އެމްއެމްއޭ. ޔޫޒަބަލް ރިޒާވް 200 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މެއި 2023 - 15:31
ޔޫޒަބަލް ރިވާޒްގައި ހުރި ވަރު 200 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 260 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ ވޭތުވެދިޔަ ތިން މަހުން ޔޫޒަބަލް ރިޒާވް ވަނީ 60 މިލިއަން ޑޮލަރު ދަށްވެފަ އެވެ.
މިދިޔަ އަހަރުގެ މާޗް މަސް ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވް ހުރީ 400 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ، މި އަހަރުގެ މާޗް މަހު މި ވަނީ ރިޒާވް 50 ޕަސެންޓަށް ދަށްވެފަ އެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 290 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ރިޒާވް ދިޔައީ ދަށްވަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޔޫޒަބަލް ރިޒާވް ހުރީ 105 މިލިއަން ޑޮލަރުގަ އެވެ. އެއަށް ފަހު އަނެއްވާ ވެސް ރިޒާވް ދިޔައީ އިތުރުވަމުންނެވެ.
ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވް ހުރީ 790 މިލިއަން ޑޮލަރުގަ އެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ ތިން މަސް ތެރޭ ޖުމްލަ ރިޒާވް ވަނީ 760 ޑޮލަރަށް ވެއްޓިފަ އެވެ.
ރިޒާވް އެހާ ބޮޑަށް ދަށްވެފައި ވަނީ ލޯނާއި ސެކިއުރިޓީ އަށް ބޮޑު އަދަދެއް ދައްކަން ޖެހުމުންނެވެ. ލޯނާއި ސެކިއުރިޓީ އާއި ޑިޕޮސިޓުގެ ގޮތުގައި 564 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 830 މިލިއަންގަ އެވެ. އެހެންވެ، ވޭތުވެދިޔަ ތިން މަހުން ރާއްޖޭގެ ރިޒާވުން 70 ޑޮލަރު ވަނީ މަދުވެފަ އެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ރިޒާވް އިތުރު ކުރުމަށްޓަކައި އިންޑިޔާގެ ރިޒާވް ބޭންކުން ކަރެންސީ ސްވޮޕް ފެސިލިޓީން 400 މިލިއަން ޑޮލަރާ ހަމައަށް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އެ ފެސިލިޓީގެ ބޭނުން އަންނަނީ ރިޒާވް ރަނގަޅު ކުރަން ބޭނުން ކުރަމުންނެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްތާ މީރާ.....
03 May 2023
އަސްތާ! މިދޯ ވިވާގޮތަކީ؟؟؟؟؟؟ މީރާ އިން މަގޭ އެކައުންްޓްަށް ފުރީޒްކޮށް އެކްއުންޓްގަ ހުންނަ ލާރިކޮޅު އަމިއްލަ އަށް ނެގީ މިހެންވެ ދޯ؟؟ މުއްސަދީންގެ އެކައުންޓް ތަކާއި ކުޅޭކަށް ނުކެރޭ،،،،،،،،،،،،،، ޓެކުސް ކަމިސަނަރ ފަތހުއްލާ އިސްތިއުފާ.އަވަސް އަވަސް.އަވަސް !!!!!!!!
ދަވާލީ
02 May 2023
ބާރަށް އަތްޖަހާ ބާރަށް އަތްޖަހާ އިގުތިސޯދު އަރައިގެން ތިޔަދަނީ ފަތުއަޑުކިޔާފައި ، ހުރިހާ މީހުންގެ މުސާރަތަށް ބޮޑުކުރޭ 5ވަނަ ދައުރަކަށް ތައްޔާރުވޭ
ކޮރަލް
02 May 2023
ބޮޑު ލޯނެއް ނަގާ އިރަށް ޔޫސަބަލް ރިޒާވް މައްޗަށް ދިޔައީ އެވެ. ބޭރުގެ ލޯން ތައް ދައްކާ އިރަށް ރިޒާވް ދަށައް ދިޔައީ އެވެ.
ކުދު ފުތާ
02 May 2023
ކަލޯ ފޫ މުޅިން ދިޔައީ! މިހާރު ޔޫޒަބަލް ވެސް ނެތް