ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

އެކަކު މަދުކޮށް ކުޅުނު ސަސް ބަލިކޮށް މާޒިޔާ އެއްވަނައިގައި ލީޑު ނަގައިފި

މާޒިޔާގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން، އެކަކު މަދުކޮށް ކުލުނު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 3-0 އިން ބަލިކޮށް އެޓީމުން ލީގުގައި މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

މިއީ ލީގުގައި ސަސް ބަލިވި ފުރަތަމަ މެޗެވެ. މި ސީޒަންގައި ސަސް އާއި މާޒިޔާ ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބައްދަލު ކޮށްފަ އެވެ. މާޒިޔާ ވަނީ 8-0 ގެ ބޮޑު ތަފާތަކުން އެ މެޗު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ލީގުގައި މި މެޗަށް ނުކުތުމުގެ ކުރިން ސަސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

ލީގުގައި އެންމެ ފުރަތަމަ ކުޅުނު މެޗުން 5-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރި އިރު ދެވަނަ މެޗުގައި ވަނީ 3-0 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަލިކޮށްފަ އެވެ. ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބު ކޮށްގެން ލީގާ ކުރިމަތިލީ މާޒިޔާ ވަނީ ލީގުގެ ފުރަތަމަ މެޗުގައި 7-2 އިން ޔޫވީ ބަލިކޮށް، ދެވަނަ މެޗުގައި 5-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.

މި މެޗަށް ފަހު ޖުލައި 13 އަންނަންދެން ލީގު މެދުކަނޑާލާއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައި ވަނީ މާޒިޔާ އެކަންޏެވެ. ނުވަ ޕޮއިންޓާ އެކު މާޒިޔާ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް އެވެ. ސަސް އާއި ލީގުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ގްރީން ސްޓްރީޓްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޕޮއިންޓެއް ނުލިބި އޮތީ ޔޫވީ އާއި ކްލަބް ވެލެންސިއާ އެވެ.

މާޒިޔާގެ ޗޯޓު އަރިމަތިން ހުރަހެއް ނަގާއިރު ސަސްގެ ވިޝާހު އަބްދުލް މަޖީދު އޭނާއަށް ހުރަސް އަޅަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މޮޅަށް ކުޅުނީ ސަސް އެވެ. އެޓީމުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ސަސްގެ ފުރަތަމަ ނުރައްކާތެރި ހަމަލާގައި މުހައްމަދު ޝަހާއު (ބޭލް) ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ. އަދި އެޓީމުގެ އަހުމަދު އައިހަމް (ފަތޯ) މާޒިޔާ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައިގެން އަހުމަދު ހުސާމް (ހުސާންކޮ) އަށް ދިން ބޯޅަ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.

ސަސް އަށް މައްސަލަ ދިމާވީ މެޗުގެ 17 ވަނަ މިނިޓުގައި ފަތޯ އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. މާޒިޔާގެ އިބްރާހިމް އައިސަމް ނަގައިދިން ކޯނަރަކުން ނަގައިދިން ބޯޅަ ސަމޫހު އަލީ (ސަމުއްޓެ) ހައިގައި ޖެހިފައި ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް އަތުން އެ ބޯޅަ މަތަކުރުމުން ރެފްރީ ވަނީ ފަތޯ ދަނޑުން ފޮނުވާލައި މާޒިޔާއަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީން މާޒިޔާ އަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެ ކުރިން ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ހުރަހަކުން ހަމްޕު ގޯލު ޖަހަން މަސައްކަތް ކުރި ނަމަވެސް ބޯޅަ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.

ލީޑު ނެގި ފަހުން ހުސާންކޮ ތަނަވަސްކުރި ފުރުސަތަކުން ބޭލް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު، އައިހަމް އަހުމަދު (އައިހު) މާޒިޔާގެ ހާފް މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ހާފް ނިމެނިކޮށް މާޒިޔާ އަށް އިތުރު ގޯލެއް ޖަހަން ލިބުނު ފުރުސަތުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ބޯޅަ ސަސްގެ މުހައްމަދު ނިޒާމް (ޕީކޭ) ބްލޮކް ކުރިއިރު ރީބައުންސްވި ބޯޅަ ހުސެއިން ނިހާން (ނިހާޓް) ފޮނުވާލުމުން ކީޕަރު އަބްދުﷲ ޒިމާމް ވަނީ ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެންމެ ފުރަތަމަ އޭރިއާ ތެރެއިން ހަމްޕު އަށް ހުސްކޮށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާ ނުލެވުނު އިރު އެޓީމުގެ ބިދޭސީ ސްޓްރައިކަރު ސްޓެފަން މިހައިލޮވިޗަށް ލިބުނު ދެ ފުރުސަތުގައި ވެސް ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

އެހެން ނަމަވެސް 63 ވަނަ މިނިޓުގައި ހަންނަ ވަނީ މާޒިޔާ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ޗޯޓު ހުސްކޯށްލާފައި ސްޓެފަން އަށް ދިން ބޯޅަ އޭނާ ކީޕަރު ކައިރިން ނައްޓާލަން ޖައްސާލުމުން، ކީޕަރު ގައިގައި ޖެހިފައި ލިބުނު ބޯޅަ ހަންނަ ވަނީ އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓު ފަހުން ހަންނަ ފޮނުވާލި ބޯޅައެއް ގޯލު އަރިމަތީ ކައިރިން ބޭރަށް ދަނިކޮށް ސްޓެފަން ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑްގަ އެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު) އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ޖަގހައި ގޯލަށް ފޮނުވާލައިގެން މާޒިޔާގެ ތިންވަނަ ގޯލު 82 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އާއި ދާދު ވެސް ކުޅެން ނުކުމެފައި ވަނީ ޗޯޓު އާއި ހަންނަގެ ބަދަލުގައި، އޭގެ ތިން މިނިޓު ކުރިންނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުލާހުދާ

20 May 2023

ތިޔާ މާޒިޔާ ވާވަރު. މެޗަށް ކުޅުންތެރިން އެއްކޮށްލައިގެން ކުޅޭ ޓީމުތައްކައިރީން މޮޅުވެފާ ފޯމުގާ އޮތް ސަސްގެ އެކަކު މަދުވީމަ މި ގޯލެއް ޖެހުނީ. ގައުމީ ޓީމް. ވަރާށް ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454