އާސަހަރާ.
26 މެއި 2023 - 19:24
އާސަހަރާ މަރާމާތުކުރާތީ އެތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައި، ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކައުންސިލުގެ އާންމު ޖަލްސާގައި ނިންމައި، އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
ކައުންސިލުން ބުނީ އެ މަސައްކަތާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި އެތަން ތަރައްގީކޮށް އެ ތަނަށް ގެންނަން ބޭނުންވާ މުހިއްމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމޭނެ އެވެ. އަދި އެކަން ނިމުނުހާ އަވަހަށް އާންމުކޮށް އަންގާ އިއުލާންކުރެވޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިބިޔާން
27 May 2023
އަހަރުމެން މާލޭ ރައްޔިތުން ފަހުރުވެރިވޭ ތިކަހަލަ ހިންގުންތެރި މީހެއް ހޮވުނީތީ. އަލަށް މާލެއަށް ތިވަރުގެ ހިންގުންތެރިޔެއް މިލިބުނީ. ވަރަށް ޝުކުރު.
ކިއުންތެރިޔާ
27 May 2023
މިހާރުގެ ހައުސިންގ މިނިސްޓަރ މާލޭ މުނިސިޕަލްޓީ އޮފީހުން ނެރެ މަގުމައްޗަށް ނުލައި އެއީ އިޚްލާސްތެރި ވެރިން ވެރިކަން ކުރާގޮތް. މުނިސިޕަލްޓީގެ އަތް ބަނދެފައެއް ނޫން އޮތީ. އެކަން އޭރުގެ ހައުސިން މިނިސްޓަރ މިހާރުގެ މާލޭ މޭޔަރަށް ކޮންމެ ރެއަކާ ދުވާލު އަމިއްލައަށް އިޙްސާސްކުރެއްވޭނެ. މިއީ ރިއަލިޓީ އަކީ.
ރިޝްފާ.
27 May 2023
މަންމަ މަރުވި ދުވަހު ވުލޫކޮށްލާނެ ޖާގައެއް ނެތް. އެކަނި ހޭދަ ކޮށްލާނެ ޖާގައެއް ނެތް. ޖެހުނީ އެއްމެން ތެރޭ ހުންނަން. މިކަން ބަދަލްވާތީ އުފާކުރަން.
ރުވެއިދާ.
27 May 2023
އާއިލާތަކަށް ޕްރައިވެޓް ވެއިޓިން އޭރިޔާ އަސްލުވެސް ވަރަށް މުހިއްމުވާނެ. އެއީ އެމީހުންނަށް ލިބޭނެ އެއްމެ ހިތްދަތި ވަގުތު. އެކަނި ހޭދަކޮށްލަން ބޭނުންވާނެ. ގުޑް
ބަލިމީހާ
27 May 2023
ދެތިން މީހުން މަރުވާ ދުވަހަކު ތިޔަ ޕްރައިވެޓް ކޮޓަރި ލިބޭނީ މާލޭ ބޭފުޅުންނަށްތޯ؟
މަފާޒް ސަލީމް
27 May 2023
ވަރަށް މުހިއްމު ކަމެއް ތިތަން އަޕްގްރޭޑް ކުރުން ތިއީ. އެހެނީ އެހާ ޖާގަ ކުޑަ މިޙާރުވެސް މޫނު ބަލަން ދާއިރު. އަދި އަންހެންނުނަށް ހާއްސަ ވުލޫ ކުރާ ބަޔެއް ނުހުރޭ. ވީހާވެސް އަވަހަށް މިކަން ކޮށްލަދީ. ޝުކުރިއްޔާ
އަނޫޝާ އިބްރާހިމް
27 May 2023
ޝީފާ މެޑަމްމެން ނެތޭ މީގެން ކަމެއް ކޮށްފަވެސް. ނުވިތާކަށް ޕްލޭންކޮށްފަ ވެސް. އެ ދިގު ނައުރުގަ ނުވާވަރަށް އެތައް ކަމެއް ކުރު މުއްދަތެއްގައި މުއިޒް ކޮށްފި. ސ
މުރާލި
27 May 2023
އޭރު މުއިއްޒު ޝިފާ މެޑަމް ގެ ދެއަތާ ފައި ބަނދެފަ އޮތްތަނެއް ނުދެކެމުތަ؟
މުހުސިން/
27 May 2023
މަށަށް ޔަގީން ސަރުކާރުން އެއްބާރަލުން ދޭނަމަ ސިޓީ ކައުންސިލުން ބޯހިޔާވެހިކަމަށްވެސް ރަނގަޅު ހައްލެއް ގެންނާނެ. އަދި ޕާކިން މައްސަލައަށްވެސް ރަނގަޅު ހައްލެއް ގެންނާނެ. އެހެނީ މިހާ ދުވަސްވަންދެން ނުކޮށް ހުރި މިކަހަލަ އެތައް ކަމެއް މިކޮށްލަނީ.
ޒިފްލީން
27 May 2023
ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިއަސް ޑޜ.މުއިޒް ވަރުގެ ހިންގުންތެރިއެއް ނެތް. އޭރު ހައުސިންގް މިނިސްޓްރީގަ އުޅުނުއިރުވެސް އެތައް ކަމެއް. މިހާރުވެސް އެތައް ކަމެއް.
ނޫމާން މުހުސިން
27 May 2023
މަށަށް ހާދަ ރަނގަޅޭ ފުވައްމުލަކަށްވެސް މިހާ ހިންގުންތެރި ކައުންސިލެއް ލިބޭނަމަ. ހާދަ ކަމެކޭ މިކޮށްދެނީ.
އަހްމަދު ހުޝާމް
27 May 2023
ނަމާދު ގަޑީގައި މަސައްކަތް ނުކުރާ ގޮތައް އޮތީމަ ވަރަށް ހިތްހަމަ ޖެހިއްޖެ.
ޝިމާ އަހްމަދު
27 May 2023
މިތަން ދުވަހަކުވެސް ބަދަލް ނުވާ ވާހަކަ އަދި މަށާ މަގޭ މައްމަ ދެއްކިތާ ނުވާނެ 2 ހަފްތާވެސް. މިހާރު މިތަންވެސް އަޕްގުރޭޑް ކޮށްލަނީ މި. ގުޑް ވޯކް ސިޓީ ކައުންސިލް.