އައިކެއާއިން ވިއްކާ ފްރޭމްތަކެއް: ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހާއްސަ ޑިސްކައުންޓެއް ދޭން އައިކެއާ އިން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
09 މެއި 2023 - 11:55
ކުޑަކުދިންގެ ދުވަހާ ދިމާކޮށް، އައިކެއާ އޮޕްޓިކަލްސްއިން މާދަމާ ކުރިއަށް ގެންދަން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
ކުޑަކުދިންގެ ދުވަހަށް ހާއްސަކުރި ޕްރޮމޯޝަންގައި، 18 އަހަރުން ދަށުގެ ކުދިންނަށް އައިނުގެ ފްރޭމާއި އަވިއައިނުން 25 ޕަސެންޓުގެ ޑިސްކައުންޓު ދޭން ވަނީ ނިންމައިފަ އެވެ. މި ޕްރޮމޯޝަން އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ގެންދާނެ އެވެ.
އައިކެއާ އިން ބުނި ގޮތުގައި އެއް ދުވަހުގެ މި ޕްރޮމޯޝަނަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އެ ކުދިންނަށް ހާއްސަ ބޭނުންތެރި ހަދިޔާއެއް ބެލެނިވެރިންގެ ފަރާތުން ދޭން މަގުފަހިކޮށްދޭން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
އައިކެއާގެ ޕްރޮމޯޝަނާ ގުޅޭ ޕޯސްޓެއް.
އައިކެއާއަކީ ކުޑަކުދިންނާ ގުޅޭ އެކި ސައިޒުގެ، އެކި ވައްތަރުގެ އައިނު ދުނިގަނޑާއި އަވިއައިނު ވިއްކާ ތަނެކެވެ. އެ ތަނުގައި ބޭރު ދުނިޔޭގައި މަގުބޫލު އެކި ބްރޭންޑުތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ވިއްކަ އެވެ.
ކުޑަކުދިންގެ ދުވަސް ފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން އައިކެއާ އިން މީގެ ކުރިން ވެސް މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy