ވިޔަފާރި / ކެންގަރޫ ކިޑްސް

ކުދިންނަށް ފުރުސަތު ބޮޑުވާ ގޮތަށް ކަރިކިއުލަމް ބަދަލުކޮށް ކެންގަރޫ ކިޑްސްގެ އެޑްމިޝަނަށް މާދަމާ ހުޅުވާލަނީ

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ޓީޗަރާ އެކު ކިޔަވަނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

02 މެއި 2023 - 11:19

1 comments

"ޕްލޭ ސްކޫލް" ސިސްޓަމް ތައާރަފްކޮށް، ކުޅިވަރުގެ ތެރެއިން ކުދިންނަށް މުހިންމު ހުނަރުތަކާއި އާދަތައް އަދި ފިލާވަޅުތައް ދަސްކޮށްދެމުންދާ ކެންގަރޫ ކިޑްސްއަކީ ރާއްޖޭގެ އާއްމު ޕްރީ ސްކޫލް ކަރިކިއުލަމާއި ވައްޓަފާޅިއާ ތަފާތުކޮށް ކިޔަވާދޭ ތަނެކެވެ. ފެންވަރު އިތުރަށް މަތިކުރުމުގެ ގޮތުން، މިހާރު ކިޔަވައި ދޭ ކަރިކިއުލަމަށް އާ ދިރާސީ އަހަރަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވީ، އެ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު މާދަމާ ހުޅުވާލާ އިރު އަލަށް ކަރިކިއުލަމަށް ގެނައީ ކުދިންގެ ކުރިއެރުމަށް ގެނައި ބަދަލެއް ކަމަށެވެ. ކުރީގެ ކަރިކިއުލަމަށް ވުރެ، އަލަށް ތައާރަފުކުރާ ކަރިކިއުލަމްގައި ކުދިންނަށް ދޭ އަހަންމިޔަތާއި ފުރުސަތު ބޮޑު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގެ އެޑްމިޝަންއާ ގުޅޭ ޕޯސްޓެއް.

"މިހާރު ވެސް ވަރަށް ބޮޑަށް ކުދިންގެ އުމުރާ ގުޅޭ ގޮތަށް އަޅުގަނޑުމެން ކިޔަވައި ދެނީ. އާ ކަރިކިއުލަމްގެ ތެރެއިން، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ތަރައްގީ އަށް އަމާޒުކޮށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. ޓީޗަރުންނަށް ވުރެ ގިނައިން ދަރިވަރުންނަށް ވާހަކަ ދައްކައި މުއާމަލާތް ކުރަން ފުރުސަތު ލިބޭ ގޮތަށް ކަރިކިއުލަމަށް ބަދަލު ގެނެސްފައި ވާނީ،" ތަހުމީނާ ވިދާޅުވި އެވެ.

"މިއީ ދަރިވަރުންގެ މުއާމަލާތް ކުރުމުގެ ހުނަރުތައް އިތުރަށް ތަރައްގީ ވާނެ ކަމެއް."

ތަހުމީނާ ވިދާޅުވީ ކެންގަރޫ ކިޑްސް ސްކޫލުގެ އަމާޒަކީ ކުޅުމުގެ ތެރެއިން އެކި ކަންކަމަށް ކުދިން އަހުލުވެރި ކުރުވައި، އެކި ކަންކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ދީ، އެކި ދާއިރާތަކަށް ލޯ ހުޅުވައި، ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. ކޮންމެ ގްރޭޑެއްގައި ވެސް އެ ގްރޭޑެއްގެ ކުދިންގެ އުމުރާ ގުޅޭ ގޮތުން އެކި ލައިފް ސްކިލްތަކާއި ދިރިއުޅުމުގައި މުހިންމު އެކި ކަންތައްތައް ދަސްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުނިގޮތުގައި އެއީ ތުއްތު ކުދިންނަށް އެންމެ އެކަށީގެންވާ ކަރިކިއުލަމް އެކުލަވާލާފައިވާ ސްކޫލެވެ. އެއީ ބެލެނިވެރިންގެ އަޑު އަހައި، އެ މީހުންގެ ހިޔާލާއި ޝަކުވާ އަދި ހުރި ކަންބޮޑުވުންތައް ވެސް ބަލައިގަންނަ ސްކޫލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ބެލެނިވެރިންގެ ހިޔާލު ހިމަނާ ކެންގަރޫ ކިޑްސްއިން ޕޯސްޓު ކުރި ވީޑިއޯއެއް.

"އަޅުގަނޑަށް ފާހަގަވީ ސްކޫލްގެ ޕްރިންސިޕަލް ވަރަށް ބޮޑަށް ބެލެނިވެރިންގެ ހިޔާލު އަޑުއަހައި، އެ ހިޔާލުތަކާ އެކު ކަންތައްތައް އިތުރަށް ރަނގަޅު ކުރާ ކަން. ޓީޗަރުން ވެސް ދަރިވަރުންގެ ތަރައްގީ އަށް އަޅުގަނޑުމެން ދޭ ހިޔާލު ބަލައިގަނޭ. އަދި ކުއްޖާއާ މެދު އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އޮތް ނަމަ އެ ކަމެއް އަޑު އަހައި އެ ކަމަކަށް ހައްލު ހޯދައިދޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ކެންގަރޫ ކިޑްސްއަކީ ކުދިންގެ ލިޓްރަސީ އަށް ހާއްސަ އިސްކަމެއްދޭ ސްކޫލެއް ކަމަށެވެ. އެ ސްކޫލުން ކިޔަވައި ނިމޭ ކޮންމެ ކުއްޖަކަށް ވެސް ގްރޭޑް 1 އަށް ބޭނުންވާ ފެންވަރަށް ލިޔަންކިޔަން ދަސްކޮށްދީ، ފޮތް ކިޔުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުމަށް އެ ސްކޫލުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނިގޮތުގައި، ކެންގަރޫ ކިޑްސް އަށް އޭނާގެ ދަރިފުޅު ގެންދަން ފެށި ފަހުން ދަރިފުޅުގެ ގާތުން އޭނާ އަށް ވެސް ގިނަ ކަންތައްތަކެއް ދަސްވެއްޖެ އެވެ.

"އަޅުގަނޑަށް ވެސް ނޭނގޭ އާ މައުލޫމާތުތަކެއް ދަރިފުޅުގެ ކިބައިން ލިބޭ. ކެންގަރޫގައި ތީމް ބޭސްޑްކޮށް، ކޮންމެ މީހަކު ވަކި ތީމެއް ހިޔާރުކޮށް، ކިޔަވައި ދޭތީ ހީނުކުރާހާ ގިނަ ކަންތައްތަކެއް ދަރިފުޅަށް އެނގޭ. އޭނަގެ މައުލޫމާތު ވަރަށް މުއްސަނދި،" އޭނާ ބުންޏެވެ.

ބެލެނިވެރިޔާ ބުނީ، ކެންގަރޫ ކިޑްސްއަކީ އޭނާގެ ދަރިފުޅުގެ މުސްތަގުބަލަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަން އެ ސްކޫލްގެ ކުދިންނަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން އެނގޭ ކަމަށެވެ.

"މި ތަނުން ދަރިފުޅު ގްރޭޑް ސްކޫލަށް ތައްޔާރު ކޮށްދީފި. ތައުލީމީ ދެ ވަނަ މަރުހަލާ އަށް ތައްޔާރުވެ، އެކަމަށް ބޭނުންވާ ކަންކަމަށް ލޯ ހުޅުވި ހުރެ ދަރިފުޅަށް ގްރޭޑް ސްކޫލް ފަށަން ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ބެލެނިވެރިޔާ ބުންޏެވެ.

"އަޅުގަނޑު މި ތަން ހިޔާރު ކުރީ ވެސް ވަރަށް ރިސާޗްކޮށްފައި. ތަޖުރިބާ އަށް ފަހު ބުނެވޭނީ ހީކުރި ވަރަށް ވުރެ ވެސް މާ ރަނގަޅޭ."

ނޯޓް: މިއީ ކެންގަރޫ ކިޑްސްގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލުމުން

02 May 2023

ކެންގަރޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454