ހަކީމީ (ކ) އޭނާގެ މަންމައާ އެކު.
15 އެޕްރީލް 2023 - 02:48
ޕީއެސްޖީ އަށް ކުޅޭ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީގެ މުދަލާއި ފައިސާ، އޭނާގެ މަންމަގެ ނަން މައްޗަށް ބަދަލުކޮށްފައިވާތީވެ، އޭނާގެ މިލްކިއްޔާތުން ބައެއް ހޯދުމަށް ކުރީގެ އަންހެނުން ހިބާ އަބޫކް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހަކީމީގެ ކިބައިން ހިބާ ވަރިވާން މަސައްކަތް ފެށީ، އުމުރުން 24 އަހަރަކުގެ އަންހެނަކު މިދިޔަ ފެބްރުއަރީ މަހު ހަކީމީގެ މައްޗަށް ރޭޕުގެ ތުހުމަތުކުރުމުންނެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
އެކަމަކު ހިބާ ބުނެފައިވަނީ ރޭޕްގެ ތުހުމަތުގެ ކުރިން ވެސް ހަކީމީ ކައިރިން ވަރިވާން ނިންމާފައިވާ ކަމަށެވެ. ވަރިވުމުގެ މަރުހަލާ އަށް ފަހު ހިބާ ކޯޓުގައި އެދުނީ ހަކީމީގެ މިލްކިއްޔާތުގައިވާ މުދަލާއި އެކައުންޓުގައި ހުރި ފައިސާގެ 50 ޕަސެންޓް އޭނާ އަށް ނަގައިިދިނުމަށެވެ. އެކަމަކު ކޯޓުން ބެލިއިރު، ހަކީމީގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ.
ހަކީމީ އޭނާގެ ކުރީގެ އަންހެނުންނާ އެކު.
ރިޕޯޓްތައް ބުނާ ގޮތުގައި ހަކީމީ ވަނީ އެ ހުރިހާ މުދަލަކާއި، ފައިސާއެއް މަންމަ ފާތިމާގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ. އެއީ މި މައްސަލަ ފެންމަތިވުމުން މުދާތައް ސަލާމަތްކުރަން ކުރި ކަމެއް ކަމެއް ނުވަތަ މާކުރިން ވެސް ވެސް ކޮށްފައިވާކަމެއް ކަމެއް ނޭގެ އެވެ.
ހަކީމީ އަކީ އޭނާގެ މަންމަ ދެކެ ވަރަށް ލޯބިވާ އަދި އެކަން އަމަލުން ދައްކާ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް މޮރޮކޯ ކުރި ދަތުރުގައި ވެސް ކޮންމެ މެޗަކަށް ފަހު އޭނާ މަންމައާ އެކު އުފާފާޅުކުރެ އެވެ.
ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑާއި އިންޓަ މިލާނުގެ ކުރީގެ ކުޅުންތެރިޔާ އަށް ގަތަރުގެ މަހުޖަނުން ހިންގާ ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 12 މިލިއަން ޑޮލަރު ދެ އެވެ.
މޮރޮކޯ އާއިލާއަކަށް، ސްޕެއިނުގައި އުފަންވި ހަކީމީގެ ކުރީގެ އަންހެނުން ހިބާ އަކީ، ޓިއުނީޝިއާ އާއިލާއަކަށް ސްޕެއިނުގައި އުފަންވި އެ ގައުމުގެ ފިލްމީ ތަރިއެކެވެ. ހަކީމީ އަށް ވުރެ 12 އަހަރު ދޮށީ ހިބާއާ ކައިވެނިކޮށްގެން އޭނާ އަށް ދެ ކުދިން ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފީކޯތް އަލިފުޅު
17 April 2023
މިގޮތަށް މުއްސަނދި ވާންވެގެން މިއުޅޭ ދިވެހި އަންހެނުން ވެސް މޮޔަ ވެގެން އުޅެނީ. އިންސްޓަގުރާމް ހުރިހާ މޮޑެއްޔުން ނަކީ މިފަދަ މީހުން. ފައިސާ ގެ ދަހިވެތިކަމުގައި ހަށިގަނޑު ވިއްކަމުން ދަނީ. ބޭރު ފުށުން ބަލާލަން ރީއްޗަސް އެތެރެ ނަޖިސް.
އަހެން
15 April 2023
ނުލަފާ ފިރިހެނެއް
މުސަޅު
15 April 2023
ތިދެމީހުން ކުރެ އެކަކުވެސް ރަނގަޅެއް ނޫން
ދޮންކަބިލި
16 April 2023
ރަގަޅު ނުބައި ކިޔަންމީ ހާކުހެއްޔެވެ.! އެއްވެސް މީހެއްގެ އަގީގަތެއް ނޭނެއެވެ.
ހިބާ..
15 April 2023
އަދި ދުލެއްނުކުރާނަން.. ތިގޮތަށް މަކަރު ހަދާގެން ނޫޅެވޭނެ..
މޮޅު ހަކީމު
15 April 2023
ރާއްޖޭގަ ވެސް އުޅޭނެ އަންހެން ގްރޫޕެއް. މުއްސަނދިންނާ އިނދެ ދަރިން ހޯދާފަވަރިވގެން އެދަރި ބޭނުންކޮަށްގެން މުއްސަނދި ދިރިއުޅުން އުޅޭ.
ޝެފް މަހާ
15 April 2023
ޥަރައް ރަނގަޅު ވާހަކައެއް .
މަހާ ނަސީރު
15 April 2023
ވ ބޮޑުތެދެއް . ޢަހަރެންވެސް ތަޖުރިބާ ކުރިންލޯ ކުރިމަތީ
ހަކީމީގެ މަންމަ
15 April 2023
މަގޭ ސޮރަށް އިނގޭ އެމަންޖެ އެކަހަަލަ އެއްޗެއް ހަދާނެކަން.
ލޮންބާޑިސް
15 April 2023
ސާބަހޭ ހަކީމީ ތީ ހަމަ ހަކީމީ ބޭސް ވެރިއެއް
ރަދީފްއޮފިޝަލް
15 April 2023
މުދަލާއި ފައިސާ ނޫން އެއްތައް ބޭނުން ނުން ކަނބަލުންނަށް އިބްރަތަކަށް ވެއި.
މަންމަ
15 April 2023
މަންމަދެކެ ލޯބިވާ ކުދިންނަށް ދެރަގޮތެއް ނުމެވާނެ!
ޖުއްބާ
15 April 2023
ކަނބުލޯ ބުނަން ވާހަކައެއް. ތިއައް ކިޔާނީ "ތަކުރު ގެއްލި، ލިބާސްވެސް ގެއްލުން.
ދެދެދެ
16 April 2023
ނުކިޔާނެ، މިޔަކު ނޫޅެ ތަކުރަކާ ލިބާހަކާ. އެމީހުން ނުވެސް ދަންނާނެ