ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ވެމްކޯގެ އެމްޑީ ސިރާޖު އަދި ސްޓެލްކޯގެ އެމްޑީ ޝަރީފް ބައިވެރިވަނީ: ޝަރީފް ވިދާޅުވީ އެ ކުންފުނިން ކަރަންޓު އަދި ވެމްކޯއިން ކުނީގެ ހިދުމަތްދޭ ރަށްރަށުން އެދުމުން ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލަދޭނެ ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 މެއި 2023 - 19:11
އއ. ތޮއްޑޫގައި ވެސް އަންނަ މަހުން ފެށިގެން ކަރަންޓާއި ކުނި ބިލް ފޮނުވާނީ އެއްކޮށްލައިގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
މާލޭގައި ކަރަންޓާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ދެ ބިލް އެއްކޮށްލަން އެދެމުން އަންނަ ކަމަށެވެ. ތޮއްޑޫގައި ސްޓެލްކޯ ބިލާއި ވެމްކޯ ބިލު އެއްކޮށްލަން އެދުނީ އެ ރަށުގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ.
"އެހެން ރަށްރަށުން ވެސް އެ ހިދުމަތް ބޭނުން ނަމަ ވެމްކޯ ނުވަތަ ސްޓެލްކޯއަށް ރިކުއެސްޓް ކުރުމުން ބިލު އެއްކޮށްލަދޭނެ. މި ހިދުމަތް ބޭނުންވާ ރަށްރަށަށް އަޅުގަނޑުމެން އެ ހިދުމަތް ދިނުމުގެ ފުރުސަތު ފަހިކޮށްދޭނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯގެ ބޭނުމަކީ ކުނީގެ ކަންކަން ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހައްލު ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.
ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލައިގެން ފޮނުވަން ވަނީ މިންގަނޑެއް ކަނޑައަޅައިފަ އެވެ. އެގޮތުން ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ އެވެ. ކުނި ބިލަށް ނަގަން ކަނޑައަޅާފައި ވަނީ 150ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިބު
29 May 2023
ތީ ވަރަށް ސަޅި ކަމެއް.. ހަމަ ސާބަސް
ސައްބު
28 May 2023
އަމިއްލައަށް ކުނިއުކާމީހާވެސް މީޓަރު ހުރީތީވެ ހަމަ ނުދައްކާ ނުވާނެ، ދެއްތޯ؟
ޖިލް
28 May 2023
ތި ހުރިހާ ކަމެއް ކޮށްފަ ވެސް އަދިވެސް މުސާރަ ދޭނެ ލާރިއެއްނެތޭ ކިޔާ އެބަ ޖެހޭ ވެމްކޯ ސަބްސިޑައިޒް ކުރަން. އިސްރާފު ކުޑަ ކުރުމެއް ނެތް