ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
23 މެއި 2023 - 10:36
ހިލޭ ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ގޮތް ބަދަލު ކުރަން ސިޔާސީ ލީޑަރުން ބޭނުން ނުވާ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ގިނަ ބަޔަކު ދެކޮޅު ހަދާ ކަމެކެވެ. މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުގައި ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުން ދިރިއުޅެމުން އައުމާއި ބިމުގެ އަގު ބޮޑުވުމެވެ.
ނަމަވެސް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ މީހުންނަށް ހިލޭ 3،000 ގޯތި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ބަންޑާރަ ގޯތި ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ކުރިން ވެސް ދަންނަވާފައިވާ ކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ސަސްޓެއިނަބަލް ކަމެއް ގޮތުގައި ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ. ތާ އަބަދު ބަންޑާރަ ގޯތި ނުއެއް ދެވޭނެ،" އަސްލަމް ވިދާޅުވި އެވެ.
އެއީ ސަސްޓެއިނަބަލް ކަމެއް ގޮތުގައި ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ. ތާ އަބަދު ބަންޑާރަ ގޯތި ނުއެއް ދެވޭނެ -- އަސްލަމް
ނަމަވެސް މާލެ އާއި ރާއްޖޭގެ ހުރިހާ ރަށަކުން އެ ރަށެއްގެ ބަޔަކަށް ބަންޑަރަ ގޯތި ދޫކުރުމަކީ ބޯދާ ޒަމާނުއްސުރެ އެކަން ކުރަމުން އައި އުސޫލު ކަމަށާއި ސިޔާސީ ލީޑަރުން ތިބީ އެކަން ހުއްޓާލާ ގޮތަކަށް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ އުސޫލަކީ އެއީ އެންމެ މީހެއްގެ ވިސްނުމަށް ބަދަލު ކުރެވޭ ކަމެއް ނޫން. އެ އަށް ވުރެ ފުޅާ މަޝްވަރާއެއް ކުރެވި އެންމެންނަށް ގަބޫލު ކުރެވޭ ކަމެއް ވަންޏާ އެކަން ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން 3،000 ގޯތި ހޯދުމަށް މާލޭގެ މީހުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު އެވެ. އެ އަހަރުގެ އޮކްޓޯބަރު މަހަށް މުއްދަތު ހަމަވީ އިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ގޯތި ހޯދަން ކުރިމަތިލައިފަ އެވެ.
ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ ލިބިފައި ހުރި ހުށަހެޅުންތައް ބަލައި އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގޯތި ދިނުމުގެ މަސައްކަތް އަންނަ މަހު ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭވޯޓް
24 May 2023
ޢޯކޭ. ތިކަން ކޮށްފިއްޔާ މަގޭ ވޯޓެއް ހަމަ ޔަގީނުންވެސް އިބޫއަށް ގެއްލޭނެ.. މިވީހާ ދުވަހު ސިޔާސީ ނުވެ ހުއްޓަސް އިބޫ ވެރިކަމުން ބާލަން ޖާނާ މާލުން އުޅޭނަން. އެހެނީ އިބޫ ތި އަރައިގަންނީ ގައުމުގެ ކުރިއަށް އޮތް ޖީލުތަގުވެސް ހައްގަކަށް…
ެިޢިދްރީސް
23 May 2023
އަސްލަމް ބުންޏަސް ތެދެއް ވާނީ ތެދަކަށް
އަހުމަދަ
23 May 2023
ރައްޔިތުންނަށް ގޯތި ދިނުމަށް ދެކޮޅު ހަދާ މީހުން މިތިބެނީ އެތެއް ގޯތި ނަގައިގެން. ޢެވަރު މަދުވެގެން ފަޅުރަށްތައްވެސް ނަގައިގެން. އޭގެ އެކަކަށްވެސް އެމީހުންގެ ނަންމަތީ އޮންނަ ގޯތި ދޫކޮށްލާކަށް ބޭނުމެއްނުވޭ. ވީމާ އެދައްކާ ވާހަކަ ފުށުއަރާ އެބޭފުޅުންގެ ނަފްސާވެސް. އިހުލާސްތެެރި ކަމެއް އަމުދުން ނުފެނޭ
ހޮކޮސް
24 May 2023
ހިލޭއެއް ނޫން އިނގޭތޯ. އަޅުގަނޑުވެސް 25 ގޯތިވެސް ބޮޑު އަގުގަ ގަނެފަ.
ދޮން
23 May 2023
ދިވެހިރައްޔިތުން ކިޔަނީ ކަމެއްވެގެން .. މާލެ ސަރަހައްދުން 50 ހާސް ގޯތި އަކަފޫޓެއް ރުފިޔާއަކަށް ޖެހޭ ގޮތަށް 1200 އަކަފޫޓް ދީބަލަ 27 އަހަރުން 4 ލައްކަ ހަމަވާގޮތަށް . އަގެއް އޮއްނަން ޖެހޭ މަދުވެގެން ބިން ހިއްކިއަގު ހަމަވާގޮތަށް . އެންމެ މަދުވެގެން މަހަރު 1200 ރ ދެއްކޭނެ ދިވެހިއްގެ ގިނަ ބަޔަކަށް .. އޭރުން ދިވެހިންގެ އުމުރަށް ބަލާއިރު ކުރިއަށް އޮތް 15 އަހަރަށް މައްސަލަ ހައްލުވީ..
ދޮން މުދިމު.
23 May 2023
ކަމަކު ނުދާނެ. އޭރުންވާނީ މާލޭ މީހުންނަށް ފުލެޓް ދިނީމަ ވާގޮތަށް. އެނެމް މީހަކުވެސް ލާރިއެއްނުދޭނެ. ވަރަށް މަކަރުވެރި ހީލަތްތެރި ބައެއް.
އޭން
23 May 2023
ހިލޭއޭ އެބުނާ ބަހުގެ މާނަ އެބައޮޅޭ. މާލެ ސަރަހައްދުން ގޯތިލިބެނީ އެމީހެއްގެ މަންމަ ނުވަތަ ބައްޕަގެ ގޯތިން އެމީހަކަށް ލިބޭބައި ދޫކޮށްލާގޮތަށް. ރަށްރަށުން ގޯތިލިބޭމީހުންނަށް ކަންއޮތީ އެހެނެއްނޫން. ރަށްރަށުން ގޯތިހުރި ކިތައްމެ މީހަކަށް މާލެ ސަރަހައްދުން ފްލެޓްލިބިފައިއެބަހުރި. މާލެ މީހުންނަށްވެސް އެއްނާޅިއަކުން މިނަންއެބަޖެހޭ.
ޞވވވވވގ
23 May 2023
ގިނަ ރަށްރަށުގަ ދެނީ ހިއްކާފަހުންނަ ބިންތަކެއްނޫން. ގުދުރަތީގޮތުން ރަށުގަ ހުންނަ ހުސްބިންތައް. ބިލިޔަން ޑޮލަރު ދީގެން ހިއްކާ މުޅި ދިވެހިރާއްޖޭ ގަ އޮތް އެންމެ ތަރައްގީ އަގުބޮޑު ބިމުގެ ވާހަކަ ކަލޭމެން ތިދައްކަނީ. އެބިން ހިލޭ ދިނުމަކީ ހަމަ ބޮޑުވެގެންވާ ހިޔާނާތެއް އެނގިޖެތޭ
ލަދުނިހާ
23 May 2023
ރަށްރަށު މީހުންނަށް މާލެ ސަރަހައްދުން ފްލެޓް ދޭ ވާހަކަ ދައްކާއިރު ކަލޭމެންނަށް އެނގެންޖެހޭ މާލެ ސަރަހައްދާ މާލެ އާ އެއީ މުޅިން ދެތަނެއްކަން. ހުޅުމާލެއަކީ މާލެއެއްނޫން. ގުޅިފަޅަކީވެސް މާލެއެއްނޫން. އެއްރަށެއްގެ ބަޔަކަށް އެންމެ ގިނައިން ހުޅުމާލެއިން ފްލެޓް ލިބިފަހުރީވެސް ހަމަ މާލެ މީހުނަށް. އެވެސް އަދި މާލޭގަ ދެބުރި ތިންބުރިއަށްނަގާ އެތަން ތަން އެހެން ބަޔަކަށް ކުއްޔަށްދީ މަންފާހޯދަމުން ދަނިކޮށް. ކަލޭމެންގެ ލަދުކޮބާ ތިވާހަކަ ދައްކަން
ރަށުވާދަ ނުކިޔަންވީ
23 May 2023
ރަށްރަށަކުން ތިބުނާ ގޯތިތަކެއް ނުލިބޭ. ލިބެން ހުރިތަންތަންވެސް ލިމިޓް. ނިސްބަތުން ކިހާ ރަށެއްތޯ ބަލާބަލަ ގޯއްޗެއް ލިބެންނެތި އުޅެނީ؟ ތޮއްޖެހިގެން އުޅޭތަނުގައި އާމްދަނީ ފުރުސޮތު ނެތީ؟ އެރަށްތައް މާލެނުވީމާ ނޫނީ ބައެއް ރަށްރަށުގަ އެމައްސަލަ ނެތީމަ އެމީހުންގެ ކުށެއްތަ؟ އެއްވެސް ރަށެއްގެ ބަޔަކީ އެރަށުގެ ފަޅަށްވުރެ އިތުރުން އެހެން ހިމަނަން ވަކި ކޮންބައެއް؟ އިންސާފަކީ މަސްލަހަތުގެ ވެރިޔާއަށް ނޫނަސް ފެންނާނެ އެއްޗެއް. އަމިއްލަ އެދުމަކީ އެހެންބަހުރުވައެ
ލޮޖިކުބޭ
23 May 2023
މިމީހުން ވިސްނަނީ ކޮންތާކުން ކަމެއް ނޭގެ. ރައްޔިތުން ގަންނަ ކޮންމެ އެއްޗަކަށް ސަރުކާރަށް ލާރި މިދެނީ ހަމަޖެހިގެން އުފާވެރިކަމާއެކު ދިރިއުޅެވޭނެ ނިޒާމެއް އޭރަކު އޮންނަ ސަރުކާރަކުން ހޯދައިދޭނެ ކަމަށް ބަލާފަ. މިމިނިސްޓަރުންނަކަށް ނޭގެ ސަރުކާރެއްގެ މަގުސަދެއް.. ލަދުން ބޯހަލާކު .
ާސަފާ
23 May 2023
ދިވެހި ރާއްޖެ އަކީ އެކަނި މާލެ ވަށައިގެންވާ ސަރަހައްދު ކަމަށް ގަބޫލުކޮށް އެސަރަހައްދަށް ހުރިހާ ކަމެއް ޖަމާ ކުރުމުގެ ވިސްނުން ގެންގުޅޭތީ ބޯގޮވައިގެން އުޅެން ޖެހިގެން އުޅެނީ. ހުރިހާ ސަރަހައްދަކާ ރައްޔިތުން އެއްހަމަޔަކުން މިނާ ހަމަހަމަ އުސޫލުން ފުރުސަތު ގާއިމު ކުރުމުގެ ސިޔާސަތު ގެންގުޅެގެން ގައުމެއް ބިނާ ކުރެވޭނީ. ނޫންނަމަ އެ ހިންގެނީ ވާދަވެރި ކުންފުންޏެއްގެ ފަލްސަފާ
ހާލަތު ބަދަލުވެއްޖެ 3
23 May 2023
ވާޓިކަލް އެގްރިކަލްޗާ އާ އާކިޓެކްޗާ ވިތް ނޭޗާ ކޮންސެޕްޓަށް ވިލާތުތައް ބަދަލުވަނީ. މަތިމައްޗަށް ތިބިތަނުގައި ދަނޑުހައްދާގެން، ޖަންގައްޔާ ކޯރާ އައްސޭރިއާ ކާއިނާތާ އެކީ އަވައްޓެރިވެ ދިރިއުން ދިވެހިންނަށްވެސް ބޭނުންތެރި. ފްރައިޓްކޮށްގެން މޭވާއާ ފަތްޕިލާވެލި ބޮޑު ޚަރަދުގެ ބޭރުންނާ އެތެރެއިން އުފުލުމުގެ ބަދަލުގައި ދިވެހިންނަށްވެސް އެބައެއްގެ އަވަށުގައި އުފައްދައިގެން ތާޒާކޮށް ޗީޕްކޮށް ކެވޭނެ. ފުލް ފެސިލިޓޭޓެޑް ދަނޑުގޮޅި ލޯކަލްސިޓީން ބިޑުން ލިބޭނެހެން.
ސޯމާލިޔާގެ ވެރިރަށް އެމެރިކާ
23 May 2023
ދަފްތަރުގަ ޖެހިގެން އަހަރުން މިތިބީ މުޅި އުމުރު މާލޭގަ އަނބިދަރިން ގޮވައިގެ ރަށުކޮޅުންވެސް ގޯއްޗެ ލިބުނީއެއްނޫން ދެން ރެފިއުޖީންގެ ގޮތުގައި އުޅެންވީތޯ??? އަހަރުންނަށްވެސް ކުރިމަތި ލެވެންޖެހޭނެ!!!!ހަމަ އެކަނި މާޅޭ މީހުންނަކަށް ނޫން ކުރިމަތިލެވެން ޖެހޭނީ???ފުލެޓު ބޭނުމެއްނޫން އަލުން ދަފްތަރު މީހުންނަށް ކުރިމަތި ލެވޭގޮތަށް ހުޅުވާލައިގެން ނޫނީ މަގޭ ވޯޓު ލިބޭނެ ކަމަށް އުންމީދު ކޮއްގެން ނުވާނެ.
ދޭސީ
23 May 2023
ބިމަކީ ދިވެހި ރައްޔިތުންގެ ބިން. ވީމާ ދިވެހި ރައްޔިތުން ދިރިއުޅެން ބިން ގަންނާކަށް ނުޖެހޭނެ. ރާއްޖޭގައި ދިވެހި ރައްޔިތުންނަށް ވާވަރަށް ބިން އެބައޮތް އަދި ބިން އުފެއްދޭންވެސް އެބައޮތް. އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ދިރިއުޅެން ދަތި ނުވާވަރުގެ ގޯއްޗެއް ލިބުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެއް. ނޫނީ ދިވެހި ރައްޔިތަކަށް ވުމުގެ ބޭނުމަކީ ކޮބާތޯ؟ ހަމަ އެކަނި އައިޑީ އަކާ ޕާސްޕޯޓެއް ލިމުމަކުން ފުދުނީ ކަމަށް ހަދައިގެން ފަރަކު ނުޖެހޭނެ.
އާމިނަތު.
23 May 2023
އެހެންނޭ ކިޔާފަ ރާއްޖޭގެ އެނެމް އަގުބޮޑު ބިން ކ.މާލޭގެ ބިންތައް މާލޭގެ ވަކިބަޔަކަށް ހިލޭ ބަހާލާކަށް ނުޖެހޭނެ. ތިއިން ބިމެއްގެ އަގު މިހާރު ވިއްކަން ހުޅުވާލިޔަސް 16 މިލިޔަން ރުފިޔާ އަށް ވުރެން ބޮޑުވާނެ. ބިން ދިނުމުގެ ބަދަލުގައި މާލެ ސަރަހައްދުން ފުލެޓު ދިނުން އޯކޭ.
ނަޒަރު
23 May 2023
ހިލޭ މިކިޔަނީ ކޮން އެއްޗަކަށް؟ ފެސިލިޓީއަކީ އަމިއްލައަށް ކުރިއަސް މީހަކު ލައްވާ ކުރުވި އަސް ޚަރަދު. ގައުމެއްގާ ރައްޔިތުންނަށް ލިބެންވާ ހަމަހަމަ އެކައްޗަކީ ފުރުސޮތު. އެމީހަކާ އެމީހެއް އެއީ އަމިއްލަ އެދުން. ތިމާގެ ވާޖިބެއް ޒިއްމާއެއް ނެތި ހައްގުތައް އެކަނި ލިބޭނީ ޅަފަތުގައި. އެވެސް ފަހުން ޒިއްމާ އަދާކުރަން.