ކޮތަޅުތަކެއްގައި ކުނި ބޭރުކޮށްފައި. ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުން-- ފޮޓޯ: މިހާރު
20 އެޕްރީލް 2023 - 11:22
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށި ނަމަވެސް ވެމްކޯ އިން ޑަސްބިން ކޮތަޅު ފޯރުކޮށްދޭން އަދި ނުފެށޭ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ވެމްކޯ އިން ބުނީ، ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، މިހާރު ކުރާ ކަމަކީ އާންމުންނަށް ކުނި އަޅާނެ ކޮތަޅު ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދުން ކަމަށެވެ.
އެކަމަކު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގުކުރި، ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ދޭތެރޭގައި، އެ ގާނޫނާ ގުޅިގެން ކުރިމަތިވާ އެކި ކަންކަމަށް ތައްޔާރުވާން ހަތަރު މަސް ލިބުނެވެ.
ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.
ވެމްކޯ އަށް އަދި ކުރެވުނު ކަމަކީ ކޮތަޅުތަކުގެ ޑިޒައިން ނިންމައި، އެ ފޯރުކޮށްދޭނެ ބަޔަކު ހޯދުމެވެ. އެކަމަކު، އެކަން ކުރަން ހޭދަވާނެ މުއްދަތެއް އެ ކޯޕަރޭޝަނުން ނުބުންޏެވެ.
ވެމްކޯ އިން ބުނިގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަށް ކޮތަޅު ފޯރުކޮށްދެވޭތޯ އެވެ.
ނަމަވެސް ގާނޫނަށް ގެނައި ބަދަލުގައި ހުރި ފޫނުބެއްދޭ ކަންތައްތަކާ ގުޅިގެން ކުނި އުކަން ވެސް ބޭނުންކުރާ ކޮތަޅު ބޮނޑީގެ އަގު ވަނީ އުފުލިފަ އެވެ.
ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ. އޭގެ އިތުރުން ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަލުން ވެސް ދޫކުރާ ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ އެއް ނަގަން ފެށި އިރު، އެންމެ ގިނަ ބަޔަކު ކޮތަޅު ބޭނުން ކުރަނީ ކުނި އެޅުމަށެވެ. އާ ގާނޫނާ އެކު، ވިޔަފާރިތަކުން ކޮތަޅު އަގު އެތައް ގުނައެއް ބޮޑު ކުރުމުން، ގިނަ ބަޔަކު އަންނަނީ އެކަމާ ފާޑު ކިޔަމުންނެވެ. އަދި ކުނި އަޅަން ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭތީ އާންމުންގެ ހިތްހަމަ ނުޖެހުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހީމު
21 April 2023
ވެމްކޯއަށް އާ އެމްޑީއެއް އައި ފަހުން ހުރިހާ ކަމެށް ބޮއްސުން ލައިފި. ސަރުކާރުންވެސް ހަމަ ޖައްސާ އިރު ބަލަންވާންނު ޤާބިލު މީހެއް ލާން. މިހާރު ހުރި އެމްޑީގެ ނާޤާބިލުކަން ފާޅުކޮށް ފެންނަން ހުރި އިރު ކީއްތަ ވާނީ އެކަން ކުރެވޭ އެހެން މީހެއް ހަމަ ޖައްސަން އެމަގަމާށް.
ޔޯޔޯ
21 April 2023
އަބަދުވެސް މިސަރުކާރުގެ ކަނތަށް އޮންނާނީ މިހާލުގައި ތައްޔާރެއްނުވޭ މާ ފަހަތުގައި އުޅޭ ބައެއް
ތޮލާލް
20 April 2023
ޢިބޫގެ އީދު ހަދިޔާ ،
ޖުލައި2021
20 April 2023
މިސަރުކާރަށް ރައްޔިތުންނަށް ތަކްލީފު ނުޖައްސާ އެއްވެސް ކަމެއް ތަންފީޒު ކުރަން ހަމަ ނޭގެނީ. ބޮޑުތަނުން ހުރިހާ ޕްރޮޖެކްޓުތަށް މިދަނީ ފެއިލްވަމުން .ދެން ކިހިނެއް 2023 ދެނީ. ރައްޔިތުންނަސް މިޖައްސާ ތަކްލިފް އެމީހުން ހަނދާން ހުންނާނެ.
އެހެންޏާ
20 April 2023
މިފަހަރު ކެމްޕޭން ތެރޭ ކޮތަޅު ބޭނުންކޮށްލަންވާނެ. އޭރުން ރައްޔިތުން ބޮޑަށް ހަނދާން ހުންނާނީ.
އެމީހ
20 April 2023
ހިތާމަޔާ އެކު ދަންނަވަން އޮތީ، ޕްލާސްޓިކް ކޮތަޅު ދެވޭކަށް ނެތޭ. ދެވެން އޮތީ ކުނިކޮޅު އެކަންޏޭ
ނިކަމެތިރައްޔިތުމީހާ
20 April 2023
ވެމްކޯއަކީ ސީދާ 18 ވަނަ ގަރުނުގަ އުޅޭ ބަޔެއް! މިހާރުން މިހާރަށް އެތާގެ އެމްޑީ ވަކިކޮއްފަ އާޒިމް ކަހަލަ މީހަކާއި ވަގުތީ ގޮތުން ވެސް ހަވާލު ކުރަންވީ! އަހަރެން 3 ދުވަސް މަތިން ގުޅައިގެން ކުނި އުކާލަން ލިބުނު ޕިކަޕު ހަތަރު ދުވަސް ވަންދެން ކެންސަލް ކުރަމުން ކުރަމުން ގޮއްސަ މައްސަލަ ޖެއްސީމަ ބުނީ ނެތޯ ބުކިން ހަދާފަ! ޒުވާބުކޮށް ދޫ ނުދިނީމަ 5 މިނިޓު ފަހުން ބުނީ އެރޭ ޕިކަޕް ފޮނުވާނަމޭ! އެންމެ ފަހުން 650 ދީފަ ކުލީ ޕިކަޕަކުން އުކާލީ!
ދގދސެފ×
20 April 2023
ވެމްކޯ އުވާލާ ބޮންދު ސިސްޓަމް އަނބުރާ އިޔާދަކުރޭ.
ނުކޮށް
20 April 2023
ބޮންދުންވެސް އުވާލާ ގޮތަށް ކޮންމެ ބްލޮކެއްގަ ބަހައްޓަދޭ ޑަސްބިންތަކަށް ކުނި އެޅޭ ގޮތަށް ހަދަންވީ.
ޑިމޮކްރަސީ
20 April 2023
2023 ގަ އަނެއްކާވެސް އަނެއް ދިވެހިޜާއްޖެ ޕްރޮމޯޓްކޮށްފަ ގަދަޔަށްޖައްސާ އެރާއްޖެ އަތުވޭތޯ އެރާއްޖޭގަ ހުރިހާ އެއްޗެއް ފްރީވާނެ ހިތައް އަރުވާލީ އެއެއްޗެއް އޮންނާނީ އެނދުގެ ބޯލާކޮޅުގަ
ވަންއޮފްއަސް
20 April 2023
އަދި އެންމެބޮޑު ކަމިޝަންއެއް ދޭނެ ބަޔަކު ނުފެނިގެންނޯ ލަސްވަނީ!
ހަމަހަމަކަން
20 April 2023
ވަކި ބިޒުނަސް އަކަށް ފައިދާ ވާގޮތަށް ގާނޫނު ހެދޭތަ؟ މިއަޖާއިބެއްފަދަ ކަމެއް.