ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ސެމީ ފައިނަލްގެ ކުރިން ސާންތިގެ ތައުރީފް ނިޒާމްބެ އަށް

އީގަލްސްގެ ކޯޗު ސާންތި (ކ)، ވަނީ ސެމީ މެޗްގެ ކުރިން ބުރުގެ ކޯޗު ނިޒާމްބެ (ވ) އަށް ތައުރީފް ކޮށްފައި.-- ފޮޓޯ: އެފްއޭއެމް / ބުރު ސްޕޯޓްސް

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ކްލަބް އީގަލްސް އިން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި)، ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ތައުރީފް ކޮށްފި އެވެ.

ނިޒާމްބެ އަކީ އީގަލްސް މިހާތަނަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި 2016 ގެ ފައިނަލްގައި އިދިކޮޅުން ނުކުތް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗެވެ. އެ އަހަރު އީގަލްސް މުބާރާތް ކާމިޔާބު ކުރީ ސާންތިގެ އިރުޝާދުގެ ދަށުންނެވެ.

ސާންތި ބުނީ ބުރު ސްޕޯޓްސް ސެމީ އަށް ދިޔައީ މާޒިޔާ އަތުން މުހިއްމު މޮޅެއް ހޯދައިގެން ކަމަށާއި އެ ޓީމު ސެމީ ގައި އެޓީމު ބަލިކުރަން އުނދަގޫ ވާނެ ކަމަށެވެ.

"ނިޒާމްބެ ހުރުން އެއީ އެޑްވާންޓޭޖެއް، ފުރަތަމަ ފަސްޓް ޑިވިޝަނަށް އަރައިގެން ޓީމެއް އަންނައިރު ރަނގަޅު ކޯޗެއް ހުރުމަކީ މުހިއްމު ކަމެއް. ތަޖުރިބާ ހުރި، ޒުވާން ކުޅުންތެރިން ގެންގުޅެވޭ، ޒުވާން ކުޅުންތެރިން އުފައްދާ ކޯޗެއް އެއީ. އެއީ މިވަގުތު ވަރަށް ބޮޑު އެޑްވާންޓޭޖެއް ބުރު ކަހަލަ ޓީމަކަށް،" ސާންތި ބުންޏެވެ.

"މުބާރާތް ފެށުނުއިރު ވެސް އެއްވެސް ޓީމެއް ދެކެ ޖެހިލުން ނުވާނެކަން ތަކުރާރުކޮށް ބުނެ، ސާބިތު ވެސް ކޮށްދީފި. މިހާރު ކުޅުންތެރިން ތިބޭނީ މޯރަލީ ވެސް ވަރަށް ރަނގަޅު ހިސާބެއްގައި.

އީގަލްސްގެ ޑިފެންސަށް ކުޅޭ ހިސާމް ސަލީމް (ކޮކީ) އަނިޔާގައި ހުރުމުން ނުތަނަވަސް ކަމެއް އޮތް ކަމަށާއި ނަމަވެސް އިސްމާއިލް އީސަ ފަދަ ކުޅުންތެރިން އީގަލްސްގެ ކުރީގައި ރަނގަޅު ފޯމެއްގައި ހުރުމަކީ އޮތް ހިތްހަމަޖެހުމެއް ކަމަށް ސާންތި ފާހަގަ ކުރި އެވެ. މީގެ އިތުރުން އަނިޔާއިން ރަނގަޅުވަމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) މާދަމާގެ މެޗުގެ ފުރަތަމަ 11 އިން ފެންނާނެ ކަމަށް ސާންތި ބުންޏެވެ.

އީގަލްސް އާއި ބުރު ސްޕޯޓްސް ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ހަވީރު 4 ޖަހާއިރެވެ.

ރޯދަ މަހު ސީޒަން ފަށައިގެން މިހާތަނަށް ހުރިހާ މެޗެއް ވެސް ކުޅެފައި ވަނީ ރޭގަނޑުގެ ވަގުތުގަ އެވެ. ނަމަވެސް ކުޅުންތެރިން ރޯދައަށް ތިބެ މާދަމާގެ މެޗު ކުޅެން ޖެހުމާއި އެންމެ ފަހުން ކުޅުނު މެޗަށް ފަހު ކުޅުންތެރިންގެ ރިކަވަރީއަށް އެންމެ އެކަށޭނަ ވަގުތު ނުލިބުމަކީ ޗެލެންޖެއް ކަމަށް ސާންތި ވަނީ ބުނެފަ އެވެ.

އީގަލްސް ސެމީ އަށް ނުކުންނަނީ ގުރޫޕް ސްޓޭޖުގައި ވެލެންސިއާ ބަލިކޮށް ދެ ދުވަސް ފަހުންނެވެ. ބުރު ސްޕޯޓްސް އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ ބަލިކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.

ނިޒާމްބެ ބުނީ ސެމީ ފައިނަލަށް އާދެވުމަކީ، ބުރު ސްޕޯޓްސް އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާއިރު މުޅި ޓީމަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް މެޗަށް ތައްޔާރުވުމުގައި ބެލީ ކުޅުންތެރިން އޯވާ ކޮންފިޑެންސް ވިޔަ ނުދީ، ކްލަބްގެ ވެސް އުއްމީދުތައް މާ މަތި ނުކޮށް ވޭތޯ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއް ކަންތައް އެއީ [ކުޅުންތެރިން އޯވާ ކޮންފިޑެންސް ވިޔަ ނުދިނުން]. އެ މެޗު ނިމުމާ އެކު މަސައްކަތް ފެށީ އެކަމަށް. މިއަދާ ހަމައަށް އައި އިރު އަދި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް،" އީގަލްސް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ގަލޮޅު ދަނޑުގައި މިއަދު އޮތް ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ނިޒާމްބެ ބުންޏެވެ.

"އެމީހުންނަށް ވަރަށް ބޮޑަށް ތަފާތު ދެ މެޗުކަން ވިސްނައިދީފަ ވާނީ. މި މެޗުގައި ކުރަން ޖެހޭ މަސައްކަތް ވެސް ތަފާތު ވާނެކަން، ކުރިން މެޗާ އަޅާ ބަލާއިރު މި މެޗުގައި އިތުރަށް ހިނގާފާނެ ކަންތައްތަކަށް ވެސް އިތުރަށް ސަމާލު ވާން ޖެހޭނެކަން، މިއީ އެ މެޗާ އެއްގޮތަށް ނަތީޖާ ނެރެވޭނެ މެޗެއް ނޫން ކަން."

އިދިކޮޅުން ނުކުންނަ އީގަލްސް އާ ގުޅޭގޮތުން ނިޒާމްބެ ބުނީ އެ ޓީމަށް ވެސް މެޗަށް ނުކުންނައިރު އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އެޑްވާންޓޭޖަކަށް ވާނީ ސާންތި އެޓީމަށް އިރުޝާދު ދޭން ހުރުން ކަމަށެވެ.

"އަސްލު މިހާރު ސާންތި އެހުރީ ސާންތިގެ ސީޓުގައި. ސާންތި އެންމެ ކޮމްފޮޓަބަލް ކޮށް މިހާތަނަށް މަސައްކަތް ކޮށްފައިވާ ސީޓުގައި،" ނިޒާމްބެ ބުންޏެވެ.

"އެއީ ސާންތި އަށް ވެސް އީގަލްސް އަށް ވެސް ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެ އެޑްވާންޓޭޖުގެ ބޭނުން ހިފައިގެން އެމީހުން ނުކުންނައިރު އެމީހުންގެ ސްޓްރެންތު ވެސް އަދި މިހާހިސާބަށް އައި އިރު ފެންނަމުން ދަނީ ވަރަށް ރަނގަޅަށް."

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެދުރުބެ

27 April 2023

ޙުރިހާ ޓީމެއްގެ ކޯޗުން ޒިންމާ ނަގަން ޖެހޭނެ މިފަހަރު ސާފް ޗެންޕިއައްސިޕް ރާއްޖެ އައް ނުލިބިއްޖެޔާ ހާއްސަ ކޮއް މާޒިޔާ

The name is already taken The name is available. Register?

48343

26 April 2023

ދިވެހި ގައުމީޓީމަށް ގޮތްވެދާނެ ތިހެން ވައިޖެހީމާ. އެކަމަކު ނިޒާންބެއަކަށް ގޮތެއްނުވާނެ.

The name is already taken The name is available. Register?

ޞުލް

26 April 2023

މިއީ ދެން ކޮންބައެއް....ދިވެހި ފުޓްބޯޅައިގެ ފެންވަރު އެބަފެނޭ....އަގަތަޅަން ލަދު ކޮބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454