވެ. މިކަންް ބެލޭނެހެއްޔޭ؟ފުލެޓު ލިބިއްޖެއްޔާ ރަށްރަށުން ގެވަޅު ދޫކޮށްލަން ޖެހޭ މީހުން ވެސް ރަށު ގޯތި ވަނީ ކުއްޔަށް ދީފަ..ދެން މިކަން ކަން ބެލޭތަ..ފުރަތަމަ މިކަންކަން ބަލާބަލަ
ޢަރުތަ
15 April 2023
ތީ ވަރަށް ރަނގަޅު ވާހަކައެއް، ތީ މިއަދަކު އެއްޔެއަކު އެކަނި ތިކަން އޮތް ގޮތެއް ނޫން، ފެށުނީއްސުރެން ހުޅުމާލެއިން ލިބޭ ފްލެޓްތަކުގެ ކަންތައް ހުރީ ހަމަ ތިގޮތަށް، ރަށުން ގޯތި ހުރި މީހުނަށްވެސް ފްލެޓްދީފަ އެބަހުރި، ދުވަހަކުވެސް އެއްވެސް އިރެއްގަ މާލޭގަ ދިރި ނޫޅޭ އާއިލާތަކަށްވެސް ހުރީ ފްލެޓް ދީފަ، އެމީސްމީހުން މިތިބީ މިހާރުވެސް ފްލެޓް ކުއްޔަށްދީފަ ރަށުގަ.
ލަތީފު
16 April 2023
ފްލެޓް ދިނުމުގައި ކޮރަޕްޝަން ނެތެކޭ ނޫން. އެކަމަކު ކުއްޔަށް ދިނުމަކީ ހައްގުނުވާކަމަށް ބެލޭނެ މިންގަނޑެއް ނޫން. ކިތައްމެ ބަޔަކު އެބަ އުޅޭ އެކި ސަބަބުތަކާ ހުރެ ވަގުތީގޮތުން އެތަނަށް ވަދެވެން ނެތިގެން ހުހަށް ނުބަހައްޓާ ކުއްޔަށް ދީގެން. މިސާލަކަށް ފްލެޓު ލިބުންތަނުން ދޮޅު އަހަރު ދުވަހުގެ ކޯހެއްގައި އަންހެނުންނާ ދަރި ގޮވައިގެން ފުރައިގެން ދާ މީހަކު އެތަން ހުހަށް ބަހައްޓާކަށް ނުޖެހޭ. ކޮންމެ މީހަކަށް ވެސް ފްލެޓް ހައްގު. ބެހީ އިންސާފަކުން ނޫން އެކަމަކު.
ގޗތގތޗގ
15 April 2023
މިސާލަކަށް ސިޔާސީ/ގޭންގު މީހަކާ ގުޅުން އޮންނަ ފުލެޓެއް ވިއްޔާ އަތުލެވޭނެބާ؟ އެހާ ގަޓު އެބަހުރިބާ؟
ބޮޑެތި
15 April 2023
ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދައްކާ އިނގޭ އެޗްޑީސީ މީހުން.
އާދަންކޮ
16 April 2023
މިހާރު އެތަނަށް އާބަންކޮއެ