އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 މެއި 2023 - 13:54
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައުވަތު ދީފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އިންތިހާބު އޮބްޒާވްކުރަން ހުށަހަޅާފައިވަނީ، އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އަދި ސާކް ގައުމުތަކުގެ އިލެކްޝަން ބޮޑީސް، ފެންބޯސާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކަމަށެވެ.
އޭގެ އިތުރުން، އެ ގައުމުތަކުގެ އިިންތިހާބުތައް އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ދޭ ގައުމުތައް ވެސް ބަލާފާއިވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ
— Ismail Habeeb (@IsmailHabeeb) May 27, 2023
އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތަކުގެ ތެރޭގައި ޖޯޖިއާ އާއި ފިލިޕީންސާއި އޮސްޓްރޭލިއާ އާއި ޖަޕާނާއި ނޭޕާލް އަދި ސްރީ ލަންކާ ހިމެނެ އެވެ.
ހަބީބް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް ދައުވަތު ދީފައިވަނީ ދެ ބޭފުޅަކަށް ކަމަށެވެ. ރާއްޖޭގައި ތިބުމާއި ކެއުމާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އިންތިހާބަށް ތައްޔާރުވުމަށް ޓާސްކްފޯހުގެ އިތުރުން އިންތިހާބަށް އޮފިޝަލުންގެ ގޮތުގައި ވެސް މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ކޮމިޝަނުން ބުނީ ޓާސްކް ފޯހަށް 296 މުވައްޒަފުން އަދި އޮފިޝަލުންގެ ގޮތުގައި 6،000 މުވައްޒަފުން ބޭނުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
29 May 2023
ސާކް އެއް މިހާރު އޮވޭތޯ! ކިހާ ޒަމާނެއްވެއްޖެ، އިންޑިއާއާއި ޕާކިސްތާނުގެ ކޯޅުމާއެކު ވެރިންފެންވަރުގެ ސަމިޓެއް ނުބާއްވާތާ! މި ބްލޮކުން ރާއްޖެ ވަކިވެ އާސިޔާން ބްލޮކާ ގުޅެން ވެއްޖެތާ ކިތަންމެ ދުވަހެއްވެއްޖެ.
ސީތާ
29 May 2023
ކޮބާ އިންޑިޔާ އެންޑް މޮރިޝަސް؟ އެންމެ މުހިންމު ދެ ޤައުމަކީ އެއީ. ތިންވަނަ ބަންގުލަދޭޝް. އެވެސް ނެތް. ކިހިނެއް މިވީ؟
ގެދާނޯމޮސް
27 May 2023
އޮބްޒާވަރުންނަށް އޮތީ މީރުކޮށް ކާލައިގެން މިގައުމުގަ ޕިކްނިކް ހަދާލުމެވެ. އެވެރިންނަށް ވާނުވާ އެއް ނާންގާނެތެވެ. ފަހުވަގުތު ކިހިނެތްތޯ ރިޕޯޓާރަކު އަހާލާއިރަށް ބުނާނީ ވެރީ ބިއުޓިފުލް ކަންޓްރީ އެއްކަމަށެވެ. އެއީ ބަޖެޓުން އެބަޔަކު އަރާމު ކޮށްގެންގުޅުމުގެ ޝުކުރެވެ.