ރިޕޯޓް

ހިޔާ ފްލެޓް: ކުއްޔެއް ނުދައްކާ، އެޅޭނެ ފިޔަވަޅެއް ނެތި ހިތަކަށް ލިބިފައި!

ާ ފްލެޓް ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ: އެ ޕާޓްމެންޓްތަކަށް ފައިސާ ނުދައްކާ މީހުން ގިނަ -- ފައިލް ފޮޓޯ: މިހާރު

ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގެ އިންފާރު ވައްޓާލައި، ޖެހިގެން ހުރި އެޕާޓްމެންޓާ އެއްކޮށްލައި ފްލެޓް ބަދަލުކޮށްލީ ހަތަރު ކޮޓަރީގެ ލަގްޒަރީ ބޮޑު އެޕާޓްމަންޓަކަށެވެ.

ދެ އެޕާޓްމެންޓް އެއްކޮށްލުމުން 200،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން ދިން މުއްދަތު ވެސް ފަހަނައަޅައި ދިޔައީ އެވެ. އަދި އިންފާރު ރާނައި ދެ އެޕާޓްމެންޓް އަލުން ވަކި ކުރަން އެންގި ނަމަވެސް އެކަމެއް ވެސް ނުކުރެ އެވެ. އޭގެ ދެ ހަފުތާ ފަހުން އާބަންކޯއިން ދެން ނިންމީ އެގްރިމެންޓް ބާތިލު ކުރާށެވެ. އަދި ދެ ތަން ދެ ހަފުތާގެ ތެރޭގައި ހުސްކޮށް ތަން ހަވާލުކުރަން ވަނީ އަންގައިފަ އެވެ.

އެޕާޓްމެންޓްތަކުން ސަރުކާރަށް މަހަކު ދައްކަން ޖެހޭ ފީ، ނުވަތަ އާންމު ނަމުން ނަމަ މަހު ކުލި ވެސް ނުދައްކާ މައްސަލަ ވަކި ކުޑައެއް ނޫނެވެ. އެކަމަކު ތަން އަމިއްލަ ނުވަނީސް ހިލޭ ކޮށްލައިގެން އެތައް ބަޔަކު މިހާރު ވެސް އެބަތިއްބެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު އެކުލަވާލި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ބުނެފައިވާ، ގޮތުގައި 7،000 ފްލެޓް ހަދައިފައިވާ ހިޔާ ސަރަހައްދުގެ 2،400 އެއްހާ އެޕާޓްމެންޓުން ގަވާއިދުން ކުއްޔެއް ނުދައްކަ އެވެ.

ހިޔާ ފްލެޓް ދެ އެޕާޓްމެންޓް އެއްކޮށްލަން އިންފާރު ތަޅާލި ދެ އެޕާޓްމެންޓް: އާބަންކޯއިން މިހާރު ވަނީ ދެ އެޕާޓްމެންޓްގެ އެގްރިމެންޓް ބާތިލުކޮށްފަ -- ފައިލް ފޮޓޯ: މިހާރު

ފައިސާ ނުދައްކާ މީހުންނަށް ފިޔަވަޅު ނާޅަނީ ކީއްވެ؟

ހިޔާ ޓަވަރުގެ އެޕާޓްމެންޓްތައް "ހިލޭ" ކޮށްލައިގެން ތިބޭ ތިބުމަށް ނިމުމެއް ގެންނާކަށް އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. އެތަނުން މީހުން ނެރުން، ނުވަތަ ނޯޓިސް ދިނުން ކަހަލަ ކަމެއް މިހާތަނަށް ކޮށްފައެއް ނެތެވެ. އެކަމަކު، ގެދޮރާއި ބިމުގެ ގާނޫނީ މައްސަލަތަކުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެކަން ހައްލު ކުރެވޭނެ ގޮތްތައް އިދާރާތަކުގައި ހުންނާނެ އެވެ. އެކަމަކު އޭނާ ވިދާޅުވީ ނެތީ އެކަން ކުރުމުގެ މަގުސަދު ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ މާސް ލެވަލްގައި ކުލި ދައްކަމުން ނުދިއުން. އެހާ ބައިވަރު ބަޔަކު ކުލި ނުދައްކާކަމަށް ވަންޏާ އެތައް ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު ކުރިމަތީގައި މިއޮތީ ރިޔާސީ އިންތިހާބު ބޯމަތިވެފައި. އެތައް ބަޔަކަށް ފިޔަވަޅު އަޅަން ފަށައިފިއްޔާ ސަރުކާރަށް އެއީ ރިސްކެއް،" އޭނާ ވިދާޅުވި އެވެ.

"އެ ރިސްކު ނަގައިފިއްޔާ ކުލި ނުދައްކާ 2،500 އެއްހާ އެޕާޓްމެޓްތަކުގައި ދިރިއުޅެ ކައިބޮއި ހަދައި ނިދާ ހަދާ އެތައް ބައެއްގެ ޒަރޫރީ ދިރިއުޅުމަށް އެ އަސަރު ކުރަނީ. އެކަން އެގޮތަށް ކޮށްފިއްޔާ އެއީ ސަރުކާރަށް ޑެމޭޖް ވާނެ ކަމެއް. ބޮޑު އިންތިހާބެއް ބޯމަތީގައި އޮންނައިރު ސަރުކާރުން ވިސްނާނެ ކަމެއް އެއީ. އަޅުގަނޑަށް ވިސްނެނީ އެހެންވެއްޖިއްޔާ އެ ފިޔަވަޅު ނާޅަނީ."

އާބަންކޯއިން ބުނީ ކުލި ނުދައްކާ އެޕާޓްމެންޓްތަކަށް ގަވާއިދުން ނޯޓިސް ފޮނުވާ ކަމަށެވެ. އެކަމަކު "މިހާރު" އިން ބެލި ބެލުމުން ކުލި ނުދައްކާ ބައެއް އެޕާޓްމެންޓްތަކަށް، ކުލި ދައްކަން ހަނދާންކޮށް ދީ އެއްފަހަރު ލިޔުމުން ފޮނުވި އެވެ. އޭގެ ފަހުން އާބަންކޯއިން އެފަދަ އެއްވެސް ނޯޓިސްއެއް ވެސް ބައެއް އެޕާޓްމެންޓްތަކަކަށް ފޮނުވާފައެއް ނެތެވެ.

ހިޔާ އެޕާޓްމެންޓްތަކަށް މި މަހުގެ ނިޔަލަށް މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު އާބަންކޯ ދައްކަން ޖެހުނެވެ. ގަވާއިދުން ދައްކާ ބަޔަކު ވިއްޔާ އެވަރު ދައްކަ އެވެ. މި މަހު 11 ވަނަ ދުވަހު ސަރުކާރުން ވަނީ ހިޔާ އެޕާޓްމެޓްގެ ކުލި ކުޑަކޮށްދީ މެއިންޓެނަންސް ފީ އާއެކު 6،300ރ. އަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެއީ ކުރިއަށް އޮތް ހަތް އަހަރަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދެވެ.

އެކަމަކު، ކުލި ނުދެއްކުމުގެ އާދަ އަށަގެންފައިވާ މާހައުލެއްގައި ކުލި އެވަރަށް ކުޑަކުރިޔަސް ކުލި ދައްކައިފާނެ ކަމާ ދޭތެރޭ ސުވާލު އުފެދެ އެވެ.

"މިއީ އެއްބަސްވުމެއްގެ ދަށުން އާބަންކޯ އިން ވިއްކާފައިވާ ފްލެޓްތަކެއް. ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ މަހުން މަހުން ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް. އެހެންވިއްޔާ އެ ފައިސާ ދައްކަން ޖެހޭނެ. ނުދައްކާ ވާނެ ގޮތެއް ނޯންނާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"ވަކި ބަޔަކު ކުލި ދައްކާފައި އަނެއް ބަޔަކު ކުލި ނުދައްކާ އިރު އެ މީހުންނަށް ފިޔަވަޅު ނޭޅި އޮތުމަކީ އެހެން މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް. އަދި ނުބައި އާދައެއް އެ އަށަގެންނެވެނީ."

ދެން ހެދޭނެ ގޮތަކީ ކޮބާ؟

ކުލި ނުދެއްކިޔަސް އެޕާޓްމެންޓްގެ އެގްރިމެންޓް ބާތިލެއް ނުކުރެވެ އެވެ. އެޕާޓްމެންޓްތަކުން މީހުން ނެރެ މަގުމަތިކޮށްލެވޭކަށް ވެސް ނެތެވެ.

"ދެން ޖެހޭނީ ކޯޓަށް ދާން. ބޭންކަށް ދައްކަން ޖެހޭ ލޯނު ބަރާބަރަށް ނުދެއްކީމަ ބެންކުން އެބަ ދޭ ލޯނު ނެގި މީހާ ގޮވައިގެން ކޯޓަށް. ކޯޓު މަރުހަލާއިން އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދީގެން ވެސް އެ މީހާ ފައިސާ ދައްކަން ޖައްސުވާ. އަޅުގަނޑަށް ވެސް ފެންނަނީ އެ ހައްލު މި ކަމުގައި. އެގްރިމެންޓް އޮތިއްޔާ ކޯޓަށް ދެވޭނެ،" ސަރުކާރުން ތަރައްގީ ކޮށްފައިވާ ހައުސިން މަޝްރޫތަކަށް އާންމުން ފައިސާ ނުދެއްކުމުން ދެން އަމަލު ކުރެވޭނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ލޯޔަރަކު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް: ގިނަ ބަޔަކު ކުލި ނުދައްކާ އިރު ފިޔަވަޅު ނޭޅި އޮތް މައްސަލަ ބޮޑު -- ފައިލް ފޮޓޯ: މިހާރު

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ކުލި ނުދައްކައިގެން މިހާތަނަށް އެއްވެސް އެޕާޓްމެންޓެއްގެ މައްސަލަ ކޯޓާ ހަމައަށް ގޮސްފައެއް ވެސް ނެތެވެ.

ކުރިއަށް ހުރި ހައުސިން މަޝްރޫތަކުގައި އެކަމަށް ސަމާލުކަން ދޭނެ

މި މައްސަލަ އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުން މިހާރު ތަރައްގީ ކުރާ ހައުސިން މަޝްރޫތަކުގައި ކުލި ނުދެއްކޭ މީހުންނަށް ހައްލުތަކެއް ހޯދައިދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ސޯޝަލް ހައުސިން ކެޓަގަރީން ދޫކުރާ ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކުލި ނުދެއްކޭ ވަރުގެ އާއިލާއެއް ނަމަ ސަރުކާރުގެ ސޯޝަލް ސްކީމެއްގެ ތެރެއިން އެ އާއިލާ އަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށެވެ.

"އެ ފަދަ އާއިލާތަކުގެ މާލީ ފެންވަރު ދެނެގަނެ އެއީ ކުލި ނުދެއްކޭ ވަރުގެ ބައެއް ނަމަ އެންސްޕާ ކަހަލަ އިދާރާއެއް މެދުވެރިކޮށް އެ މީހުންގެ ކުލި ދައްކައި ދިނުމަށް ލުއި ގޮތްތަކެއް ހޯދައިދެވޭނީ. އެކަމަކު އެފަދަ މީހުންނަށް ފްލެޓް މިލްކެއް ނުވާނެ،" އަކްރަމް ވިދާޅުވި އެވެ.

ފައިސާ ނުދެއްކުމުގެ މައްސަލަ އޮތީ ހަމައެކަނި ހިޔާ ޓަވަރުތަކުގެ އެޕާޓްމެންޓްތަކުގައި އެކަންޏެއް ނޫނެވެ. ވޯލްޑް ބޭންކް ރިޕޯޓްގައިވާ ގޮތުން ހުޅުމާލޭ ފޭސް 1 ގައި ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ މައްސަލަ ބޮޑެވެ.

ރާއްޖޭގައި ހައުސިން ސްކީމްތައް ހިންގަނީ ލޯނު ނަގައިގެންނެވެ. އެއީ ހަމަ އަނބުރާ ދައްކަން ޖެހޭ ފައިސާ އެވެ. ކުލި ނުދައްކާ މީހާ، އެ ފައިސާ ނުދެއްކިޔަސް، ފްލެޓް އިމާރާތް ކުރާ ފަރާތުން އެ ފައިސާ ދައްކަން ޖެހެ އެވެ.

130 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިލް

21 May 2023

މީދެން އަޖައިބެއްނު. ފްލެޓް ދޭ އިރު މާލެގަޔާ ހުޅުމާލޭގައި ގޯއްޗާ ފްލެޓާ ބޯކޮށް އޮތް މީހުނަށް ވެސް ދެވޭ. ފުރަތަމަ ގޯސް! އެންމެ ޒާރޫރީ މީހުނަށް ނުލިބި އުޅޭވެން އޮތް މީހުނަށް ލިބޭ، އަނެއް ގޯސް. ދުވަހަކު މާލޭ ގައި ގިނަވެގެން 10 ދުވަހައްވެސް ނޫޅޭ މީހުނަށް ލިބޭ. ސޯޝަލް ހައުސިންގ އިން ލިބޭ ފްލެޓް އެހެން ފަރާތަކަށް ކުއްޔަށްވެސް ދެވޭ!! ކުލި ނަގައިގެން އާމްދަނީ ހޯދޭ، އެކަމު ފްލްޓުގެ އަގު ހަމަކުރަން ސަރުކާރަށް އަގު ނުދެއްކޭ؟؟ ހަމަ ހުސް ގޯސް! އަތް ދަށުވެފަ!

The name is already taken The name is available. Register?

ޢަރުތަ

20 May 2023

އެޅޭނެ ފިޔަވަޅު ނެތިގެނެއް ނޫން، އިންތިޚާބު ބޯމަތީގަ އޮތީމަ........އިންތިޚާބު ކާމިޔާބު ވެއްޖެއްޔާ އުޑިމަތި އަނބުރާލާނެ، ކޮންމެއަކަސް ދައްކަންޖެހޭ ފައިސާ ނުދައްކާ ބޭނުންހާ ގޮތަކަށް އަތްގަދަކޮށްގެން އުޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ، ވަރިހަމަ ކޮންމެފަދަ އަދަބެއް ދީގެން ނަމަވެސް، ގައުމު ހަލާކު މިވަނީ އެއްވެސް ކަމެއް ތަންފީޒު ނުކުރެވޭތީވެ.

The name is already taken The name is available. Register?

އަލީ

20 May 2023

ފްލެޓަށް ކުލިދައްކަނީ އެއްނޫން ގަންފުލެޓަށް ބަހާލައިގެން ދައްކަން އެއްބަސްވެފައިވާ ފައިސާ ދައްކަނީ, މީ ހަމަ އޮޅުވާލަން ދައްކާވާހަކައެއް

The name is already taken The name is available. Register?

ނަސަ

20 May 2023

އެހެންވީމަ ސަރުކާރުން ފުލެޓް އެޅުން ހުއްޓާލާ ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ތިކަން ކުރަން ފެނޭ. އޭރުން ރެންޓްވެސް ލިބޭނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

20 May 2023

ތިއެކަނިނޫން ތަޅާލައިގެން އުޅެނީކީ. ހިޔާ 10 ގެ 12 ވަނަ ފަންގިފިލާގެ 6 ވެސް ތަޅާ ބިމާހަމަކޮށްފި. އެތަނުގައި އުޅެނީވެސް ވަށް ބާރުގަދަ ބަޔައެއް. ކުރެވޭނެ ކަމެއްވެސް ނެތްކަމަށް ބުނަނީ.

The name is already taken The name is available. Register?

އެކިމީހުނަށް އެކިގޮތް

20 May 2023

އާބަންކޯގެ ނިންމުން އެކިމީހުނަށް އެކިގޮތަށް. ހިޔާ ޓަވަރު 10 ގެ 9 ވަނަ ފަންގިފިލާގެ 3 އާއި 4 ގައި ދިރިއުޅެނީ މެދުފާރު ތަޅައިގެން އެއް ފްލެޓުން އަނެއް ފްލެޓަށް އެތެރޭން ދެވޭގޮތަށް ހަދައިގެން. އާބަންކޯ އަށް މިކަން އެގޭ. އަޅާނުލާ. ޓަވަރުގެ ފަސްޓް ފްލޯގެ ކޮމާޝަން ޖާގަތައްހެދީ މެދުފާރުތައް ތަޅައިގެން. ބައެއް ދިމާލުން ކޮންކްރިޓްވެސް ތެޅި. ޝީޓު ތޮރުފައިގެން ފާޚާނާ ހޮޅިވެސް ބޭލި. އާބަންކޯ އިން ހުއްދަ ދިނީމަ އިމާރާތަށް ގެއްލުމެއްނުވޭދޯ؟

The name is already taken The name is available. Register?

ހިޔާއާއި ޖައްސާނުލާ

20 May 2023

ކޮންމެ ކަމެއްހެވެސް ހަމައެއް ލަމައެއް ތަރުތީބެއް އޮންނަންވާނެ. ހިޔާ ފްލެޓް ލިބުނު މީހުން ކުލިވެސް ދައްކަންވާނެ. އެކަމަކު ނޫސްތަކާއި އެހެން މީހުން ހިޔާގެ ވާހަކަތައް ދައްކަނީ ރަނގަޅު ނިޔަތެއް އޮވެގެނެއް ނޫން. ހިޔާގެ ކުލީގެ ވާހަކަ ދައްކާއިރު، ދިވެހިރާއްޖޭގެ ސޯޝަލް ހައުސިންގެ ތެރެއިން ހުރިހާ ތަނަކުންވެސް ކުލި ދައްކަންވާނެ. ހިޔާ ވީމަ ވަކިގޮތެއް އޮވެގެން ނުވާނެ. އެހެންވީމަ ތަރުތީބުން ފަށާ. ހިޔާއާއި ޖެހޭނީ އެންމެ ފަހުންތާ ތަރުތީބުން އަންނަ ކަމަށްވާނަމަ

The name is already taken The name is available. Register?

ހާޖަރާ

20 May 2023

ބޯހިޔާވަހިކަމެއްނެތި ގިނަ އަދަދެއްގެ މީހުން މާލޭގައި ދިރި އުޅެމުންދާއިރު އެފަދަ ފަރާތްތަކަށް ތިތަންތައް ހުސްކޮށްފަ ދިނުން ކިހިނެއްވާނެތޯ؟؟ މަހުން މަހަށް ކުލި ނުދައްކާ މީހުންނަށް އެ އެޕާރޓްމަންޓްތައް ދީފަ ބެހެއްޓުން ސަރުކާރަށް ލާޒިމްތޯ؟؟؟ މީ ހިތުގަ އުފެދޭ ސުވާލެއް!!!

The name is already taken The name is available. Register?

އަސްލު މައްސަލަ

20 May 2023

ހިޔާ 7000 ފްލެޓް ކުއްޔަށް ވެސް ދަރަންޏައް ވެސް އުޅެން ނެތްނަމަ މާލޭގެ 2 ކޮޓަރި ފްލެޓެއްގެ ކުލި މިހާރު ހުރީހީ 30ހާސް ރުފިޔާގައި 3 ގޭބިސީ އެއްގޭގައި! ވަކިބަޔަކާ އަޅާނުގަނެ އެންމެ އަސާސީ 2 ކަން ރަނގަޅު ކޮށްބަލަ! ޑިމާންޑް ބެލެންސް ވާ ވަރަށް ފްލެޓް އަޅާދެމުން، ގެދޮރު ނެތް މީހުނަށް ނޫނީ ސޯޝަލް ގެދޮރު ނުދިން. މިދެކަން ރަނގަޅު ކޮށްފިއްޔާ ދެން ނުޖެހޭނެ ގެ ލިބުންމީހާ ކުރަނީ ކީއްތޯ ބަލާ އޭނާ އެތާ އަނދަގޮނޑި ޖަހަން ގޮވާކަށެއް!!

The name is already taken The name is available. Register?

ޥަސް

20 May 2023

ކުލި ނުދައްކާ ހުރިހާތަނަކާއި އެއްފަހަރާ ޑީލް ނުކޮށް ފަހަރަކު ވަކި އަދަދެއްގެ ފަލެޓްތަކާއި ޤަވާއިދާއި އެއްގޮތަށް ޑީލްކޮށް އިމުގެ ތެރެޔަށް ވައްދަން މަސައްކަތް ކުރަންވީ. ކުށްކުރާ މީހުންނަކަށްވެސް ނުބުނެވޭނެ އެހެންމީހުން ކުއްކުރާތީއޭ މަކުށްކުރަނީ. ޤަވާއިދު ހިންގުމުގައި ދޫނިދީބަލަ!

The name is already taken The name is available. Register?

ހިޔާމޭން

20 May 2023

އެހެންވީމަ ތަރުތީބުންފަށަމާ ދިރިއުޅެން ދީފަ ހުރި ބަންޑާރަ ގޯތި ކުއްޔަށް ދީގެން އުޅޭ މީހުންނަށް ފިޔަވަޅު އަޅާ ފުރަތަމަ. ދެން ކުރިން ފުލެޓު ލިބުނު މީހުން ތެރޭން ކުއްޔަށްދީ ކުލިނުދައްކާ އުޅޭ މީހުންނަށް ފިޔަވަޅު އަޅާ. މަ ގަވައިދުން ހިޔާ ފައިސާ ދައްކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454