ހަނިމާދޫ 18 މަގެއްގައި ވަނީ ތާރު އަޅައި ނިންމާފައި. އެ ޕްރޮޖެކްޓަށް 28 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ-- ފޮޓޯ: އެމްޓީސީސީ
24 އެޕްރީލް 2023 - 14:04
ހދ. ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައި، ރަނގަޅު ފެންވަރަކަށް މަގުތައް ހަދަން ހިންގި މަޝްރޫއު އެމްޓީސީސީން ނިންމައިފި އެވެ.
އެ ޕްރޮޖެކްޓަށް ވަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ހަނީމާދޫ އަކީ ހދ އަތޮޅުގެ އެންމެ ބޮޑު އެއާޕޯޓު އޮންނަ ރަށެވެ.
އެމްޓީސީސީއިން ބުނީ މަގު ހެދުމުގެ ޕްރޮޖެކްޓާ އެކު މަގުތަކުގައި ފެންބޮޑުވުމާއި އަޑިގުޑަން ކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 44،000 ސްކޮއާ މީޓަރުގެ ދުއްވާ ސަރަހައްދަކާއި 18،000 ސްކޮއާ މީޓަރުގެ ހިނގާ ސަރަހައްދެއް ވަނީ ހަދައިފަ އެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމާއި ސާވިސް ލައިން އެޅުމާއި ޑްރައިނޭޖް ސިސްޓަމް ވަނީ ގާއިމްކޮށްފަ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ 18 މަގެއްގައި ވަނީ ތާރު އަޅާފަ އެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއިން ފެށީ 2019 ވަނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލުބެ
25 April 2023
الحمد لله
ޙަބީބު.
24 April 2023
ގަފޫރު ކުޅުދުއްފުށި އުތުރުދާއިރާގަ ދެދައުރު ނިންމާފަދިޔައިރު ވީއެއްވެސް ކަމެއްނެތް ހޮސްޕިޓަލެއް މަގެއް އެއާޕޯޓެއް ނުވިތާ މަދިރިވެސް ނައްތާނުލެވުނުތާ ކުނިމެނޭޖު ކުރާނެ ގޮތެއްވެސް ނުހެދުނު ގަފޫރުގެ ޖެއްސުމުގެ ސަބަބުން ސިޓީގެ ކުރިއެރުމައް ހުރަސްއެޅޭ