ދެ ކުދިން ގޮވައިގެން ބަޔަކު ސައިކަލުގައި ދަނީ.
19 މެއި 2023 - 17:02
ހަތަރު މީހުން އެއް ސައިކަލަަކަށް އަރައިގެން މަޖީދީ މަގުން މިއަދު ދުއްވާފައި ދަނިކޮށް ހުއްޓުވައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިހެނަކު ސައިކަލް ދުއްވާފައި ދިޔައީ އަންހެނަކާއި ކުޑަ ދެ ކުދިން އަރުވައިގެންނެވެ. ފިރިހެން މީހާ ސައިކަލު ދުއްވަން އިންއިރު އޭނާގެ ކުރީގައި، އަދި އަންހެން މީހާ ފަހަތު ސީޓުގައި އިށީނދެ އިންއިރު އެ މީހުންގެ މެދުގައި ވެސް ކުއްޖަކު އިނެވެ. ބެލެވޭ ގޮތުގައި އެއީ ބޭރު ބައެކެވެ.
ރާއްޖޭގައި ދެ މީހުންނަށް ވުރެން އިތުރަށް އަރައިގެން ސައިކަލްް ދުއްވުން މަނަލެވެ.
އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އެކަން ހިނގާދިޔަ ވަގުތު ގިނަ ބަޔަކު މަގުމަތީގައި ވެސް އުޅެ އެވެ. ބަޔަކު އެ މަންޒަރު ވީޑިއޯ ކުރާކަން އެނގުމުން އަންހެން މީހާ، އޭނާ އަޅައިގެން ހުރި ދޯޕައްޓާ އިން ކުއްޖާ ފޮރުވުމަށް ވެސް މަސައްކަތް ކުރެ އެވެ.
ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ސައިކަލް ދުއްވި ބަޔަކު ހުއްޓުވައި ދުއްވި މީހާއަށް ޓްރެފިކް ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެއީ ޖޫރިމަނާކުރުމެވެ.
އެ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިނާއަތް
21 May 2023
ދުވަސްކޮޅަކުން މި އިންޑިއާމީހުންގެ ނުހޮރޮއްޕާން ބޮޑުވާނެ ބަންގާޅުމީހުންނަށްވުރެ.
އެލޮކޮސް
21 May 2023
ތި އިންޑިއާ މީހުން އައްޑުގައިވެސް މުޅީއާއިލާ އަރުވައިގެން ހަނިހަނި ގޯޅިތަކުން ދުއްވަނީ، ބޮޑުގޯޅި އައީމަ ސައިކަލުން މުޅި އާއިލާ ފުއްމާލާފަ މަގުގެ ދެކޮޅުބަލާއިލާފަ އަނެއްކާވެސް އެތަކަށް އަރާހެން އަރައިގން ޗޫސްލާފަ ދަނީ!
ގުރާ
21 May 2023
އިންޑިއާ މީހުންވީމަ ދެން އެޅޭނެ މާބޮޑުފިޔަވަޅެއް ނޯންނާނެ. ޖޫރިމަނާ ކުރިޔޭ ބުންޔަސް ނުކުރާނެ. ކުރާކަށް ނުވެސް ކެރޭނެ.
ފިނރުޓޭ
21 May 2023
ކޮބާތަ އާއްމުންގެ މީހުން؟ ބޭރު ބަޔެއް ވިއްޔާ ބުނެދީގެން ނުވޭތަ، ރާއްޖޭގައި ދެ މީހުންނަށްވަުރެ ގިނަ މީހުން އަރައިގެން ސައިކަލު ނުދުއްވޭނެއެކޭ! ބޭރު ބައެއް ގައުމުތަކުގައި ގިނަ ބަޔަކު އަރައިގެން ސައިކަލު ދުއްވުމަކީ މަނާ ކަމެއް ނޫން ކަމުން އެ ފަދަ ބައެއް މީސް މީހުންނަށް ހީވެފައި އޮވެދާނެ ރާއްޖޭގައިވެސް ކަން އޮންނަނީ އެހެން ކަަމަށް!
ާާާާޑޑ
20 May 2023
ކޮންމެ ސައިކަލަކަށް 3 މީހުންނަށް އެރޭގޮތައް ހުއްދަދޭންވީ. އޭރުން ދެކުދިން ގޮވައިގެން ސުކޫލައް ދެވޭނެ 1 ސައިކަލުން. ކާރު ބޭނުންކުރާ އަދަދު މަދުކުރެވޭނެ. ދުއްވާ އެއްޗެހި ބޭނުންކުރާ އަދަދު ޑަބަލް މަދުކުރެވި ޓްރެފިކަށްވެސް ހައްލެއް ލިބިގެންދާނެ..
މަލި
20 May 2023
އަދިކިރިޔާ ދޯ ފެނުނީ. ފޭސް 2ގަ ވެސް ހަމަތިޔަގޮތަށް ދުއްވިތަން ދުށިން.
ކަތްދައްތަ
20 May 2023
މިކަން ހުއްދަ ކުރަންޖެހޭ. ސައިކަލަށްވެސް އެރުވުނު ވަރަކަށް އަރުވަންވީ. ކާރު އެއްޗިހި އިންތިހާއަށް އަގު މަތިކޮށްފަ ހިމަފޮދު ކަންޏެއް ޖަހާލިޔަސް އެންގޭޖު އެންޖޭގު. ނުލިބޭނެ ކާރެއް.
ޜާހުތް
20 May 2023
މިއީ އައު ކަމެއްނޫން. ޢަޅުގަނޑަށްވެސް ފެނުނު ހުޅުމާލެ އިންވެސް އިންޑިއާ ބަޔަކު. ޢަދި ފަތިހު އެގޮތަށް އިންޑިއާ ބަޔަކު މާލޭގައި 3 މީހުން ދުއްވާފަ ދަނިކޮށް ފެނުނު.
ފިޓު
20 May 2023
ލައިސަންސް ނަގާއިރުވެސް ނުބުނޭ މަނާ ކަމެކޭއެއް. އެހެންވީމާ މީހަކަށް ނޭނގި އެވަރުކަމެއް ކޮށްފާނެ، ހާއްސަކޮށް ރާއްޖޭ މީހެއް ނޫނިއްޔާ.
ޕޫރުބެ
20 May 2023
މިހާރުމީ އެމީހުންގެ އަވަށެއްވިއްޔާ، އެމީހުން އުޅެނީ ބޭނުންގޮތަކަށް! މިރާއްޖޭގެ ގާނުނޫނު ހިނގަނީ ނިކަމެތި ދިވެހިންގރ މާއްޗަށް، އިންޑިޔާ ލަންކާ ބަންގޤޅުމީހުންނަށް ހރުޖާކަމެއް ހުއްދަ! ޢެކަމު އެގައުމުތަކުގަ ދިވެހިންނަށް ނޫޅެވޭނެ. މީ އެމީހުންގެ ވެރިކަމެއް.