ޚަބަރު / ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މާދަމާ ހުށަހަޅަނީ

އާ ޕާޓީ އުފެއްދުމުގެ ފޯމު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްއާ ހަވާލުކުރައްވަނީ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް ދީފައިވަނީ މިދިޔަ ބުދަ ދުވަހު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، "ދަ ޑިމޮކްރެޓްސް" ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފި އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ޕާޓީ އުފެއްދުމަށް މަދުވެގެން 3000 މީހުންގެ ފޯމު ބޭނުން ވެއެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ މެމްބާޝިޕް ފޯމު މާދަމާ ހެނދުނު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕާޓީން ވަނީ އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތްތަކުން ވެސް ގ. ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެންގޮސްދިނުމަށް އެދިފަ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ. އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

24 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު.

01 June 2023

ވީމާ ދުވަސްކޮޅަކުން ޕީޕީއެމްޕީއެންސީ ކިޔާގޮތައް ދެންކިޔާނީ އެމްޑީޕީ ދަޑިމޮކޮރެޓްސް ވާއު ވީހާލެއްގަވާން މިތިބީ ކޮންމެދެމަފިރިޔަކައް ޕާޓީއެއް ފުވާދުބޭ ފުވާދުބޭ މިނޫންގޮތަކައް ބަދަލުކޮއްބަލަ 40.000 މީހުން ހަމަނުވެ ޕާޓީއައް ހުއްދަ ނުދެވޭނެ ކަމައް

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

01 June 2023

ދެދަޅަޔަށް ބޮޑުގެރި ބޭރަށް ހިންގާހެން މިގައުމުގައި ސިޔާސީ ޕާޓީ ބަދަލަު ކޮށް ޕާޓީ އެބަ ހިންގާ! ޕާޓިތަކުން ކޮންކަމެއްތޯ ވީ ؟ މިގައުމުގައި ހިންގާ ކަރަޕްޝަނާއި ޑްރަގާއި މީހުން މެރުން އަދި ބްލީ ކުރުމާއި ފަސާދަ އިންތިހާޔަށް އިތުރުވީ ނޫންތޯ! ޢަފްގާނިސްތާނުގެ ކަންދަހަރަށް މިގައުމުވެގެން ދާއިރު ކޮން " ޑިމާކްރާތީ": ޢެއްތޯ؟؟؟ ޙަމައަހާލީ!!!

The name is already taken The name is available. Register?

ގައްޔޭ

31 May 2023

7000 މީހުންގެ ފޯމާއެކު ހުށައަޅާތަންބަލަން މަ ހުންނާނަން ހޭން.

The name is already taken The name is available. Register?

އަދަފޭ

01 June 2023

5 ހާސް އެންމެ ގިނަ ވެގެންވެސް ހަމަވާނި.. ނެތް ތާއީދެއް..10 ހަމަ ކުރަން ލައްކަ ދުވަސް ނަަގާނެ..

The name is already taken The name is available. Register?

އަސޭލ

31 May 2023

އިބުރޭ ދެން އަވަހަ ފޮތިތަންމަތި ބަންދެ ރެޑީވޭ، މާ ގިނަދުވަހެއް ނެތް.

The name is already taken The name is available. Register?

އނނ.

31 May 2023

ކޮބާ ތިޔަ ނަމުގެ ކުރިއަށް އޮތް ވަނަން ހެހެ..

The name is already taken The name is available. Register?

ކުދުބެއްޔާ

31 May 2023

އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެކަން ނުވުމުން ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލުވާލާފައި ވާކަން ޕާޓިގެ އިސްވެރިންގެ އަމަލުތަކުން ނުފެނޭހެއްޔެވެ. ޕާޓީގެ ތެރެއިން ފިކުރެއް އުފަންކުމަށްފަހު ޕާޓީ ފޮތިފޮތި ކޮށްލާ މަންޒަރު ފެންނަށް "އެމްޑީޕީގެ" އެއްވެސް މެންބަރަކު ބޭނުމެއްނުވާނެއެވެ.

The name is already taken The name is available. Register?

ނިރާޝް

31 May 2023

އަންނިގެ ވެރިކަމުގައި ކުންފުނިތަކުގެ މުވައްޒަފުން ޢާންމު ހޮޓާތަކުގައި އަންނިއާއި ދިމާލަށް ވަރަށް ހަޑިހުތުރު އެއްޗެހި ކިޔަމުން ދިޔަ އިރުވެސް އެފަަދަ މީހުން ވަޒީފާއިން ވަކި ނުކުރޭ. އަންނިގެ ވެރިކަމުގައި ރަށްރަށަށް ދަތުރު ކުރާއިރު އިސްތިގުބާލަށް މުވައްޒަފުން ބަނދަރުމައްޗަށް ނުކުތުމަށް ލިސްޓުން ނާންގާ. ނުދާމީހުން ބަލާނެ ބަޔަކު ނުތިބޭ.

The name is already taken The name is available. Register?

ދަގަތްފާނު

01 June 2023

އެކަމަށްޓަކާ އަނެއްކާވެސް މިގައުމު އޭނަ ކުރާނެ ވެރިކަމެއް ކުރަން ގިނައިން ދޭންވީ. ކުރިންވެސް އިސްކޮޅު ނުކާ ގޮނޑީގަ އިނދެ ގައުމު އެއްގޯސްކޮށް ގޮނޑިންވެސް ކައްސާލީ. އެލިގަނެގެން ދޫނުކޮށް އުޅުނު އެރޭތޯ ލައްކަ އުޅުނު. ހަމައެކަނި ގޮނޑިއަށް ހެޔޮވަރު ނުވާ ރައީސް. އެކަމަކު ބޮޑުގޮނޑި ނޫނީ ކަމަކުނުދޭ!

The name is already taken The name is available. Register?

ފެނޭދޯ

31 May 2023

ގަދައޭ. މިއީ ސިޔާސީ ހަރަކާތް ހިންގުމަކީ. މި ވަރުގަދަ މީހުން އެކަހެރިކޮށްފައި އިބޫ އުޅުނީ ރޮޒޭނާ މަވޯޓާ ޑީއާރުޕީ ގޮވައިގެން. އެއީ ވަހީދަށް 5 ޕަސެންޓް ދިން މީހުން

The name is already taken The name is available. Register?

ސިމްޕަލް

31 May 2023

މިއަދު ބޮޑުތަކުރުފާނު މަގުން، ކުރީގެ އެމް.ޑީ.ޕީ ހަރުގެ ކައިރިން ހިނގާފައި ދިޔައިރު، އެތާކައިރީ ތިބި ދެ މީހަކު ވާހަކަ ދައްކަމުން އެކަކު ބުނަނީ "ހަރުގެ މިތާ ނެތީމަ ހީވަނީ އެމް.ޑީ.ޕީ ގެ ހަރާކާތް ހުއްޓި، ޑީ.އާރު.ޕީ އަށް ވީ ގޮތް ވެއްޖެ ހެން". ޑިމޮކްރެޓްސް ރަޖިސްޓްރީ ވެ، އެ ޕާޓީގެ ހަރަކާތް ފެށުނީމާ، އެ ބުނި ގޮތަށް އެމް.ޑީ.ޕީ ގެ ތަރި އޮއްސި، ކުރީގެ ޚާރިޖީ ވަޒީރަކު ވިދާޅުވިގޮތަށް އެމް.ޑީ.ޕީ ގެ ޖަނާޒާ ފެނިދާނެބާ؟

The name is already taken The name is available. Register?

ރުންކުރު

31 May 2023

ޕާޓީއެއް ރަޖިސްޓަރީ ކުރެވިދާނެ. އެކަމަކު މެންބަރުން އެކައްޗެއް ކިޔާނެ ގޮތަށް މެންބަރުންގެ ރުހުމާއެކު ޕާޓީ ދެމެހެއްޓުމަކީ މާ ބޮޑު ކަމެއް. ފެންނަ ފެނުމަށް އެހެންވުމަކީ ތި ޕާޓީ އުފެދިގެން އައި ގޮތަށް ބަލާއިރު ދުރު ކަމެއް. ކޮންމެ މީހަކަށްވެސް ސަޅި ބާސާ ކަނޑަން ތިކަހަލަ ކޮންމެވެސް ކަމެއް ކުރެވިދާނެ ތޯއްޗެއް!!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 May 2023

މާދަމާ އިލެކްޝަން އޮފީހަށް ފޯމު ހުށަހެޅުމުގެ ހަފުލާގައި ބައިވެރިވުމަށް The Democrat's ގެ އާންމު މެންބަރުންނާއި ހެޔޮއެދޭ ސަޕޯޓަރުން (ސޮއިކޮށްފިނަމަ ވަޒީފާއިން ވަކިކުރަމުންދާތީ އަނިޔާވެރިކަމަށް ބިރުން ތިބި ރައްޔިތުން) ނަށްވެސް ބައިވެރިވުމަށް ފުރުސަތު އޮތްނަމަ އެކަން އއިއުލާން ކުރުން ވަރަށް މުހިންމު. # އަދި ރަސްމީއްޔާތުގެ ޝަރަފުވެރި ބައިވެރިއެއްގެ ގޮތުން މިކަމުގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތު ދެއްވުން ރަނގަޅު.

The name is already taken The name is available. Register?

ބޮޑުވަޒީރު

31 May 2023

ތިބޭފުޅުންގެ ވެރިކަމެއްގައި ތިބޭފުޅުންނަށް ތާއީދުނުކޮށް ދިމާއް އިދިކޮޅަށް މަސައްކަތްކުރަމުންދާ މީހުން ތިބޭފުޅުން އައްޔަންކުރާ ސިޔާސީ މަޤާމެއްގައި ބައިތިއްބާނަންތޯ؟ ގައިނު ނުބާއްތިއްބާނެކަން އައްނިގެ ވެރިކަމުގެ 3 އަހަރުގައި އެކަންވަނީ ވަރަށް ސާފުކޮށްދައްކާފައި. ކުންފުނިތަކުގެ އާދައިގެ މުޥައްޒަފުއްނަށް ދާންދެން ދިއައީ ކަނޑާ ނުވަތަ އެމީހަކަށް އަދާނުކުރެވޭނެކަން ޔަޤީންވާ ތަންތަނަށް ބަދަލުކުރުމަށްފަހު ކަނޑާލަމުންކަންވަނީ ފެނިފައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454