ހިޔާ ފްލެޓްގެ އެއްކޮށްލި އެޕާޓްމަންޓްގެ ފޮޓޯއެއް.
11 މެއި 2023 - 10:13
ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާ އިން ޖޫރިމަނާކުރި މީހާ އަށް ދިން މުއްދަތުގައި އެ ފައިސާ ނުދެއްކުމުން އަޅާނެ ފިޔަވަޅެއް މި ވަގުތަށް ނެތް ކަމަށް އާބަންކޯ ބުނެފި އެވެ.
އެ ކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ރޭ "މިހާރު" އަށް ވިދާޅުވީ، އެ ޖޫރިމަނާ ފައިސާ ދައްކަން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވިއިރު އެ އަށް އަމަލު ނުކުރި މައްސަލާގައި ގޮތެއް ނިންމާނީ އަންނަ ހަފުތާގައި ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކޮށްފައި ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވި އެވެ.
ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި އަދަބު އައީ ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ މައްޗަށެވެ. އެނގިފައިވާ ގޮތުގައި އެޕާޓްމަންޓްގެ ފާރެއް ތަޅާލައިގެން އޭނާ ގުޅުވައިލީ އާއިލާގެ މީހެއްގެ އެޕާޓްމަންޓާ އެވެ. ކޮންމެ އެޕާޓްމަންޓެއް 100،000ރ. އިން ޖޫރިމަނާ ކުރި އެވެ.
ހިޔާ ފްލެޓްގެ އެއްކޮށްލި އެޕާޓްމަންޓްގެ ފޮޓޯއެއް.
ދެ އެޕާޓްމަންޓް އެއްކޮށްލައި އެ ދެ ތަން ވަނީ ވަރަށް ލަގްޒަރީކޮށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ގޮވާލައި އަދި ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި ޝަކުވާތައް އޮއްސާލެއްވި ޝަމާލް އޭނާގެ އެޕާޓްމަންޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަމަށް ވެ އެވެ.
ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި 200،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން އާބަންކޯ އިން އެޕާޓްމަންޓް ހަވާލުކުުރިއިރު ހުރި ގޮތަށް ބަދަލުކުރަން ވެސް އެ ކުންފުނިން ވަނީ 10 ދުވަސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީސް
13 May 2023
"އެޕާޓްމަންޓް ހަވާލުކުުރިއިރު ހުރި ގޮތަށް ބަދަލުކުރަން ވެސް އެ ކުންފުނިން ވަނީ 10 ދުވަސް ދީފަ އެވެ." މީ ފައްކާނިންމުމެއް. ހަވާލުކުރިއިރު ހުރިގޮތަށް ބަދަލުކުރަންނާ އެތާހުންނާނީ ހަތަރުފާރެއްނު. ބޮޑެތިފިރިހެނުން ތިބެގެން ނިންމާނިންމުން މިހުންނަނީ.
ޙހހހހހ
11 May 2023
މެންދުރު އިރުފެންނަހެން ޔަގީންކަމެއް ތިކަމަށް އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ. އިންތިހާބަށް މަހަކަށްވީމަ ތިބުނާ ކަލޭގެއަށް މާފުދީ ޖޫރިމަނާއާ ކުލިވެސް މާފުކޮށްލަދޭނެ. އެއީ މިގައުމު ހިނގާގޮތް. ގެދޮރު ނެތި ކުލީގެ އަޅުވެތިކަމުގަ އުޅޭ މީހާ ގެދޮރު ނެތި މަރުވެދާންވީ. މިއީ މިގައުމުގަ ކަންހިނގާގޮތް. ޖާހިލުންގިނަވި ވަރަކަށް ތަންފަސާދަވެ ހަމަޔާލަމަޔާވެސް ގެއްލިދޭ. މިގައުމު ހިނގަނީ މި ބީދައިން.
ޖަނާބުވޭސާ
11 May 2023
ފާރުތަޅާލާ އެޕާޓްމެންޓް އެެއްކޮށް ލަގްޒަރީ ކޮށް ހަދާފާ ކުލިނުދައްކާ؟ މިވަރުގެ މީހަކު ހިޔާ ޔުނިއަންގަ ބަހައްޓައިގެންތަ ދެންތިބި މީހުން އެއުޅެނީ؟
ބޮޑުމީހާ
11 May 2023
މިއަދު ހިފާ ހައްޔަރުކުރަންވީ ދައުލަތް ހިންގަން ތިބި މީހުން. ތިތަންތަނަށް ވަދެ ތިބީ ހަގީގަތުގައިވެސް ފްލެޓް ލިބެންޖެހޭ މީހުންތޯ ކަށަވަރުކުރުމަކީ އެމީހުންގެ ޒިންމާއެއް. އަދި ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެއްކަން އެގިތިިބި އެތައް ބަޔަކު އެތަންތަން ކުއްޔަށް ދީގެން އެބައުޅޭ. ހައްގު ނޫން މީހާއަށް ކޮތަރުކޮށި ލިބުނީމާ ރަނުންވެސް ޖަރީކުރާނެ!
ނަޖޫޖޫ
11 May 2023
ކުއްޔަށްދީގެން ލިބޭފައިސާންވެސް ފްލެޓްގެ ލާރިނުދައްކާ. ހަޔާތްކުޑަކަމާއި ލަދުވެތިކަންކުޑަކަމުގެވެސް އިންތިހާ. ސަރުކާރާ އާވަންކޯއަކީ ވާވެފަ ދެލޯ މަރައިގެން ތިހިޔާ މީހުންގެ ދަށުވެ ގުލާނަކަށްވެފަތިބި ބައިގަނޑެއް.
ޏާނީ
11 May 2023
ތައުލީމެއް ގަވާއިދެއް ނޭނގޭ މީހުން މިތިބެނީ ކުންފުނިތަކުގެ ޕަބްލިކް ރިލޭޝަންގަ. ފިޔަވަޅު އަޅަން އޮންނަނީ ތިތަނުގެ މަސްވަރާ މަޖިލީހުގެ މައްޗަކަށް ނޫން. ދެފާރާތުގެ މެދުގައި އެގްރިމެންޓެއްވަނީ ހަދާފަ އަދި ކަމާގުޅުންހުރި ގާނޫނުތައް އެބަހުރި އެއާއެތްގޮތައް ފިޔަވަޅު އަޅަންވާނީ. ތިބުނާ މަސްވަރާ މަޖިލީހުން ގޮތެއް ނިންމަންޏާ އެކިމީހުންނަށް އަންނާނީ އެކި އަދަބު. ޢިންސާފުވެރިއެއްނުވާނެ. ޕާޓީ މެމްބަރެއް ވީމާ ފިޔަވަޅު ނޭޅިގެން ތިއުޅެނީ.
ތެފައާސާ
11 May 2023
އާބަންކޮއެ އެބުނީ ޖޫރިމަނާ ނުދެއްކިއަސް ދެން ކުރެވޭނެ ކަމެއް ނެތޭ؟؟ ހަހަހަ. ތަންފީޒު ނުކުރެވޭ އަދަބެއް ދޯ މި ދިނީ؟ އަދަބެއް ދޭއިރު އެކަމެއް ތަންފީޒު ކުރެވޭނެ ކޮންމެވެސްކަހަލަ އުސޫލެއްވެސް ވިސްނާލައިގެން ތިބޭނަމަ ދޯ؟ އަހަރެމެން މި ތިބެނީ ލަދުން ދެއަތް ކައިރިކޮށްލަން ނުކެރިފައޭ!!
ބޮޑުދައިތަ
11 May 2023
ބޮޑުދައިތަ ބަލަން ފާރުތަޅާލައި ވޯކް-އިން ކްލޯޒެޓްވެސް ހަދާލާފަ މާޝާﷲ ތިޔަ ފްލެޓް ލިބިފައި ތިޔަހުރީ ހަމަ ތިޔަތަނަށް ހަމަ އެންމެ ޝަރުތު ހަމަވާ މީހާއަށް މާޝާﷲ
ދަލޭކަ ދައިތަ
11 May 2023
އެޅޭނެ ފިޔަވަޅެއް ނޯންނާނެކަން އެނގޭ އެވަރުގެ މީހެއްދޯ ތިވަރުގެކަމެއް ކުރާނީ. ފިޔަވަޅެއް އެޅޭނެބަޔަކުނަމަ ފުރަތަމަ ޖޫރިމަނާކުރިއިރުވެސް އޮންނާނީ ދެން އަޅާނެ ފިޔަވަޅެއް ނިންމާފަ. ޙަފްތާ ފަހަނަޅާދިޔައިމަ އަނެއްކާވެސް ހަފްތާއެއް. ނޫނޭ ކަލޭމެން ކުފޫހަމަވޭ ތިޔަ މަގާމުތަކަށް. ހިޔާފުލެޓްގައުޅޭ އެންމެންވެސް އެޕާރޓްމެންޓްތައް އެއްކޮށް ކަޑައި ގުނަކުރޭ!! މީނަސީބު ލައްވާލާ ދުވަސްކޮޅު. ވޯޓަށްޓަކައި ތިކަންވެސް މާފުކޮށް ދެއްވަފާނެ. އެގްރިމެންޓްވެސްވީ ބޭކާރު
ހިތަދޫ 2
11 May 2023
ފިހާރަ ގަނޑެއް ހިނގާފަ މުދާ ނަގަ ލާރި ނުދީ އުޅޭ މިހެއް، ދެން ކަލޭމެނަށް ވަކި ދޭން އެއްޗެއް؟
ދޮންމަނިކު45
11 May 2023
މިހާރު ބަލަން ވާނެ މަތީ ފްލޯ އެޕާޓްމެންޓަކާ ތިރީ ފްލޯ އެޕާޓްމެންޓަކާ ވެސް ގުޅާލާފަ ވޭތޯ. ކިހިނެއް އެނގެނީ ސިޑިއެއްލާފަ ކޮންގްރިޓް ކަފާފަ ހުރެދާނެ. ހިޔާ މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. އެތަން ލިބުންވެސް މައްސަލައަކަށް ވެފަ އެތިބީ